Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް ހަނގުރާމަ

އިޒްރޭލު ދިފާއުކުރަން އެންމެ ޒަމާނީ މިސައިލް ދިފާއީ ނިޒާމެއް ފޮނުވަން އެމެރިކާ އިން ނިންމައިފި

އެމެރިކާގެ މި ނިންމުމާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޤްޗީ އާދިއްތަ ދުވަހު ވިދާޅުވީ، "އެމެރިކާގެ މިސައިލް ނިޒާމުތައް ހިންގުމަށް އިޒްރޭލަށް ސިފައިން ފޮނުވުމުން އެ ސިފައިންގެ ފުރާނަ ނުރައްކަލަށް ހުށަހަޅަނީ،" ކަމަށް

ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2024 | އާދީއްތަ 19:50
ވައިޓް ހައުސްގައި ޑިޕްލޮއި ކޮށްފައިވާ "ތާޑް" ދިފާއީ ނިޒާމު

ވައިޓް ހައުސްގައި ޑިޕްލޮއި ކޮށްފައިވާ "ތާޑް" ދިފާއީ ނިޒާމު

އިޒްރޭލު ދިފާއު ކޮށްދޭން އެމެރިކާއިން އިޒްރޭލަށް އެންމެ ޒަމާނީ މިސައިލް ދިފާއީ ނިޒާމަކާއި އަދި އެ ނިޒާމު ހިންގުމަށް ސިފައިން ފޮނުވަން ނިންމައިފިއެވެ.

ޓާމިނަލް ހައި-އަލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) އަކީ ދުރު، މެދު އަދި ކުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކުން ދިފާއުވެވޭ އަގުބޮޑު ނިޒާމެކެވެ.

ޕެންޓަގަނުން ބުނާ ގޮތުގައި މި ނިޒާމު އިޒްރޭލުގައި ބޭނުން ކުރަން ނިންމީ "13 އޭޕްރީލް 2023 އަދި 1 އޮކްޓޯބަރ 2023 ގައި އީރާނުން އިޒްރޭލަށް ދިން ނުރައްކާތެރި ހަމަލާތަކަށް ފަހު އިޒްރޭލުގެ ވައިގެ ދިފާއު ވަރުގަދަކުރުމަށެވެ."

މި ނިޒާމާއެކު "އެމެރިކާގެ ސިފައިންގެ ޓީމެއް" ވެސް ފޮނުވާނެ ކަމަށް ޕެންޓަގަނުން ބުނެފައިވެއެވެ.

ތާޑްގެ ބެޓަރީއެއް ހިންގުމަށް 95 ސިފައިން ބޭނުންވެއެވެ.

"މި ނިންމުމުން ދައްކުވައިދެނީ އިޒްރޭލުގެ ދިފާއަށް އެމެރިކާއިން ދޭ އަހައްމިއްޔަތުކަމާއި، އީރާނުގެ އިތުރު ބެލިސްޓިކް މިސައިލް ހަމަލާތަކުން އިޒްރޭލުގައި ތިބި އެމެރިކާގެ ރައްޔިތުން ދިފާއުކުރުމަށް އެމެރިކާއިން ދޭ އަހައްމިއްޔަތުކަމެވެ،" ޕެންޓަގަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޤްޗީ އާދިއްތަ ދުވަހު ވިދާޅުވީ، "އެމެރިކާގެ މިސައިލް ނިޒާމުތައް ހިންގުމަށް އިޒްރޭލަށް ސިފައިން ފޮނުވުމުން އެ ސިފައިންގެ ފުރާނަ ނުރައްކަލަށް ހުށަހަޅަނީ،" ކަމަށެވެ.

7 އޮކްޓޯބަރުގެ ހަމަލާތަކަށް ފަހު މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނާއި އެމެރިކާގެ މަސްލަޙަތުތައް ދިފާއުކުރުމަށް ކަމަށް ވިދާޅުވެ، މިދިޔަ އަހަރު ޖޯ ބައިޑަން ވަނީ މެދުއިރުމައްޗަށް މިފަދަ ނިޒާމެއް ފޮނުވުމަށް ނިންމަވަފައެވެ. މީގެ ކުރިން 2019 ގައި އެމެރިކާއިން ވަނީ އިޒްރޭލަށް ތާޑް ބެޓަރީއެއް ފޮނުވާފައެވެ. ނަމަވެސް އެފަހަރު އެކަން ކުރީ ތަމްރީނުކުރުމަށެވެ.

ތާޑް ސިސްޓަމްއިސްރާއީލް އަސްކަރިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލަށް ސިފައިންގެ ދަތިކަން ކުރިމަތިވެ، އެމެރިކާ އާއި ފްރާންސް އިން ސިފައިންގެ ޚިދުމަތައް ވަންނާނެ މީހުން ހޯދަނީ

އިސްރާއީލަށް ސިފައިންގެ ދަތިކަން ކުރިމަތިވެ، އެމެރިކާ އާއި ފްރާންސް އިން ސިފައިންގެ ޚިދުމަތައް ވަންނާނެ މީހުން ހޯދަނީ

19 އޯގަސްޓު 2025
އަސްކަރިއްޔާގެ ބަސް ހާމަ ކުރުމުގައި ސަރުކާރު ދެކެ ބިރު ނުގަންނާނެ ކަމަށް އިސްރާއީލުގެ ސިފައިންގެ ވެރިޔާ ބުނެފި

އަސްކަރިއްޔާގެ ބަސް ހާމަ ކުރުމުގައި ސަރުކާރު ދެކެ ބިރު ނުގަންނާނެ ކަމަށް އިސްރާއީލުގެ ސިފައިންގެ ވެރިޔާ ބުނެފި

07 އޯގަސްޓު 2025
އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ

އީރާާންގެ ހަމަލާތައް، އަސްކަރީ ތަންތަނަށް އަމާޒުވި ކަމަށް އިސްރާއީލް އިން އެއްބަސްވެއްޖެ

09 ޖުލައި 2025
ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަނަކީ "ނަސްލު ނައްތާލުން" ކަމަށް މަހްމޫދު އައްބާސްގެ އޮފީހުން ބުނެފި

ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ އޮޕަރޭޝަނަކީ "ނަސްލު ނައްތާލުން" ކަމަށް މަހްމޫދު އައްބާސްގެ އޮފީހުން ބުނެފި

03 ފެބުރުއަރީ 2025
ޣައްޒާގެ އުތުރު ސަރަހައްދަށް އެތަނުގެ އެތައް ސަތޭކަ ހާސް ވަޒަންވެރިން އެނބުރި އާދެވޭ ގޮތް ވުމަކީ ފަލަސްތީނަށް ލިބުނު ބޮޑު ނަސްރެއް: ހަމާސް

ޣައްޒާގެ އުތުރު ސަރަހައްދަށް އެތަނުގެ އެތައް ސަތޭކަ ހާސް ވަޒަންވެރިން އެނބުރި އާދެވޭ ގޮތް ވުމަކީ ފަލަސްތީނަށް ލިބުނު ބޮޑު ނަސްރެއް: ހަމާސް

27 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު