Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ލީގު ކާމިޔާބު ކުރުމަށްޓަކައި، ރަށުން ބޭރުގައި ކުޅޭ މެޗުތަކުން މޮޅުވުން މުހިންމު: ސްލޮޓް

އޭނާ ބުނީ ޕްރިމިއާ ލީގު ކާމިޔާބު ކުރަން ބޭނުންވާ ނަމަ، ރަށުން ބޭރުގައި ކުޅޭ އުނދަގޫ މެޗުތައް ކާމިޔާބު ކުރުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޮކްޓޯބަރު 2024 | އާދީއްތަ 03:14
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

ލިވަޕޫލްގެ ކޯޗު އާން ސްލޮޓް

އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރަން ބޭނުންވާ ނަމަ، ރަށުން ބޭރުގައި ކުޅޭ މެޗުތަކުން މޮޅުވުމަކީ މުހިންމު ކަމެއް ކަމަށް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

ސްލޮޓް މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ލިވަޕޫލް ނިކުންނަ މެޗުގެ ކުރިންނެވެ. މި ސީޒަނާ ދިމާކޮށް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމު އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ލިވަޕޫލް އިން އަށް މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން ހަތް މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. އެއް މެޗުން ބަލިވެފައިވާއިރު، ލިވަޕޫލް އޮތީ ވެސް ލީގު ތާވަލްގެ އެއް ވަނައިގަ އެވެ.

އާސެނަލް މެޗުގެ ކުރިން ވާހަކަ ދައްކަމުން ސްލޮޓް ބުނީ، ޕްރިމިއާ ލީގު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެ ލީގުގައި މަސައްކަތް ކުރާ ކޯޗުންނަށް އެކަން ކާމިޔާބު ކުރުމަކީ ބޮޑު ޗެލެންޖެއް ކަމަށް ވެސް ސްލޮޓް ބުންޏެވެ. އޭނާ ބުނީ ޕްރިމިއާ ލީގު ކާމިޔާބު ކުރަން ބޭނުންވާ ނަމަ، ރަށުން ބޭރުގައި ކުޅޭ އުނދަގޫ މެޗުތައް ކާމިޔާބު ކުރުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

މީގެ އިތުރުން ސްލޮޓް ބުނީ ޕްރިމިއާ ލީގުގައި ކޮންމެ ޓީމަކީ ވެސް ވަރަށް މޮޅު އަދި ބަލި ކުރަން އުނދަގޫ ޓީމުތަކެއް ކަމަށެވެ. ރަށުން ބޭރުގައި ކުޅޭ އުނދަގޫ މެޗުތަކުގެ ވާހަކަ ފާހަގަ ކުރަމުން ސްލޮޓް ބުނީ، އޭނާ އެ ދައްކަނީ ނިއުކާސަލް ޔުނައިޓެޑު، ޗެލްސީ، މެންޗެސްޓަރ ސިޓީ، މެންޗެސްޓަރ ޔުނައިޓެޑު އަދި އާސެނަލް ފަދަ ޓީމުތަކުގެ ވާހަކަ ކަމަށެވެ. އެފަދަ ޓީމުތަކާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުތަކަކީ މޮޅުވުން މުހިންމު މެޗުތަކެއް ކަމަށް ސްލޮޓް ބުންޏެވެ.

އިތުރަށް ސްލޮޓް ބުނީ ލިވަޕޫލް ގައި އޭނާ ކުރަމުން އަންނަ މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، އެކަން ޙާސިލު ވަނީ ކުޅުންތެރިން ދައްކާ ކުޅުމާއި، ނެރެމުން އަންނަ ނަތީޖާގެ ސަބަބުންނެވެ. މިހާތަނަށް އައިއިރު ލިވަޕޫލްގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާއި، ދައްކަމުން އަންނަ ކުޅުމާ މެދު ވަރަށް ހަމަޖެހިގެން ހުރި ކަމަށް ވެސް ސްލޮޓް ބުންޏެވެ. އަދި ލިވަޕޫލްގެ ކުޅުންތެރިންނަށް އޭނާގެ ފުރިހަމަ އިތުބާރު އޮންނާނެ ކަމަށް ވެސް ސްލޮޓް ބުންޏެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ލިވަޕޫލް އިން އެ ޓީމާ ދެކޮޅަށް ނިކުންނާނީ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:30 ގައެވެ. އެ މެޗަށް ނިކުންނައިރު، އެ މެޗުން މޮޅުވެ އެއް ވަނަ މަޤާމަށް ދިޔުމުގެ ފުރުސަތު ލިވަޕޫލަށް އޮންނާނެ އެވެ. މިވަގުތު ތިން ވަނައިގައި އޮތް އާސެނަލަށް ވެސް ލިވަޕޫލް މެޗުން މޮޅުވުން މުހިންމު ވާނެ އެވެ.

ލިވަޕޫލްއާން ސްލޮޓް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު