Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

އާސެނަލް މެޗުގެ ނަތީޖާއާ މެދު ސްކޮޓް ހިތްހަމަ ޖެހޭ!

29 އޮކްޓޯބަރު 2024 | އަންގާރަ 03:56

ސްލޮޓް ބުނީ، އާސެނަލް އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމު ކައިރިން ދެ ފަހަރު ނަތީޖާ ހަމަހަމަކޮށްގެން މެޗު ނިންމާލެވުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޮކްޓޯބަރު 2024 | އަންގާރަ 03:56
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު ނަތީޖާއާމެދު ހިތްހަމަ ޖެހޭ ކަމަށް، ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި އާސެނަލް އިން ވަނީ ދެ ފަހަރެއްގެ މަތިން ލީޑު ވެސް ނަގައިފަ އެވެ. ނަމަވެސް ލިވަޕޫލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެމެޗުގެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްލޮޓް ބުނީ، އާސެނަލް އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމު ކައިރިން ދެ ފަހަރު ނަތީޖާ ހަމަހަމަކޮށްގެން މެޗު ނިންމާލެވުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ. ޚާއްސަކޮށް އާސެނަލް މެޗުގެ ކުރިން ވެސް ލިވަޕޫލް އިން ރަށުން ބޭރުގައި މެޗެއް ކުޅެން ޖެހުނު ކަމަށާއި، އާސެނަލް މެޗަށް އެންމެ ފުރިހަމަ އަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ވެސް ސްލޮޓް ބުންޏެވެ.

ސްލޮޓް ބުނީ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ލިވަޕޫލް އޮތީ އެއް ލަނޑުން ފަހަތުގައި ކަމަށާއި، ނަމަވެސް ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެން މެޗު އެއްވަރު ކުރީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެ މެޗުގައި ލިވަޕޫލްގެ ކުޅުންތެރިން ދެއްކި ކުޅުމާއި، އެ ކުޅުންތެރިން ކުރި މަސައްކަތާ މެދު ވެސް އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމުގައި ސްލޮޓް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސްލޮޓް ބުނީ ލީގަށް ވާދަކުރާ ފަރާތްތަކާ ގުޅޭ ގޮތުން އަދި ލީގުގައި ލިވަޕޫލް އޮތް ހިސާބާ ގުޅޭ ގޮތުން ވެސް އޭނާ އަށް ސުވާލުތައް އަންނާނެކަން އިނގޭ ކަމަށެވެ. އޭނާ ބުނީ ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި ނަތީޖާ ނެރުމަކީ އުނދަގޫ ކަމަކަށްވާއިރު، އާސެނަލް މެޗުން ލިބުނު ނަތީޖާއާ މެދު ހިތްހަމަ ނުޖެހެންވީ ސަބަބެއް ނެތް ކަމަށެވެ. ސްލޮޓް ބުނީ އޭނާ އަބަދު ވެސް ބޭނުން ވަނީ ރަށުން ބޭރުގައި ކުޅޭ މެޗުތަކުން ނަތީޖާ ނެރުމަށް ކަމަށެވެ. ކުރިން ވެސް ފާހަގަ ކުރިހެން، ލީގު ކާމިޔާބު ކުރަން ބޭނުންވާ ނަމަ ރަށުން ބޭރުގައި ކުޅޭ މެޗުތައް މުހިންމުވާނެ ކަމަށް ސްލޮޓް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

އާސެނަލް މޮޅުވެ އަލުން އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލަށް އޮތް ނަމަވެސް، އެއްވަރުވުމުން އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު ނުވަ މެޗުން 22 ޕޮއިންޓާ އެކު އެވެ. މި ސީޒަނާ ދިމާކޮށް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމު އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

ލިވަޕޫލްއާން ސްލޮޓް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް

21 އޮކްޓޯބަރު 2025
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް