Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސްގެ އިސްތިއުނާފް

ފާރިސްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން އާދިއްތަ ދުވަހު!

16 އޯގަސްޓު 2017 | ބުދަ 08:20

މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިމަހު 9 ގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 16 އޯގަސްޓު 2017 | ބުދަ 08:20
 ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

 ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށް ނެރުނު އަމުރާއި، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް ކުރުން އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާއި މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

Advertisement - newsAdvertisement

ފާރިސް ހައްޔަރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގަ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލައިގައި އެންމެ ފަހުން ހައިކޯޓުގައި އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު އެވެ. އެ އަޑުއެހުން ނިންމާލާފައިވަނީ މައްސަލައިގައި އިތުރަށް ސާފުކުރާނެ ކަމަށް ނެތް ނަމަ ދެން ބާއްވާނީ ހުކުމް ކުރުމުގެ މަޖިލިސް ކަމަށް އިއުލާނުކުރެއްވުމަށް ފަހު އެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލައިގައި ގާނޫނީ ވަކީލުން ވަނީ ގިނަ ނުކުތާތަކެއް ފާހަގަކުރައްވާފަ އެވެ، އެގޮތުން މީހަކު ހައްޔަރުކޮށްފިނަމަ ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް އެ މީހަކު ގެންދަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ފާރިސް ހައްޔަރުކުރުމަށް ފަހު އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ގެންދިއުމެއް ނެތި، ގާނޫނާ ޚިލާފަށް ފާރިސް ގެންގޮސްފައިވަނީ ދޫނިދޫއަށްކަން ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ޚިލާފަށް ފާރިސް ބަންދުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ތަހުގީގު މަރުހަލާގައި އެ މީހަކު ބަންދުގައި ބެހެއްޓޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ފާރިސް ބަންދުގައި ބެހެއްޓުމަށް ނިންމި ނިންމުމުގައި ކަނޑައަޅާފައި އޮތީ ތަހުގީގު ހިނގަމުންދާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ފާރިސްގެ ވަކީލުން ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަހުމަދު ޝާފިއުގެ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ ލިޔުންތައް ވެސް ކޯޓަށް ހުށަހަޅާފަ އެވެ. މިިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އަހުމަދު ޝާފިއު ބަންދުކުރުމަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކަކީ މީހެއްގެ މިނިވަންކަން ނަގާލުމަށް އެކަށޭނެ ހެކިތަކެއް ނޫން ކަމަށެވެ.

ވަކީލުން ވިދާޅުވީ ފާރިސް ހައްޔަރުކޮށްފައިވަނީ ހަމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ނެރެނު އަމުރެއްގެ ދަށުން ކަމަށާއި ބަންދުގެ މުއްދަތު އިތުރުކުރީ ވެސް އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެ ހެކިތަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ވަކި ގޮތެއް ނިންމާފައިވަނިކޮށް އެހެން ގޮތަކަށް މާނަކޮށްގެން، އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ފާރިސް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަމަށް ވަކީލުން ވިދާޅުވެއެވެ.

ފާރިސްގެ މައްޗަށް މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާއިރު، ޕީޕީއެމްގެ ދިދައާއި ލޯގޯ ހުއްދައެއް ނެތި ބޭނުންކުރެއްވި ކަމަށް ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ފާރިސްގެ މައްޗަށް ދަނީ ޝަރީއަތް ހިންގަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް