Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މި ވެރިކަމުން ސަލާން ޖެހުން ނޫން ކަމެއް ކުރާތީ ނުފެނެއެވެ

ވެރިކަމަށް ވަޑައިގެންނެވި އިރު ހުރިހާ ކަމެއް ހަމަޖެހިފައި ހުރިކަމަށް ވިދާޅުވި ރައީސް މުއިއްޒު ދިވެހިން ލަދު ގަންނަ ވަރަށް ސަލާން ޖައްސަވަމުންދާ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2024 | އަންގާރަ 11:32
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެހީ ހޯދުމާ ދަރަނި ނެގުމަކީ އާދައިގެ މީހާ ވެސް ކުރާ ކަމެކެވެ. ދޭދޭ ގުޅުންތަކުގެ ތެރެއިން އެހީތެރިވުމަކީ އޮންނަ ކަމެކެވެ. ގައުމުތަކުގެ ފެންވަރުގައިވެސް މިކަން އޮންނަނީ މިހެންނެވެ. އެކަމަކު އެހީ އަށް އެދި އަތްދިއްކުރުމުގައި ވެސް ހައްދެއް އޮވެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމާ މީހުން ކައިރީ ކަންކަމުގައި ސަލާން ނުޖެހުމާ އަމިއްލަ ފުދުންތެރިކަން އިތުރު ކުރުމަކީ ކުޑައިރުން ފެށިގެން މައިންބަފައިން ވެސް ދަސްކޮށްދޭ ކަންތައްތަކެވެ. ސްކޫލްތަކުގައި ވެސް ނަގައިދޭ ފިލާވަޅުތަކެކެވެ. ޅެންވެރިންވެސް ދައްކަވާ ވާހަކަތަކެކެވެ. ކުޅަދާނަ ޅެންވެރިއަކު ވިދާޅުވެފައި އޮވެއެވެ. ތިމާގެ އެދުންތަކާ މެދުގައި، ހިނގާ ގޮސް އަނެކަކުގެ ގާތަށް، ލަދެއް ނެތި އަތް ދިމާކުރުމީ، ކަމެއްތޯ ހުތުރު ނުވެދާނޭ"

ބޮޑުވެ ތަސައްރަފު ފުދި ދުނިޔޭގެ އާޖުފާޖު އެގެންފެށި އިރު ގައުމުން ފެންނަނީ މިއާ ދިމާ އިނދިކުޅޮ މަންޒަރުތަކެކެވެ. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ގެ ފުށުން ފެންނަނީ ޅެންބައިތުގައި އެ ވިދާޅުވާފަދަ ހުތުރު މަންޒަރުތަކެކެވެ. ރާއްޖެއަކީ ކުޑަ ގައުމެކެވެ. ވަސީލަތްތައް މަދު ގައުމެކެވެ. އުފެއްދުންތެރިކަން މަދު އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމުކެވެ. އެކަމަކު އަބަދުވެސް މީ ފަޚުރުވެރި ގައުމެކެވެ.

ސަރުކާރު ތަކުން ބަޖެޓް ފޫބެއްދުމަށްޓަކައި ދަރަނިވެސް ނަގައެވެ. އެހީވެސް ހޯދައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ނާށިގަނޑު ހިތްޕަވައިގެން ޖެހުނު ކޮންމެ ތާކު ޖެހުނު ކޮންމެ މީހެއްގެ ގާތުން އެއްޗެއް ހޯދަން އުޅުއްވާތީއެއް ނުފެނެއެވެ. ދެވުނު ކޮންމެ ގައުމެއްގައި ސަލާން ޖައްސަވާ މަންޒަރެއް ވެސް ނުފެނެއެވެ. އެކަންކަން ހިނގަނީ އިންތިޒާމްތަކެއްގެ ތެރެއިންނެވެ. ބޭރަށް ފެންނަނީ އެކުވެރި ގައުމަކުން ހިލޭ އެހީއެއް ދެއްވި މަންޒަރެވެ.

ނަމަވެސް މިއަދު ކަން އޮތީ މިހެންތޯއެވެ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެގެން ދެއްކެވިހާ ވާހަކަފުޅެއް ރައްޔިތުންގެ ކަންފަތުގައި މިހާރުވެސް ހަރުލާފައި އެބަހުއްޓެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ދެއްކެވިހާ ވާހަކަތައް ވެސް އިއްޔެ މެންދުރު ވީކަމެއްހެން ހަނދާން އެބަހުއްޓެވެ. ހުރިހާ ކަމެއް ހުރީ ހަމަޖެހިފައި ކަމަށާއި، އެހީތައްވެސް ހުރި ހަމަޖެހިފައި ކަމަށާއި، ދަތި އެއްވެސް ކަމެއް ނެތް ކަމަށާއި، ހާސްވެ ކަންބޮޑުވާ ކަމެއްވެސް ނެތް ކަމަށް ތަރުކާރުކޮށް ވިދާޅުވަމުން ގެންދެވި އަޑު ނާހާ ކަންފަތެއް މި ގަމުގައި ނެތެވެ.

އެކަމަކު ހުވާ ކުރެއްވުމަށްފަހު، ވިދާޅުވިހާ ޅެން ފަރިއްސަށް ހައްދަވާ ވަޑައިގެންނެވުނުހާ ތަނެއްގައި އެއްޗެއް ދެއްވާށޭ ވިދާޅުވަނީ އެވެ. ތުރުކީއަށް ވަޑައިގެންފައި ވެސް ޗައިނާ އަށް ވަޑައިގެންފައި ވެސް އިންޑިއާ ވަޑައިގެންފައިވެސް ޖެއްސެވީ ސަލާމެވެ. އެންމެ ފަހުން ވަޑައިގަތީ އދ އަށެވެ. އެތައް ތަގުރީރެއް ދެއްވި އެވެ. ތަންތަނަށް އިންޓަރވިއު ވެސް ދެއްވި އެވެ. ހައްތަހާ ވެސް އިވެނީ އެއްޗެއް ދެއްވާށޭ ވިދާޅުވާ އަޑެވެ. މިހެން ވިދާޅުވާލެއް ގިނަކަމުން ލަދުން މަރުވާހާ ވެއެވެ. އެންމެ ފަހުން މި އިވުނީ މި ރާއްޖެއަށް ބަންކަރިންގެ ޚިދުމަތްދޭން އައި އަޑި ނޭނގޭ ކޮރަޕްޓް ކުންފުންޏެއް ކައިރީގައި ވެސް 70 ވަރަކަށް މިލިއަން ޑޮލަރުގެ ލޯނެއް ދެއްވާށޭ ވިދާޅުވި އަޑެވެ. މީދެން ބޮޑުވަރެއް ނޫންތޯއެވެ.

ދައުލަތުތަކުގައި ސަލާން ޖައްސަވަމުން ޖައްސަވަމުން ގޮސް އެހެން ގައުމުތަކުގެ ޕްރައިވެޓް ކުންފުނިތަކުގައި ވެސް ސަލާން ޖައްސަވަނީ އެވެ. ދެން އިވުނީ ޗައިނާގެ ގައުމީ ދުވަހުގެ ރަސްމިއްޔާތަށް ވަޑައިގެން ވާހަކަ ދެއްކެވި އަޑެވެ. އެތަނުގައި ވެސް މިވާހަކަ އެވެ. މިހާވަރުން މިކަން ކުރަން ރައީސް އަރިހުގައި ބުނީ ކާކުތޯއެވެ. ނުވާ ވަރުން ސަލާން ޖަހައިގެން ގައުމު ހިންގަން ރައީސަށް ދެންނެވީ ކޮން ބައެއްތޯއެވެ.

ދިވެހި ރައްޔިތުން ރައީސް މުއިއްޒުއަށް ހަވާލުކުރީ ފަޅު ރަށެއް ނޫނެވެ. ހިނގަ ހިނގާ އޮތް ބޮޑު ސިންގާ ގައުމެކެވެ. ބޮޑު ސިންގާ އިގްތިސާދެކެވެ. ދުނިޔޭގެ ނެތްވަރުގެ ފަތުރު ވެރިކަމުގެ ސިނާއަތަކާ ދުނިޔޭގެ ނެތްވަރުގެ ކަނޑުގެ ޚަޒާނާއެކެވެ. ފަގީރު ގައުމު ތަކުގެ ލިސްޓުން ނެއްޓި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް އަރާފައިވާ ފަޚުރުވެރި ގައުމެކެވެ. ޅެން ވެރިޔާ ވިދާޅުވަނީ ރަނގަޅަށެވެ. ލަކުނޑީގެ ކިތައްމެ ބައިވަރެއް ހުއްޓަސް ލަކުނޑި ނޭނގޭ ވަޑައިއަކަށް ހައިވަކަރެއް ނޭނގޭނެ އެވެ. ނޭނގުމަށްވުރެ ދެރަކަމެއް ވެސް ނޯންނާނެ އެވެ. އޭގެ ގެއްލުން ބުނެދެވޭކަށް ވެސް ނޯންނާނެ އެވެ.

ކެބިނެޓް އެކި ގޮތް ގޮތަށް އެބުރުއްވުމަކުން ކަންކަން ހަމައެއް ނުޖެހެއެވެ. މިއީ ހަމަ ހަގީގަތުގައި ވެސް ސީރިއަސް މައްސަލަ އެކެވެ. މިހާރު މިކަން ތަންކޮޅެއް މައްޗަށް ހިނގައްޖެ އެވެ. ފަޚުރުވެރި އަބުރުވެރި، ރައްޔިތެއް ދިރިއުޅޭ މި ރީތި ހިތްގައިމު ޤައުމުގެ އިއްޒަތާ އަބުރު ވެއްޔާ މޮޑެލައިފި އެވެ.

މޯލްޑްވްސް ފަސްޓް ޕޮލިސީއޭ ބައެއްގެ ބެކްޔާޑުގައި އޮންނާކަށް ނުޖެހެއެވެ. ލޯނެއް ނުނަގާނަމޭ ފައިސާއެއް ޗާޕެއް ނުކުރާނަމޭ ވިދާޅުވެ މޮޅު ވާހަކަ ދައްކަވައިގެން ވެރިކަމަށް ވަޑައިގަތް ކަން ކަން މި ކުރައްވަނީ ކިހިނެއް ހެއްޔެވެ؟ ޚަރަދު ކުޑަކުރާކަށް ނޫޅުއްވައެވެ. ކަރަޕްޝަން މަދުކުރައްވާކަށް ނޫޅުއްވައެވެ. މުޅި ސަރުކާރުގައި އޮތީ ކަރަޕްޝަނާއި ވައްކަން ކަމަށް އަމިއްލަފުޅު ޕާޓީގެ މަޖިލިސް މެމްބަރުން ވިދާޅުވެ އެކަކު އަނެކަކަށް އަރާރުންވެ ޒުވާބު ކުރައްވަނީ އެވެ. އެކަމަކު ފިކުރެއް ޚިޔާލެއް ނެތި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް އެއްވެސް ލަދެއް ނެތި ސަލާން ޖައްސަވަނީ އެވެ. ޅެންވެރިޔާ ވިދާޅުވަނީ ރަނގަޅަށެވެ. ލިބޭ މިންވަރު ނިކަން ދަނެގެން މި ބޭނުންތައް ބަހާލައިގެން ތިބޭނަމައީ ފިކުރުކޮށްގެން މި ބޭޒާރެއް ނުވެސް ވީ ހެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރުއިގްތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު