Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮޑުމަސް ހިފުން

"ދުނިޔޭގައި ބޮޑުމަސް ހިފުން މަނާކުރީ ފޮޓޯތަކެއްގެ ސަބަބުން"

މިއީ 1970 ގެ އަހަރުތަކުގައި، ތިމާވެށީގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ 'ގްރީންޕީސް'ގެ އެކްޓިވިސްޓުންތަކެއް ވިޔަފާރީގެ ބޭނުމަށް ބޮޑުމަސް ހިފުން ހުއްޓުވުމަށް އެމީހުންނަށް ކުރެވިދާނެ ކަމަކާމެދު ކުރެވުނު ކެމްޕޭނެއްގެ ތެރެއިން ނެގުނު ފޮޓޯތަކެކެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2024 | އާދީއްތަ 15:39
ބޮޑުމަސް ހިފާ މަންޒަރެއް

ބޮޑުމަސް ހިފާ މަންޒަރެއް

މުޅި ދުނިޔެ ސިއްސުވާލި މި ފޮޓޯ އިން ފެންނަނީ ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި އޮތް ބޮޑު ސޯވިއެޓް ޓެންކަރެއްގައިގައި ހާޕޫން ބަޑިއެއް ހަރުކޮށްފައި ހުއްޓައެވެ. އަދި ޓޭންކަރުގެ ކުރިމަތީގައިވާ އޮތް ބޮޑު މަހަކަށް ބަޑިޖެހުމުން ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑު ރަތްކުލައަށް ބަދަލުވެފައިވާ މަންޒަރު ފޮޓޯއިން ފެނެއެވެ.

"މި ފޮޓޯއަކީ  ގްރީންޕީސްގެ 'މައިންޑް ބޮމް' ކެމްޕޭނުގެ ފެށުން ފާހަގަކޮށްދިން އަދި ދުނިޔެއަށް މުޅި ދުނިޔެއަށް ބޮޑު ބަދަލެއް ގެނެސްދިން މުހިއްމު ފޮޓޯއެއް" މި އައިކޮނިކް ފޮޓޯ ނެގި ފޮޓޯގްރާފަރ ރެކްސް ވޭލަރ ބުންޏެވެ.

ވޭލަރ އަކީ 1970 ގެ އަހަރުތަކުގައި ކެނެޑާގައި ގްރީންޕީސްގެ ބިންގާ އެޅި އެންމެ ފުރަތަމަ މެންބަރުންގެ ތެރެއިން އެކަކެވެ. އެނާ އާއެކު ގިނަ މެންބަރުންނަކީ ވިއެޓްނާމް ހަނގުރާމައަށް ސިފައިންގެ ގޮތުގައި ނެގުމުން ސަލާމަތްވުމަށްޓަކައި އެމެރިކާ ދޫކޮށް ކެނެޑާއަށް ހިޖުރަކުރި މީހުންނެވެ.

"މިއަދު ވިސްނާލަން ވެސް އުނދަގޫ ކަމެއް، އެހެނަސް އެ ދުވަސްވަރު ތިމާވެށި ރައްކާތެރިކުރުމުގެ އެއްވެސް ހަރަކާތެއް ނެތް،" ވޭލަރ ބުންޏެވެ. އޭނާ އިތުރަށް ކިޔައިދެމުން ބުނީ އޭރު އޮތީ ހަމައެކަނި ސުލްޙައަށް ގޮވާލާ ހަރަކާތްތަކާއި، އަންހެނުންގެ ޙައްޤުތަކަށް ގޮވާލާ ހަރަކާތްތަކާއި، މަދަނީ ޙައްޤުތަކަށް ގޮވާލާ ހަރަކާތްތައް އެކަނި ކަމަށެވެ. އެހެންކަމުން، މިފަދަ ހަރަކާތްތަކާ އެއްފެންވަރުގެ ތިމާވެށި ރައްކާތެރިކުރުމުގެ ހަރަކާތެއް ފަށަން ކޮންމެހެންވެސް ބޭނުންވާ ކަމަށް އެމީހުންނަށް ޤަބޫލުކުރެވުނީ ކަމަށް ވޭލަރ ބުންޏެވެ.  

ވޭލަރ އަށް  ބޮޑުމަހުގެ ޙާލަތު އެނގުނީ، އެ ދުވަސްވަރު ފޮތް ތަޢާރަފުކުރުމުގެ ދަތުރެއްގައި އުޅުނު ކެނެޑާގެ މުޞައްނިފެއްގެ ފަރާތުންނެވެ. އޭނާ ކިޔައިދިން ގޮތުގައި އެދުވަސްވަރު މީހުން ހީކުރީ ބޮޑުމަސް ހިފުމަކީ 'މޯބީ ޑިކް' ފޮތުގައިވާ މަންޒަރެއް ކަމަށެވެ. ކުދިކުދި އުޅަނދުފަހަރުގައި ތިބޭ މީހުންތަކެއް، ބޮޑުމަހާ ކުރިމަތިލާ މަންޒަރެވެ.

"އަހަރެމެން ބޭނުންވީ އެ މަންޒަރުތައް ބަދަލުކޮށްލުމަށް. ސަބަބަކީ 1970 ގެ އަހަރުތަކާ ހަމައަށް އައިއިރު، ބޮޑުމަސް ހިފާ މީހުން ބޭނުންކުރަނީ ޑީސަލް އިންޖީނު ހަރުކޮށްފައި ހުންނަ ބޮޑެތި އުޅަނދުފަހަރާއި، 250 ޕައުންޑް (113 ކިލޯގްރާމް) ގެ ގޮވާ ހާފޫން. އަހަރެމެން ބޭނުންވީ އެފަދަ މަންޒަރެއްގެ ފޮޓޯ ނެގުމަށް،" ވޭލަރ އެމީހުންނަށް މި ވިސްނުން އައި ގޮތް ކިޔައިދެމުން ބުންޏެވެ.

ބޮޑުމަސް ހިފުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރެވުނީ 1960 ގެ އަހަރުތަކުގައެވެ. އެ ދުވަސްވަރު ގާތްގަނޑަކަށް އަހަރަކު 80،000 އެއްހާ ބޮޑުމަސް ހިފިއެވެ.  ބޮޑުމަސް ހިފުމުގެ ޓެކްނޮލޮޖީ ކުރިއަރައިގޮސް، ބޮޑުމަސް ހިފާ މީހުންނަށް ބޮޑުމަހަށްވުރެ ބާރަށް ދުވާ ފަދަ އުޅަނދުފަހަރެވެ.

1937 ވަނަ އަހަރު ހެދުނު 'އިންޓަރނޭޝަނަލް އެގްރީމަންޓް އޮފް ދަ ރެގިއުލޭޝަން އޮފް ވޭލިން' ފަދަ ތަފާތު ގަވައިދުތައް ހުރިކަމުގައި ވީނަމަވެސް، ރަޝިއާ އާއި ޖަޕާން ފަދަ ޤައުމުތަކުން މި ޤަވައިދުތަކާ ޚިލާފަށް ބޮޑުމަސް ހިފަމުން ގެންދިޔައެވެ. ލަފާކުރެވޭ ގޮތުގައި 1900 އާއި 1999 އާ ދެމެދު، ވިޔަފާރީގެ ބޭނުމަށް ބޮޑުމަސް ހިފުމުގެ މަސައްކަތުގައި ގާތްގަނޑަކަށް 2.9 މިލިއަން ބޮޑުމަސް ހިފިއެވެ. ނަމަވެސް، މީގެ އަސްލު އަދަދު މިއަށްވުރެ މާ ބޮޑުވާނެ ކަމަށް ދިރާސާވެރިން ބުނެއެވެ.

އައިސްލެންޑް ނޭޗަރ ކޮންޒަވޭޝަން އެސޯސިއޭޝަންގެ ރައީސް އަދި ކަނޑުގެ ދިރުން ހިމާޔަތްކުރުމަށް މަސައްކަތްކުރައްވާ އެކްޓިވިސްޓް އާނީ ފިންސަން ވިދާޅުވާ ގޮތުގައި 1960 ގެ އަހަރުތަކުގައި ވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑުމަހުގެ އާބާދީ ހަލުވި ކަމާއެކު ދަށަށް ދާކަން ވަރަށް ސާފުކޮށް ފެންނަން އޮތްކަމަށާއި، 1954 ގައި އިންޓަނޭޝަނަލް ވޭލިންގ ކޮމިޝަން (އައި.ޑަބްލިޔު.ސީ) އިން އުތުރު އެޓްލާންޓިކް ކަނޑުގައި ބޮޑުމަސް ހިފުން މަނާކުރި ނަމަވެސް، މި ކަންކަން ބެލެހެއްޓުމުގެ ރަނގަޅު ނިޒާމެއް ޤާއިމްވެފައި ނެތުމުގެ ސަބަބުން، ހައްދުފަހަނައަޅާފައިވާ މިންވަރަށް ބޮޑުމަސް ހިފުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ.

ބޮޑުމަސް ހިމާޔަތްކުރުމުގެ ގޮތުން މަސައްކަތް ކުރަން ފެށިގޮތް ކިޔައިދެމުން ވޭލަރ ބުނީ ގްރީންޕީސް ޖަމިއްޔާ އިން ދެތިން އަހަރު ހޭދަކޮށްފައިވަނީ އުޅަނދަކާއި އެ އުޅަނދު ދުއްވާނެ ފަޅުވެރިން ތައްޔާރުކުރުމުގަ ކަމަށެވެ. އަދި އެއަށްފަހު 1975 ވަނަ އަހަރު ނުކުތީ ކުދި ޒޯޑިއަކް އިންފްލޭޓަބަލް އުޅަނދުތަކެއްގައި، ބޮޑުމަސް ހިފާ އުޅަނދުފަހަރު ހޯދުމަށެވެ.

"އެ ދުވަސްވަރު އަހަރެމެންގެ ކެމްޕޭންތަކުގެ މައިގަނޑު މަޤްޞަދަކަށްވީ މީޑިއާގެ ސަމާލުކަން ހޯދުން. އެހެންކަމުން އަހަރެމެން ނިންމީ ބޮޑުމަސް ހިފާ އުޅަނދުފަހަރު ބްލޮކޭޑްކޮށް، ބޮޑުމަހާއި ހާޕޫން އާ ދެމެދަށް ވަދެ ހުރަސްއެޅުމަށް. އެގޮތުން އަހަރެމެން ނުކުމެ، ބޮޑުމަސް ހިފާ އުޅަނދުފަހަރު ހޯދަމުން ދިޔައިރު، ކެލިފޯނިއާގެ އައްސޭރިފަށުން ރަޝިއާގެ ބޮޑުމަސް ހިފާ އުޅަނދުފަހަރުގެ ބަޔަކާ ދިމާވި،" ދުނިޔޭގެ ސަމާލުކަން ހޯދި މި ފޮޓޯ ނެގުނު ގޮތުގެ ވާހަކަ ކިޔައިދެމުން ވޭލަރ ބުންޏެވެ.

ވޭލަރ ބުނި ގޮތުގައި ގްރީންޕީސް ޖަމިއްޔާގެ ގިނަ މެންބަރުންނަކީ މީޑިއާއާ ގުޅުން ހުރި ތަޖުރިބާ ލިބިފައިވާ ބައެކެވެ. އަދި ބޮޑުމަސް ހިފުން ދުނިޔޭގެ ޚަބަރަކަށް ހެދުމަށްޓަކައި މީހުންގެ ސަމާލުކަން ހޯދައިދޭ ފަދަ ފޮޓޯތަކެއްގެ ބޭނުންވާކަން އެމީހުންނަށް އެނގުނެވެ.

"އެހެނަސް އެއީ ފަސޭހަ ކަމެއް ނޫން. އަހަރެމެން ދަސްކުރަން ޖެހުނީ ކަނޑުމަތީގައި ކުޑަ އުޅަނދެއްގައި ތިބެގެން ފޮޓޯނަގައި، ވީޑިއޯ ކުރާނެ ގޮތެއް. އުޅަނދުގެ ކޮޅުފަސްކޮޅުގައި އަހަރެމެން ތިބެނީ ހަށިގަނޑުގައި ވަލެއް އައްސައިގެން. އެ ވަލުގައި ބަނދެވިގެން ތިބެވޭ ގޮތުން، އަމިއްލަ ހަށިގަނޑު ޓްރައިޕޮޑެއްގެ ގޮތުގައި ބޭނުންކުރެވޭ،" ބޮޑުމަސް ހިފާ މަންޒަރު ނަގަން އުޅެންޖެހޭ އުދަނގޫ ހާލު ކިޔައިދެމުން ވޭލަރ ބުންޏެވެ.

ވޭލަރ ކިޔައިދިން ގޮތުގައި، އޭނާ ހަނދާންވާގޮތުން އެމީހުން ސަން ފްރަންސިސްކޯގެ ބަނދަރަށް ފައިބައިގެން އައިއިރު، ބަނދަރު މަތިވަނީ މީޑިއާ އިން ފުރިފައެވެ. އަދި ޖެހިގެން އައި ދުވަހުގެ ހެނދުނު އަވަހަށް ހޭލައިގެން ދިޔައީ އޭނާގެ ފޮޓޯ ނޫސްތަކުގައި ޖަހާފައިވޭތޯ ބެލުމަށް ނޫސް ވިއްކާ ފިހާރައަކަށެވެ.

"އަހަރެން ހުރީ ވަރަށް ބޮޑަށް އުފާވެފަ. އަހަރެން މަގުމަތީގައި ނޫސް ވިއްކާ ފިހާރަތަކަށް ވަންނަމުން ދިޔައިން. ގާތްގަނޑަކަށް ހުރިހާ ނޫހެއްގެ ވެސް ފުރަތަމަ ޞަފްޙާގައި އެ ފޮޓޯ ޖަހާފައި ހުރި.  އެއީ ވަރަށް ހައިރާންކުރި ވަގުތެއް. އެއީ އަހަރެމެންގެ ހުވަފެނެއް ޙަޤީޤަތަކަށް ވި މަންޒަރު. އަހަރެމެންގެ މަސައްކަތް ކާމިޔާބުވީއޭ ވިސްނުނީ،" ވޭލަރ އޭނާއަށް ކުރެވުނު އިހުސާސްތައް ކިޔައިދެމުން ބުންޏެވެ.

ގްރީންޕީސްގެ ބޮޑުމަސް ހިމާޔަތްކުރުމުގެ މި ކެމްޕޭނަށްފަހު، އިންޓަނޭޝަނަލް ވޭލިންގ ކޮމިޓީއިން 1982 ވަނަ އަހަރު ވިޔަފާރީގެ ބޭނުމަށް ބޮޑުމަސް ހިފުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމިއެވެ. އަދި 1985 ގައި މި މަސައްކަތް މުޅިން މަނާކުރެވުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ހަމްޕްބެކް ފަދަ ބޮޑުމަހުގެ އާބާދީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވިއެވެ. މިހާރު މި ބާވަތްތަކުގެ އާބާދީ ވަނީ ސިނާޢީ ގޮތުން ބޮޑުމަސް ހިފަން ފެށުމުގެ ކުރިން ހުރި މިންވަރުގެ 93 އިންސައްތައަށް އިތުރުވެފައެވެ.

ނަމަވެސް، މިހާރުވެސް ވިޔަފާރީގެ ބޭނުމަށް ބޮޑުމަސް ހިފުމުގެ މަސައްކަތް ބައެއް ޤައުމުތަކުން ކުރެއެވެ. މި މަސައްކަތް މިހާރު މައިގަނޑު ގޮތެއްގައި ކުރަނީ އައިސްލެންޑް، ނޯވޭ އަދި ޖަޕާނުންނެވެ.

ބޮޑުމަސްބޮޑުމަސް ހިފުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގައި ހުރި އެންމެ ދޮށީ މީހާގެ ރެކޯޑަށް ބޮޑު ބަދަލެއް؟

ދުނިޔޭގައި ހުރި އެންމެ ދޮށީ މީހާގެ ރެކޯޑަށް ބޮޑު ބަދަލެއް؟

11 އެޕްރީލު 2024
މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

17 ފެބުރުއަރީ 2024
ޖަންގައްޔެއްގެ 32 މީޓަރު އުހުގައި ކުލާހެއް... މިއީ ދުނިޔޭގައިވެސް ހުރި އެންމެ އެކަހެރި ކުލާސްތަ؟

ޖަންގައްޔެއްގެ 32 މީޓަރު އުހުގައި ކުލާހެއް... މިއީ ދުނިޔޭގައިވެސް ހުރި އެންމެ އެކަހެރި ކުލާސްތަ؟

31 ޖެނުއަރީ 2024
މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ރެފުރީތަ؟

މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ރެފުރީތަ؟

05 އޯގަސްޓު 2023
ދުނިޔޭގައި ލިބެން ހުރި އެންމެ ކުޅި މިރުސް އަޅައިގެން ޗޮކްލެޓެއް ކާލަން ކެރޭނެތަ؟

ދުނިޔޭގައި ލިބެން ހުރި އެންމެ ކުޅި މިރުސް އަޅައިގެން ޗޮކްލެޓެއް ކާލަން ކެރޭނެތަ؟

29 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު