Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓްރީހައުސް ކްލާސްރޫމް

ޖަންގައްޔެއްގެ 32 މީޓަރު އުހުގައި ކުލާހެއް... މިއީ ދުނިޔޭގައިވެސް ހުރި އެންމެ އެކަހެރި ކުލާސްތަ؟

'ޓްރީހައުސް ކްލާސްރޫމް'ގައި ކިޔަވަނީ ސްކޫލު ޢުމުރު ކަމަށް ބަލާ ޢާންމު ޢުމުރުފުރާއަށް ވުރެ އެތައް ތަނެއް ދޮށީ މީހުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2024 | ބުދަ 09:00
ދުނިޔޭގެ އެންމެ ބޮޑު ޖަންގަލީގައި ތަރައްޤީ ކޮށްފައި ވާ މި ޚާއްޞަ ކުލާސް ތައްޔާރު ކޮށްފައި ވަނީ ދެމެހެއްޓެނިވި ލަކުޑި ބޭނުންކޮށްގެން

ދުނިޔޭގެ އެންމެ ބޮޑު ޖަންގަލީގައި ތަރައްޤީ ކޮށްފައި ވާ މި ޚާއްޞަ ކުލާސް ތައްޔާރު ކޮށްފައި ވަނީ ދެމެހެއްޓެނިވި ލަކުޑި ބޭނުންކޮށްގެން

އުނގެނުމަކީ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދޭން އޮތް ކަމެކެވެ. ޢިލްމު ޙާސިލު ކުރުމަށް ވަކި ޢުމުރެއް، ޖިންސެއް، ވަގުތެއް، ތަނެއްވެސް ނޯވެއެވެ. އެމީހަކަށް ނުވަތަ އެ ބަޔަކަށް އެންމެ ފަސޭހަ، އަދި ކެރިފޯރުންތެރިކަން ހުރި ގޮތަކަށް ޢިލްމު ހޯދުމުގައި ދެމި ހުރުމަކީ އުޖާލާ މުސްތަޤުބަލަކަށްޓަކައި ކުރެވޭނެ އެންމެ އަގު ހުރި އެއް އިންވެސްޓްމަންޓަށް ވާނެއެވެ. ކިޔަވާށޭ ކިޔައި، ކޮންކުރީޓު ޢިމާރާތްތަކާއި، ފިނިކުރި ކުލާސްރޫމުތަކެއް އެޅުމަކީ ލާޒިމު ކަމެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލައިލުމުން އެފަދަ އެތައް މިސާލަކާއި ހެއްކެއް، އަހަރެމެންނަށް ފެންނަން އެބަ ހުއްޓެވެ. މިއީވެސް އެފަދަ ތަނެއްގެ ވާހަކައެވެ.

މި ކުލާސް ހުންނަނީ ދުނިޔޭގެ އެންމެ ބޮޑު ޖަންގަލީގެ ރެކޯޑް އޮންނަ އެމޭޒަން ޖަންގަލީގައެވެ. 32 މީޓަރު އުހުގައި އަޅާފައި ވާ މި ކުލާހަކީ، ކުޑަކުދިން ކުޅެ އުޅެން ހަދާ ޓްރީހައުސްއެއްގެ ގޮތުގައިވެސް ސިފަ ކޮށްދެވިދާނެއެވެ. ނަމަވެސް، މި 'ޓްރީހައުސް ކްލާސްރޫމް'ގައި ކިޔަވަނީ ކުޑަކުދިންނެއް ނޫނެވެ. ސްކޫލު ޢުމުރު ކަމަށް ބަލާ ޢާންމު ޢުމުރުފުރާއަށް ވުރެ އެތައް ތަނެއް ދޮށީ މީހުންނެވެ. ކުލާސް އަޅާފައި ހުރި ސަރަޙައްދަކީ ޢާންމު ދިރިއުޅުމުގެ ވެއްޓާ ފުދޭ ވަރަކަށް ދުރުގައި، އެކަހެރި އާބާދުތަކުން ދިރިއުޅެމުން ދާ ސަރަޙައްދެކެވެ.

'ޓްރީހައުސް ކްލާސްރޫމް' އަކީ، އެ ސަރަޙައްދުގެ މީހުންގެ ދިރިއުޅުމުގައި ހުރި ނޭދެވޭ ބައެއް އަދާތަކާ ދުރުކޮށް، އެހެން އިޚްތިޔާރުތަކެއް ދަސްކޮށްދިނުމަށް ތަރައްޤީ ކުރި ކުލާހެކެވެ. އެގޮތުން ޣައިރު ޤާނޫނީ ގޮތެއްގައި ކުރިއަށް ގެންދާ ޖަންގަލިން ގަސްކެނޑުމާއި، މައިން ކުރުން ފަދަ ކަންކަމުން މީހުން ދުރުކޮށް، ދިރިއުޅުމަށް އާމްދަނީ ހޯދަން ކުރާނެ އެހެން މަސައްކަތްތަކަށް އަހުލުވެރި ކުރުވުމަށް އައު ހުނަރުތައް ދަސްކޮށްދިނުމުގެ މަސައްކަތް މި ކުލާހުގައި ކުރިއަށް ގެންދެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޖަންގަލީގައި ތަރައްޤީ ކޮށްފައި ވާ މި ޚާއްޞަ ކުލާސް ތައްޔާރު ކޮށްފައި ވަނީ ދެމެހެއްޓެނިވި ލަކުޑި ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި، އެމޭޒަން ޖަންގަލި ތެރޭގައި ވެއްޓިފައި ހުރި ގަސްގަހުގެ ލަކުޑި ބޭނުންކޮށްފައިވެއެވެ. ކުލާހަށް ބޭނުންވާ ކަރަންޓު އުފައްދަނީ އިރުގެ އަވިން ލިބޭ ހަކަތައިންނެވެ. ސެޓެލައިޓެއް މެދުވެރިކޮށް، އިންތިހާ ދުވެލި ހަލުވި އިންޓަރނެޓްގެ ޚިދުމަތްވެސް ލިބެއެވެ. އޯވަރނައިޓް ހެދޭ ގޮތަށް، ކުލާސް ތެރޭގައި ނިދާ ހެދޭނެ އިންތިޒާމްތަކާއި، ފާޚާނާވެސް ހަދާފައި އެބަ ހުއްޓެވެ.

އެމޭޒަން ޖަންގަލީގެ އެންމެ މުއްސަނދި ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ ޕެރޫއާ ވީ ސަރަޙައްދު ކަމަށް ވާ އިރު، މި ކުލާސް ހުންނަނީ އެ ސަރަޙައްދުގައެވެ. މި މަޝްރޫޢުގެ މޭސްތިރިންގެ ތެރޭގައި ހިމެނޭ އެކަކީ އެ ސަރަޙައްދުގެ ޤުދުރަތީ ވެށި ހިމާޔަތް ކުރުމުގެ މަޤްޞަދުގައި ހިލޭ ސާބަހަށް ޚިދުމަތް ކުރާ 'ޖަންގަލްކީޕަރޒް' ޖަމިއްޔާގެ ނައިބު ރައީސް ޖޭޖޭ ޑޫރާންޑްއެވެ.

މީ ހަމަ އެކަނި ކުލާހެކޭވެސް ބުނެވޭކަށް ނެތެވެ. މީ ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު މަންޒިލަކަށް މިއަދު އޮތީ ވެފައެވެ. މި ކުލާހުގަ އެންމެ ރެއެއް ހޭދަކޮށްލަން ބޭނުންވާ ފަތުރުވެރިޔާވެސް 1450 ޑޮލަރު ޚަރަދު ކުރަން ޖެހެއެވެ. ފަތުރުވެރިންގެ އިތުރުން، ވެށީގެ އެކި ކަހަލަ ދިރާސާތައް ކުރާ ރިސާޗަރުންނަށްވެސް މި ކުލާސް ބޭނުން ކުރުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް މި ކުލާހުގެ ޙަޤީޤީ ދަރިވަރުންނަކީ ޕެރޫވިއަން އެމޭޒަން ސަރަޙައްދުގެ އެންމެ އެވޭލާ ވަޒަންވެރިންގެ ނަސްލުން އައިސްފައި ތިބި މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ، ދިރިއުޅުމަށް އާމްދަނީ ހޯދުމަށް، ޣައިރު ޤާނޫނީ ގޮތެއްގައި ގަސްކަނޑާ، މައިންކޮށް ހެދުމުގެ މަސައްކަތަށް، ޢުމުރުން އެންމެ 11 ވަރަކަށް އަހަރުގައި ސްކޫލު ޙަޔާތް ނިންމާލާ މީހުންނެވެ.

'ޖަންގަލްކީޕަރޒް' އާއި ބައިވެރރިވެގެން ޓްރީހައުސް ކްލާސްރޫމު އެޅުމުގެ މަސައްކަތުގައި ޓަމަންޑުއާ އެކްސްޕެޑިޝަންސްއިންވެސް ބައިވެރިއެވެ. އަދި އޮންލައިންކޮށް ތަޢުލީމު ފޯރުކޯށްދިނުމުގެ ދާއިރާގައި މަސައްކަތް ކުރާ ޔޫޑެމީއިންވެސް ބައިވެރިވެއެވެ.

2023 ވަނަ އަހަރަކީ އެމޭޒަން ޖަންގަލިން ގަސްކެނޑި މިންވަރު ރެކޯޑް މިންވަރަކަށް ދަށް ކުރެވުނު އަހަރެކެވެ. 2022 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، 2023 ވަނަ އަހަރު އެމޭޒަން ޖަންގްލިން ގަސްކެނޑި މިންވަރު، 55 ޕަސެންޓަށް ވުރެ ބޮޑު މިންވަރަކަށް މަދު ކުރެވުނު ކަމަށް ރެކޯޑްތަކުން ދައްކައެވެ. މިއީ މޫސުމީ ނޭދެވޭ ބަދަލުތައް ކުޑަ ކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެންނަން މަޖުބޫރުވެފައި އޮތް އެމޭޒަން ޖަންގަލި ސަރަޙައްދަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭހާ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެއިންކަން ހާމަނުކޮށް އުޅުނު ސަބަބަކީ މިއީ!

ނޭހާ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެއިންކަން ހާމަނުކޮށް އުޅުނު ސަބަބަކީ މިއީ!

21 ސެޕްޓެމްބަރު 2018
ކަޕޫރު އެންޑް ސަންސް ނުކުޅުމަށް ކަރަން އާލިއާ ކައިރިބުނި ސަބަބަކީ މިއީ!

ކަޕޫރު އެންޑް ސަންސް ނުކުޅުމަށް ކަރަން އާލިއާ ކައިރިބުނި ސަބަބަކީ މިއީ!

20 ސެޕްޓެމްބަރު 2018
ކުޗް ކުޗް ހޯތާހޭގެ ސީކުއެލްއެއް ހަދާ ނަމަ ކާސްޓުންނަކީ މިއީ!

ކުޗް ކުޗް ހޯތާހޭގެ ސީކުއެލްއެއް ހަދާ ނަމަ ކާސްޓުންނަކީ މިއީ!

12 ސެޕްޓެމްބަރު 2018
ޝާހިދު ކަޕޫރުގެ ތުއްތު ދަރިފުޅު މޮޑެލްކުރުމާ މެދު ޝާހިދުގެ ޖަވާބަކީ މިއީ!

ޝާހިދު ކަޕޫރުގެ ތުއްތު ދަރިފުޅު މޮޑެލްކުރުމާ މެދު ޝާހިދުގެ ޖަވާބަކީ މިއީ!

25 އޯގަސްޓު 2018
ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމަންޓް ޕާޓީއަށްދާ ބޮލީވުޑްގެ ބައެއް ތަރިންނަކީ މިއީ!

ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމަންޓް ޕާޓީއަށްދާ ބޮލީވުޑްގެ ބައެއް ތަރިންނަކީ މިއީ!

18 އޯގަސްޓު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު