Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު

ދައުލަތުގެ އެއްވެސް ބާރެއްގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން: ރައީސް މުއިއްޒު

29 އޮކްޓޯބަރު 2024 | އަންގާރަ 17:49

ރައީސަށް ބާރު ލިބޭ ގޮތައް އޭސީސީ އާއި އީސީ ގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ވަނީ ހުށަހަޅާފައި

ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2024 | އަންގާރަ 17:49
ޔޫއެންޑީޕީގެ ޚިދުމަތައް 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާލޭގައި އޮތް ހަފްލާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ޔޫއެންޑީޕީގެ ޚިދުމަތައް 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާލޭގައި އޮތް ހަފްލާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ މިއަދާ ހަމަޔަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި، އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭކަމެއްނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސް ގައި ބުދަ ވިލޭރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު، އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ވަނީ ހުށަހަޅާފައެވެ. ސަރުކާރުން ހުށަހެޅި ބަދަލުގައި ބުނަނީ އެ ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސަކަށް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަން މަޖިލިހަށް ފޮނުއްވާނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.

މި ދެ މުއްސަސާގެ އެންމެ އިސް ދެ މަގާމަށް މީހުން އައްޔަން ކުރުމުގައި ރައީސް ޑރ. މުއިއްޒަށް ބާރު ލިބޭގޮތައް ގާނޫނަށް ބަދަލު ގެނައުމަށް ނިންމުމުން ގިނަ ސިޔާސީ ޕާޓީތަކާއި އާންމުންގެ ފާޑު ކިޔުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

"އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއް ވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން." ޑރ. މުއިއްޒު ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

ދައުލަތުގެ ބާރުތަކަށާއި، މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް، އެމަނިކުފާނަކީ ކުރިން ވިދާޅުވާ އެއްޗަކާ އެއްގޮތަކަށް ފަހުން އަމަލު ކުރައްވާ ބޭފުޅެއް ނޫންކަން ގިނަ ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. މިގޮތުން، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމި ނިންމުމެއް ރައީސް މުއިއްޒު އަންގަވައިގެން ހަމަ އެދުވަހު އެނިންމުން ބަދަލުކޮށްފައިވާކަން މީޑިއާ ރިޕޯޓްތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.

"ކޮމިޝަންތަކުގެ އިދާރީ ހިންގުމަށް ޒިންމާވާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރުމަކީ ވެރިކަން ހިންގާ ފަރާތުން ކޮމިޝަންތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ހަޑިމުޑުދާރު ޢަމަލެކެވެ،" ސަރުކާރުން ގާނޫނުތަކަށް ހުށަހަޅާފައިވާ ބަދަލުތަކަށް ދެކޮޅު ހަދާކަން ހާމަކޮށް އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް އޭސީސީ އާއި އީސީގެ އިސްވެރިން އައްޔަންކުރުމުގެ ބާރު ދިނުމުން، އެ މުއައްސަސާތައް އިތުރަށް ސިޔާސީވެ، މިނިވަންކަމާ އެކު ވަކިފަރާތަކަށް ނުޖެހި މަސައްކަތްކުރުމުގެ ޤާބިލުކަމަށް އުނިކަން އަންނާނެއެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ހައްލަކީ ވެރިކަން ހިންގާ ފަރާތުގެ ބާރު އިތުރުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހަރުދަނާކަމާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުކުރެވޭނެ އިސްލާހުތަކެއް ގެނައުމެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޑރ. މުއިއްޒުގެ ސަރުކާރުން ނުފޫޒާއި ބާރު ބޭނުން ކޮށް، ރިޝްވަތާއި ނުހައްގުން ވަޒީފާ އާއި ޕްރޮމޯޝަން ދިނުން ފަދަ ގާނޫނާއި ގަވައިދާ ޚިލާފު އެތައް އަމަލެއް ހިންގާފައިވާކަން ގިނަ ބަޔަކު ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ތެރޭގައި ޑރ. މުއިއްޒުގެ ޕާޓީއަށް މީހުން ވައްދަން ފޯމު ފުރަމުން ދިޔަކަން ފަޅާއެރީވެސް ދާދިފަހުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް