Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްްޑީޕީ

ރައީސް ޞާލިޙުގެ ވަރުގަދަ ވާހަކަފުޅުތަކެއް!

ސަރުކާރުން ވެފައިވާ ވައުދުތަކާ ޚިލާފުވަމުންދާ ވާހަކަ އާއި، ރައްޔިތުންނަށް އޮޅުވާލެއްވުމަށް ދެއްކެވި ވާހަކަތައް ރައީސް ޞާލިޙު ހަނދާން ކޮށްދެއްވަމުން ގެންދެވީ، ދިވެހި ބަހުން ނިކަން ފަށުވިކޮށެވެ. މިޒާޖީ ބަސްތަކާއި، ހަރުބަސްތައް ބޭނުން ކުރައްވައިގެން، ސަރުކާރަށް "ކުރު ދޮށިން" ދެއްވީއޭ ވެސް ދެންނެވި ދާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2024 | އާދީއްތަ 11:51
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

މިހާރުގެ ސަރުކާރުން ކުރަމުން އަންނަ ދެކޮޅު ނުޖެހޭ ކަންކަމަށް، އިދިކޮޅު ފަރާތްތަކުގެ މާބޮޑު ފާޑު ކިޔުމެއް ނުވަތަ، އެކަމާ ދެކޮޅަށް "ހަރު ވާހަކަ" އެއް ނުދެއްކާ ވާހަކަ އަކީ ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ. މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އަޑު ކޮންމެ ވެސް ވަރަކަށް މަޑުވެފައިވާ ވާހަކަ ދައްކާ މީހުން ވެސް މަދެއް ނޫނެވެ.

އެމްޑީޕީ އުފެދުނީއްސުރެ، އެ ޕާޓީ އަކީ އަބަދު ވެސް އަޑު ގަދަ ޕާޓީ އެކެވެ. ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ކުރަމުން އައި ނުރަނގަޅު ކަންކަމާ ދެކޮޅަށް ބަސް ބުނަން ފެށީއްސުރެ، އެމްޑީޕީ އަކީ ބަސް ބުނުމުގައި ފަސް ޖެހުނު ޕާޓީ އެއް ނޫނެވެ. އޭގެ ފަހުން އެމްޑީޕީގެ ފުރަތަމަ ވެރިކަން، އަދި ޤާނޫނީ ގޮތުން އެފެދިފައި އޮތް ސަރުކާރެއް ބަޣާވާތަކުން ވައްޓާލިއިރު ވެސް، އެމްޑީޕީގެ އަޑު މަޑެއް ނުވި އެވެ. އޭގެ ފަހުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި އެމްޑީޕީގެ ރައީސް އާއި އެ ޕާޓީގެ ގިނަ އިސްވެރިންތަކެއް ޖަލަށް ލީއިރު ވެސް، އެ ޕާޓީގެ އަޑަކަށް އަދި ރާގަކަށް ބަދަލެއް ނާދެ އެވެ.

އަބަދު ވެސް ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެމްޑީޕީގެ އަޑު ގަދައިރު، އެންމެ ފޯރީގައި ސިޔާސީ ވާހަކަ ދައްކާ ޕޯޑިއަމަކީ އެމްޑީޕީގެ ޕޯޑިއަމޭ ވެސް ދެންނެވިދާނެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންނާ ހަމައިން ފެށިގެން ގޮސް، ރަށް ރަށުގައި ތިއްބަވާ އެމްޑީޕީގެ ކައުންސިލަރުންނަކީ ނިކަން ހަރުކޮށް ވާހަކަ ދައްކަވާ ބޭފުޅުންނެވެ. އެމްޑީޕީގެ ޖަލްސާއެއް ނުވަތަ ކަންމަތީ އެއްވުމެއް އޮވެއްޖެ ނަމަ، އެ ބައްދަލުވުމެއް އަޑު އަހަން މީހުން ތިބެނީ ޝައުޤުވެރިކަމާ އެކު އެވެ.

2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމަށް ނިމުމެއް އައީ މިދިޔަ 2023 ވަނަ އަހަރު އެވެ. އެ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ. އޭގެ ފަހުން އެމްޑީޕީގެ އަޑު މަޑުވެފައިވާ ވާހަކަ އެ ޕާޓީގެ އާންމު މެމްބަރުން، އަދި ރަށު ތެރޭގައި އާންމުން ދައްކާތީ އަޑު އިވެ އެވެ. ޚާއްސަކޮށް ސަރުކާރުން ވެފައިވާ ވައުދުތަކާ ޚިލާފުވެފައިވަމުންދާއިރު، އެކަމާ ދެކޮޅަށް "އެމްޑީޕީ ސިފައިގައި" ބަހެއް ބުނެލާ، ނުވަތަ ވާހަކައެއް ދައްކާ މީހުން މަދު ވާހަކަ ވެސް އިވެ އެވެ.

އެހެން ނަމަވެސް، ދާދި ފަހުންް އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ރައީސް އިބްރާާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅަށް ގިނަ ބައެއްގެ ޝައުޤުވެރިކަން އަދި ސަމާލުކަން ހުއްޓުނެވެ. އާންމު ގޮތެއްގައި ވާހަކަ ދައްކަވާއިރު މަޑު މައިތިރި ކަމާއި، ސާދާ ގޮތަކަށް ވާހަކަ ދެއްކެވުމަށް އިސްކަން ދެއްވާ ރައީސް ޞާލިޙު، އެ ކޮންފަރެންސްގައި ވާހަކަ ދެއްކެވީ އެމްޑީޕީގެ ވައްޓަފާޅީގައި ކަމަށް ބައެއް މީހުން ބުނެ އެވެ. އެއީ މިހާތަނަށް ރައީސް ޞާލިޙު ދެއްވި އެންމެ ފުރިހަމަ އަދި އެންމެ ވަރުގަދަ އެއް ތަޤުރީރު ނުވަތަ ދެއްކެވި ވާހަކަ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

ސަރުކާރުން ވެފައިވާ ވައުދުތަކާ ޚިލާފުވަމުންދާ ވާހަކަ އާއި، ރައްޔިތުންނަށް އޮޅުވާލެއްވުމަށް ދެއްކެވި ވާހަކަތައް ރައީސް ޞާލިޙު ހަނދާން ކޮށްދެއްވަމުން ގެންދެވީ، ދިވެހި ބަހުން ނިކަން ފަށުވިކޮށެވެ. މިޒާޖީ ބަސްތަކާއި، ހަރުބަސްތައް ބޭނުން ކުރައްވައިގެން، ސަރުކާރަށް "ކުރު ދޮށިން" ދެއްވީއޭ ވެސް ދެންނެވި ދާނެ އެވެ. މިހާރު ސަރުކާރަށް ވެގެން މި އުޅޭ ގޮތަކީ ނުފޯރާ ފޮތިން ފޫގެޅުމުން ވެގެން އުޅޭ ގޮތެއް ކަމަށް ބުނެ މިސާލު ޖެއްސެވި އެވެ. އުދަރެސް ބަލަން ހުރެ، ނުވަތަ އުޑަށް ކުޅު ޖެހުމުން އެ ކުޅު ގަނޑު އައިސް އަމިއްލަ މޫނަށް ތަރަވާ ވާހަކަ އިން މިސާލު ނަންގަވައި، ޖެއްސެވީ ސީދާ މޮހޮރުގެ ބޮލުގަ އެވެ.

މީގެ އިތުރުން ވެސް އެ ބައްދަލުވުމުގައި ރައީސް ޞާލީޙު ވަނީ ވަރުގަދަ ވާހަކަފުޅުތަކެއް ދައްކަވައިފަ އެވެ. ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލުމަށް، ނުވަތަ ފުނޑާލުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި، އެކަން އެގޮތަށް ވާ ނަމަ، އެކަމާ ދެކޮޅަށް އެމްޑީޕީން ތެދުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރަށް ރަށުގައި ފަށާފައި ހުރި ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ރައްޔިތުން މާޔޫސްވެފައި ތިބި ވާހަކަ ހިއްސާ ކުރެއްވި އެވެ. ބައެއް މީހުން ދެކޭ ގޮތުގައި ރައީސް ޞާލިޙުގެ އެ ވާހަކަފުޅަކީ މިދިޔަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުނު ފަހުން، އެ ޕާޓީގެ ބޭފުޅަކު މިހާތަނަށް ދެއްކެވި އެންމެ ވަރުގަދަ އަދި އެންމެ ހަރު ވާހަކަފުޅެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު