Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮޑްރީ

އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ؛ ރޮޑްރީ

21 ނޮވެމްބަރު 2024 | ބުރާސްފަތި 07:37

މީގެ އިތުރުން އޭނާ ބުނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި މެސީއާ ދެކޮޅަށް ކުޅެފައިވާ ކުޅުންތެރިންނަށް، އެ ދެ ކުޅުންތެރިންގެ ތަފާތު އިނގޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ނޮވެމްބަރު 2024 | ބުރާސްފަތި 07:37
މިއަހަރުގެ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރި ރޮޑްރީ

މިއަހަރުގެ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރި ރޮޑްރީ

މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކަމަށް، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންސިވް މިޑްފީލްޑަރު ރޮޑްރީ ބުނެފި އެވެ.

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު އެންމެ ފަހުން ކާމިޔާބު ކޮށްފައިވާ ރޮޑްރީ މިހެން ބުނީ، ޓީވީ އަކަށް އޭނާ ދިން އިންޓަވިޔުއެއްގަ އެވެ. ރޮޑްރީ ބުނީ އޭނާ ދެކޭ ގޮތުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ މެސީ ކަމަށާއި، އެކަމާ ޝައްކު ކުރާނެ ޖާގައެއް ނެތް ކަމަށެވެ.

ރޮޑްރީ ބުނީ މެސީ އަށް ބޯޅަ ލިބޭ ކޮންމެ ވަގުތެއްގައި ވެސް، ނުރައްކާތެރި ކަމެއް އަންނާނެ ކަމާމެދު ވިސްނަން ޖެހޭނެ ކަމަށެވެ. މެސީއާ ދެކޮޅަށް އޭނާ ކުޅޭއިރު، މެސީ އަތުން ބޯޅަ އަތުލަން ވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެހެން ނަމަވެސް މެސީގެ ހުނަރުވެރިކަމާ އެކު ބޯޅަ އާއެކު އޭނާ ކުރިއަށް ދާނެ ކަމަށް ވެސް ރޮޑްރީ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި މެސީއާ ދެކޮޅަށް ކުޅެފައިވާ ކުޅުންތެރިންނަށް، އެ ދެ ކުޅުންތެރިންގެ ތަފާތު އިނގޭނެ ކަމަށެވެ. އެގޮތުން ރޮނާލްޑޯ އިދިކޮޅު ޓީމުގެ ގޯލު އޭރިޔާ ތެރެއަށް ވަންނަންް އެއްވެސް ކުޅުންތެރިޔަކު ބޭނުން ނުވާނެ ކަމަށާއި، އެއީ ރޮނާލްޑޯގެ ނުރައްކާތެރިކަަން ފެންނާނެ ހިސާބު ކަމަށް ރޮޑްރީ ބުންޏެވެ. އެއާ ޚިލާފަށް މެސީ އަކީ އާދަޔާ ޚިލާފު ކުޅުންތެރިޔެއް ކަމަށާއި، ދަނޑު މަތީގެ ކޮންމެ ދިމާލެއްގައި ވެސް މެސީގެ ނުރައްކާތެރިކަން ކުރިމަތިވާނެ ކަމަށް ރޮޑްރީ ބުންޏެވެ.

މިއަހަރުގެ ބެލެންޑިއޯ އެވޯޑު ރޮޑްރީ ކާމިޔާބު ކުރީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އަދި އިންގްލެންޑުގެ ޖޫޑް ބެލިންހަމްއާ ވާދަކޮށެވެ. ރޮޑްރީ ވަނީ ކުލަބުގެ އިތުރުން ޤައުމީ ޓީމާ އެކު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އޭނާ ވަނީ މެންޗެސްޓަރ ސިޓީ އާއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ރޮޑްރީ ވަނީ ސްޕެއިން އާއެކު ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގައި ރޮޑްރީ މޮޅު ކުޅުމެއް ދެއްކިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

ރޮޑްރީލިއޮނެލް މެސީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
02 ޖުލައި 2025

މެސީ، މިއާމީގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ބޮޑު

02 ޖުލައި 2025
މެސީ، މިއާމީގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ބޮޑު
19 މާރިޗު 2025

ޤައުމީ ޓީމުން ފުރުސަތު ނުލިބުމަކީ މެސީ އަށް އޮތް ހިތާމައެއް!

19 މާރިޗު 2025
ޤައުމީ ޓީމުން ފުރުސަތު ނުލިބުމަކީ މެސީ އަށް އޮތް ހިތާމައެއް!
18 މާރިޗު 2025

މެސީ ނުހިމަނައި، އާޖެންޓީނާގެ ސްކޮޑު އިއުލާން ކޮށްފި

18 މާރިޗު 2025
މެސީ ނުހިމަނައި، އާޖެންޓީނާގެ ސްކޮޑު އިއުލާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް