Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓްރެޓީޖިކް އެކްޝަން ޕްލޭން

ކުރިއަށް އޮތް 5 އަހަރަށް ސްޓެލްކޯއިން ކަނޑައެޅި ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކޮށްފި

27 އޮކްޓޯބަރު 2024 | އާދީއްތަ 13:00

ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އެކުލަވާލެވިފައިވާ ފްރޭމްވަރކްގައި 5 ސްޓްރެޓިޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓިޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ކަނޑައެޅިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 އޮކްޓޯބަރު 2024 | އާދީއްތަ 13:00
ސްޓެލްކޯގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސްޓެލްކޯގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުރިއަށް މި ދާ ފަސް އަހަރު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެ ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކޮށްފިއެވެ.

މި ޕްލޭން އިފްތިތާޙުކޮށްފައިވަނީ އެކަމަށްޓަކައި ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕްލޭން އިފްތިތާޙުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ، ޙުސައިން ފަހުމީއެވެ. މި ޕްލޭންއަކީ، ޙުސައިން ފަހުމީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް އަންނަމުން މިދާ ތަރައްގީއާއި ތަހުޒީބާއި، ކުރިއެރުންތަކާއި އެއް ހަމަޔަކަށް ކަރަންޓާއި، ފެނާއި ނަރުދަމާގެ ސިނާއަތް ގެންދިއުމަށް ކުރެވެން ހުރީ ކޮން މަސައްކަތްތަކެއްތޯ ބައްލަވައި، އެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރެވިގެންދާނެ މަގުކޮށްޓެވުމަށް ފެއްޓެވި މަސައްކަތުގެ ތެރެއިން، ކުންފުނީގެ ބޯޑުގެ ހަރުދަނާ ލަފަޔާއި އިރުޝާދާއި އެކުގައި ތައްޔާރުކުރެވިފައިވާ ޕްލޭނެކެވެ.

މި ޕްލޭން އެކުލަވާލުމުގައި އަސާސްތަކެއްގެ ގޮތުގައި ބަލާފައިވަނީ ޚިދުމަތުގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއިއެކު، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރު ކުރުމެވެ. މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ކުންފުނީގެ އެކި ދާއިރާތަކުގެ ޓެކްނިކަލް އަދި މެނޭޖިރިއަލް މުވައްޒަފުން ހިމަނައިގެން އެކުލަވާލެވުނު އިލްމީ އަދި ގާބިލް ޓީމަކުންނެވެ. މި ޓީމްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކުންފުނީގެ ސްޓްރެޓިޖިކް ކޮމިޓީގެ ހާއްސަ ބެއްލެވުމާއި އިރުޝާދުގެ ދަށުންނެވެ.

މި މަސައްކަތުގެ ތެރެއިން، ކުންފުނި ހިންގުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އިސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު ކުންފުނީގެ މިޑްލް މެނޭޖްމަންޓްގައި ހިމެނޭ ޔުނިޓް ހެޑުންނާއި އެ މުވައްޒަފުންގެ ދަށުން މަސައްކަތްކުރާ ޓީމުތަކުގެ ޚީޔާލާއި އެއްގޮތަށް ޑިޕާޓްމަންޓްތައް ހިންގުމުގެ ޕްލޭންތައް އެކުލަވާލައި، ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވަނީ ހިމެނިފައެވެ.

ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އެކުލަވާލެވިފައިވާ ފްރޭމްވަރކްގައި 5 ސްޓްރެޓިޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓިޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ކަނޑައެޅިފައިވެއެވެ. މި ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ކޮންމެ ޑިޕާޓްމަންޓަކަށްވެސް އެކްޝަންތަކަކާއި ޓާގެޓްތަކެއް ކަނޑައެޅިފައިވެއެވެ. އަދި މި ޓާގެޓްތައް ޙާޞިލްވޭތޯ މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިފައިވެއެވެ.

މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ޒަމާނީ ވިސްނުމާއިއެކު ތައުލީމީ ޒުވާނުން މިތައްޔާރު ކުރީ އެކްޝަން ޕްލޭނަކީ މުސްތަގުބަލް ކަނޑައެޅުމުގެ ހަރުދަނާ ބިންގަލެއް ކަމަށެވެ.

މިފަދަ ޕްލޭނެއް އޮތުމުން ކުންފުނި ހިންގުމަށް އިތުރަށް ފަސޭހަވެ، ކުންފުނީގެ ހުރިހާ ދާއިރާއަކުންވެސް އެއް އަމާޒަކަށް މަސައްކަތްކުރެވި، ހިންގުން ހަރުދަނާކުރެވި، ކުންފުނީގެ މާލިއްޔާއިން ކުރެވޭ ޚަރަދުތަކަކީ ކުންފުނިން އެކަށައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް މަގުފަހިވެގެންދާ ގޮތަށް ކުރެވޭ ޚަރަދުތަކެއް ކަމުގައި ވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރެވި، ރައްޔިތުންނާއި ކުންފުންޏާއި ދެމުދު އޮންނަ އިތުބާރާއި ގުޅުން އިތުރަށް ރަނގަޅު ކުރެވިގެންދާނެއެވެ.

ސްޓެލްކޯސްޓެލްކޯ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
21 ސެޕްޓެމްބަރު 2025

ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ، ސްޓެލްކޯގެ ބަހެއް ނެތް

21 ސެޕްޓެމްބަރު 2025
ފޭސް 2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ، ސްޓެލްކޯގެ ބަހެއް ނެތް
12 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ ބޯޑަށް މެމްބަރު ޝާޑުގެ އަނބިކަނބަލުން މުޒްނާ އައްޔަން ކޮށްފި

12 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ ބޯޑަށް މެމްބަރު ޝާޑުގެ އަނބިކަނބަލުން މުޒްނާ އައްޔަން ކޮށްފި
08 ސެޕްޓެމްބަރު 2025

ޖަނަވަރީ1، 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރުމަށް ރައީސް ނިންމަވައިފި

ސްޓެލްކޯއިން ވަކިކުރި ފަހުމީ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކޮށްފި

08 ސެޕްޓެމްބަރު 2025
ސްޓެލްކޯއިން ވަކިކުރި ފަހުމީ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކޮށްފި
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް