Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޓަނަލްގެ ވާހަކައިގައި އޮންނާނީ ދެ ގޮތެއް، އެހެންޏާ ރައީސް ހެއްދެވީ އިތުރުފުޅު، ނޫނީ ވަޒީރު ހެއްދެވީ އިތުރުފުޅު

އަންޑަރވޯޓަރ ޓަނަލް އާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުއިއްޒު އާއި ކޮންސްޓްރަކްޝަން މިނިސްޓަރުގެ ވާހަކަ ތަފާތެވެ. މިނިސްޓަރަށް އެގި ހުންނަވައިގެން ރައީސް ވިދާޅުވި އެއްޗެއް ދޮގެއް ކަމަށް ހައްދަވަން އުޅުއްވީ ބާވައޭ ވެސް ހިތަށް އަރައެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2024 | އަންގާރަ 10:03
ރައީސް ޑރ މުޙައްމަދު މުޢިއްޒު އަދި ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބް

ރައީސް ޑރ މުޙައްމަދު މުޢިއްޒު އަދި ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބް

ދޮގު ހެދުމުގައި ވެސް ހައްދެއް އޮންނަން ވާނެއެވެ. ރައީސް ޑރ މުޙައްމަދު މުއިއްޒު އެއްޗެއް ވިދާޅުވާއިރަށް އެއީ ދޮގެއް ކަމަށް މީހުން ބުނަނީ ސަބަބުތަކެއް ނެތި އެއް ނޫނެވެ. އެއީ ރައީސްގެ ކޮންމެ ވާހަކަފުޅެއް އިތުރުފުޅަކަށް ބަދަލުވާލެއް އަވަސް ކަމުންނެވެ. އެކަން ކަން ސާބިތުކޮށްދީ އުޅެނީ އަދި އެވާހަކަތައް އާއްމުކޮށް ދައްކާ އުޅެނީ ހަމައެކަނި އިނދިކޮޅު ފަރާތްތަކަކުން ވެސް ނޫނެވެ. ނުވަތަ ނޫސް މީޑިއާ ތަކަކުންނެއް ވެސް ނޫނެވެ. ރައީސް ވިދާޅުވެފައި ހުންނަ އެއްޗެހި އެއީ އިތުރުފުޅެއް ކަމަށާއި، ކަން ހިނގާފައި އޮންނަނީ ވިދާޅުވި ގޮތަށް ނޫންކަން ސާބިތުކޮށްދިނުމުގައި ވަޒީރު ބޭފުޅުން އުޅުއްވަނީ އަދި މާކުރީގައެވެ.

މިހަފްތާ ތެރޭގައި ކޮންސްޓްރަކްޝަން މިނިސްޓަރ ވެސް އެފަދަ ކަމެއް ކުރައްވައިފި އެވެ. ރައީސްގެ މިފަދަ އިތުރުފުޅެއް ފަޅާއަރުވާލައްވައިފި އެވެ.

އެއީ ރަސްމާލެ އާއި މާލެ އާއި ގުޅާލާ އަންޑަރވޯޓަރ ޓަނަލްގެ ވާހަކަ އެވެ. 2024، ޖެނުއަރީ 22 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ، ރަސްމާލެ އާއި މާލެއާއި ދެމެދު ޓަނަލް އެއް އަޅުއްވާނެ ކަމަށެވެ. އެކަމުގެ ގާބިލްކަން ހުރި ކުންފުނިތަކަށް ހަވާލުކުރައްވައިގެން ފީޒިބިލިޓީ މަސައްކަތް ކުރައްވާ ކަމަށެވެ. ޓަނަލްގައި ދުއްވަނީ ރޭލް ކަމަށެވެ. ރޭލުގައި ތިބޭ މީހުންނަށް ފެންނަނީ ޓަނަލްގެ ބޭރުން ކަނޑު އަޑި ކަމަށެވެ. މާނައަކީ މިއީ ބިއްލޫރިން ހަދާ އަންޑަރވޯޓަރ ޓަނެލްއެއް ކަމަށެވެ. ވާހަކަފުޅު ދެއްކެވި ގޮތުން ހީވީ، މިޓަނަލް ގިނީސް ވޯލްޑް ރިކޯޑް ފޮތަށް އަރަން ދެން މާގިނަ ދުވަހެއް ނެތް ހެންނެވެ. ވާނީވެސް އެހެން ނޫންތޯއެވެ. ރައީސް ވިދާޅުވީ، އޭރުވެސް ބޭރުގެ ގާބިލް ކުންފުނިތަކުން އެކަމުގެ ފީޒިބިލިޓީ ހަދަމުންދާ ކަމަށެވެ. ރަސްމާލެ ހިއްކަން ނަގާނީ 8 މަސް ކަމަށެވެ. 

ކަން މިހެން ހިނގާފައި ވަނިކޮށް 28 އޮކްޓޯބަރ 2024 ވަނަ ދުވަހު ކޮންސްޓްރަކްޝަން ވަޒީރު މުއްތަލިބު ރައީސް އޮފީހުގައި ހުންނަވައިގެން ވިދާޅުވީ، އެއީ ރައީސްގެ ބޯލްޑް ވިޝަން އެއް ކަމަށެވެ. އެއީ އަދި ދުނިޔޭގައި ނެތް ޓެކްނޮލެޖީއެއް ކަމަށެވެ. އެކަން ފެށޭނެ ތާރީޚަކާ ނިންމޭނެ މުއްދަތަކާ ޓައިމްލައިނެއްގައި ދީގެން ކުރެވޭ ވަރަށް ވުރެ އާދަޔާ ޚިލާފު ބޮޑު މަސައްކަތެއް ކަމަށެވެ. އެހެން ކަމުން ދެން އެބޭފުޅުންނަށް ޖެހިވަޑައިގަންނަވާނީ ފައިނޭންޝަލީ އަދި ޓެކްނިކަލީ ފީޒިބަލް ކަމެއްތޯ ބެލުމަށް ބަޔަކާ ހަވާލު ކުރަން ކަމަށެވެ. 

މިހާ ހިސާބުން އުފެދުނު ސުވާލަކީ މީގެ 9 މަސް ކުރިން އެބުނާ ޓަނަލްއެއްގެ ފީޒިބިލިޓީ ހަދަން ރައީސް ހަވާލުކުރި ގާބިލް ކުންފުނިތައް ކޮބައިބާވައެވެ. ނުވަތަ އެކުންފުނިތަކަށް ފީޒިބިލިޓީ ހަދަން ރައީސް ހަވާލުކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ވެސް ސިއްރުކުރައްވައިގެން ބާވައެވެ. ނުވަތަ މިނިސްޓަރަށް އެނގި ހުންނަވައިގެން ރައީސް ވިދާޅުވި އެއްޗެއް ދޮގެއް ކަމަށް ހައްދަވަން އުޅުއްވީ ބާވައެވެ. އެހެން ނޫން ނަމަ ފީޒިބިލިޓީ ހަދަން ހަވާލުކުރި މިކަމުގެ ގާބިލު ކުންފުނިތަކުން ހެދި ފީޒިބިލިޓީ ކޮބައިބާ އެވެ. 

ކޮންމެ އަކަސް މިކަމުގައި އޮންނާނީ ދެގޮތެކެވެ. އެހެންޏާ އާންމު އުސޫލުގެ މަތިން ރައީސް ހަމަ ގަސްތުގައި އިތުރުފުޅެއް ހެއްދެވީއެވެ. ކޮންމެ ވެސް މީހަކު ދިން ޚިޔާލެއް ހަމަ ހުންނަވާފައި ވިދާޅުވިއެވެ. ނުވަތަ މި ޒަމާނުގެ ބަހުރުވައިން ނަމަ އެއްޗެއް ފަޅާލެއްވީއެވެ. ދެވަނަ ގޮތަކީ މިނިސްޓަރު އިތުރުފުޅު ހެއްދެވީއެވެ.

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ ކުރީގެ ސަރުކާރުން ދީފައި ހުރި ގޯއްޗާއި ފްލެޓް ހަވާލުނުކުރެވި ލިސްޓު ގަޑުބަޑުވެ ރައްޔިތުން ނާއުއްމީދުވެ ހައްދަވާނެ ނަހައްދަވާނެއެއް ސަރުކާރަށް ނޭނގި މިކަމުގައި މުޅި ސަރުކާރު ދައްޗެއްގައި ޖެހިފައި އޮތް އިރުވެސް މިނިސްޓަރު ވިދާޅުވަނީ ރައީސްގެ އެމްބިޝަންގެ ވާހަކަ އެވެ. ވިޝަންގެ ވާހަކަ އެވެ. ރައީސް އަކީ އެހެން މީހުންނަށް ކުރައްވަން ކެރިވަޑައިނުގަންނަވާ ކަން ކަން ވަރަށް ކުރައްވާ ބޭފުޅެއް ކަމުގެ ވާހަކައެވެ. ޖޯން އެފް ކެނެޑީ ފަދަ ބޭފުޅެއް ކަމަށެވެ. ރަސްމާލޭ އަންޑަރވޯޓަރ ޓަނަލް އަކީ އިންސާނުން ފުރަތަމަ ހަނދަށް ދިއުންފަދަ ކަމެއް ކަމަށެވެ. 

ރަނގަޅެވެ. ދުނިޔޭގައި ނެތް ޓެކްނޮލޮޖީވެސް ގެންނަވާށެވެ. އަންޑަރވޯޓަރ ޓަނަލް ވެސް ގެންނަވާށެވެ. ރޭލް ދަނގަޑުވެސް އަޅުއްވާށެވެ. ދުނިޔޭގެ ފެންވަރުގެ ބިޒްނަސް ސެންޓަރުތަކާއި ސައުދީ ލައިން ސިޓީއާ ބްރިޖް ޚަލީފާ ފަދަ ހައިރައިޒް އިމާރާތްތައްވެސް އަޅުއްވާށެވެ. އެކަމަކު ފުރަތަމަ ރައްޔިތުންގެ ޒަރޫރަތްތައް ފުރިހަމަ ކުރެވޭނެ ގޮތްތަކެއް ހައްދަވާ ދެއްވާށެވެ.  ބަނގުރޫޓްވަމުންދާ ވިޔަފާރިތައް ސަލާމަތް ކޮށްދެއްވާށެވެ. ފަގީރުވަމުންދާ ރައްޔިތުން އެކަމުން މިންޖު ކޮށްދެއްވާށެވެ. ބޮޑުވަމުންދާ ސަރުކާރުގެ ވެރިންގެ ޖީބު ކުޑަކުރައްވާށެވެ. 

ދިވެހި މުހާވަރާއެއްގައި އޮވެއެވެ.”ހިނާނެ ފެން ހޯދާނީ ބޯނެ ފެން ހޯދައިގެން ނޫންތޯއެވެ.” މޮޅު ވާހަކައިންނާއި ތަކުރާރުކޮށް ހައްދަވާ އިތުރުފުޅުންނާ ކުލަނުވާނެ ހުވަފެންތަކުން ރައްޔިތު މީހާގެ ބަނޑުފުރާނަ މުއްތިއެއް ނުވެއެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު