Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބަޖެޓް ހުސްވުން

އެއްވެސް ކަމެއް ފެންނަން ނެތި އަނެއްކާ 5 ބިލިއަން ދޭށޭ ބުނުމަކީ މައްސަލައެއް - ޝިފާޒް

ބަޖެޓް ނުކުރާ ކަންކަން އެބަހުރި ކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 20:53
ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އެއްވެސް ކަމެއް ފެންނަން ނެތި އަނެއްކާ 5 ބިލިއަން ދޭށޭ ބުނުމަކީ މައްސަލައެއް ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ނައިބްރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ދިވެހިންނަށް ރައްޔިތުންގެ މަޖިލިސް އެނގެން ފެށިފަހުން މިހާތަނަށް ބަޖެޓަށްވީ ގޮތް ނޭނގި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައި ނުވާ ކަމަށެވެ. ކުރިން ދިން އެއްޗަކަށް ވީގޮތް އޮޅުން ނުފިލުވާ އެހެން އެއްޗަކަށް އެދެވޭނެތޯ ޝިފާޒު ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ ބަޖެޓް ތަފްސީލު ނުދެއްވާ އަނެއްކާ 5 ބިލިއަން ދޭން ބުނުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. އެއީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލޭ ސަބަބު ކަމަށް ޝިފާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝިފާޒް ވިދާޅުވީ ސަރުކާރުން ހިތަށް ނާރާ ކަންކަންވެސް ކުރަމުންދާ ކަމަށެވެ. އަދި ހާމަނުކުރާހާ ހިނދަކު ބޮޑު އިލްޒާމެއް އެޅުވޭނެ ކަމަށާއި، އެހާހިސާބުން ރައްޔިތުން ނުކުންނާނީ މާލިއްޔަތަށް ވީގޮތެއް އޮޅުން ފިލުވަން ކަމަށާއި، ދަވުލަތް ހިންގަން ދޭ ލާރިއަށްވީގޮތެއް ނޭނގުމުން އެހިސާބުން އެމީހަކު ވަގަކަށްވާނެ ކަމަށެވެ.

ޝިފާޒް ވިދާޅުވީ ބަޖެޓުން 31 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށެވެ. ކަންކަން ހާމަ ނުކުރާނަމަ ވަގަށް ގޮވާނެ ކަމަށާއި، 31 ބިލިއަން ރުފިޔާއަށްވީގޮތެއް ސަރުކާރުން ހާމަ ނުކުރި ކަމަށެވެ. ދެވަނަ މާލީ ވަޒީރެއް އައި ނަމަވެސް އެއިން އެއްވެސްކަމެއް ހާމަނުކުރާ ކަމަށާއި، އެއް އަހަރުވެގެން ދިޔަ އިރުވެސް ކަން އޮތީ މިހެން ކަމަށެވެ. އަދި މިގޮތަށް ކަންކަން ބަލަން ރައްޔިތުން އަބަދު ނުތިބޭނެ ކަމަށެވެ.

ރާއްޖޭގެ ބަޖެޓްސަޕްލިމެންޓަރީ ބެޖެޓް 2024

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު

16 ނޮވެމްބަރު 2025
މައުނަވީ ތަރައްގީގެ ބަޖެޓާ އެކު އެއްވެސް ކަމެއް ނުވޭ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންގެ ބޯކާލާ ބަޖެޓެއް: މެމްބަރު ޒިޔާދު
06 ނޮވެމްބަރު 2025

އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު

06 ނޮވެމްބަރު 2025
އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވާ ބަޖެޓެއް: އަމީރު
22 އޮކްޓޯބަރު 2025

ތެލެސީމިއާ އެލަވަންސް ދޭން ފަށާނެ ކަމަށާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއްޖެ

22 އޮކްޓޯބަރު 2025
ތެލެސީމިއާ އެލަވަންސް ދޭން ފަށާނެ ކަމަށާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއްޖެ
31 އޮކްޓޯބަރު 2024

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް
31 އޮކްޓޯބަރު 2024

56.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި

31 އޮކްޓޯބަރު 2024
56.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު