Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބީއެމްއެލް

ކަސްޓަމަރުންގެ އެކައުންޓުން މުވައްޒަފަކު ފައިސާ ނެގުން - އެ ފައިސާ ބީއެމްއެލްއިން ކަސްޓަމަރުންނަށް ވަނީ އަނބުރާ ދީފަ

މުވައްޒަފެއްގެ އިހުމާލުން ނުވަތަ ގަވާއިދާ ހިލާފަށް ކުރާ އަމަލަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2024 | ހޯމަ 13:59
ބީއެމްއެލްގެ މައި އިމާރާތް

ބީއެމްއެލްގެ މައި އިމާރާތް

ކަސްޓަމަރުންގެ އެކައުންޓުން މުވައްޒަފަކު ފައިސާ ނަގައި ހިޔާނާތްތެރިވި މައްސަލާގައި، ކަސްޓަމަރުން އަތުން ގެއްލުނު ފައިސާ ބޭންކުންވާނީ ކަސްޓަމަރުންގެ އެކައުންޓަށް ޖަމާކޮށްދީފަ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ކަސްޓަމަރުންގެ އެކައުންޓުން މުވައްޒަފަކު ފައިސާ ނަގައި ހިޔާނާތްތެރިވި މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އާދިއްތަ ދުވަހުއެވެ. ބީއެމްއެލް އިން ބުނީ އެ މައްސަލަ ފާހަގަވުމާއި އެކު އެ މުވައްޒަފު ވަޒީފާއިން އެކަހެރިކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފެންމަތިވެފަައި ވަނީ 2021 ވަނަ އަހަރެވެ.

Advertisement - newsAdvertisement

ބޭންކުން މި މައްސަލަ ބެލިއިރު ބޭންކުގެ މުވައްޒަފު ވަނީ އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާކަން އެނގިފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގައި، އަމިއްލައަށް ބޭނުންކޮށްފަވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މި މައްސަލަ ބެލުމަށްފަހު ބޭންކުންވަނީ މި އަމަލު ހިންގި މުވައްޒަފު ވަޒީފާއިން ވަކިކޮށް އޭނާގެ މައްސަލަ 7 ޑިސެންބަރު 2021 ވަނަ ދުވަހު ޕޮލިހަށް ހުށަހަޅާފަ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ބޭންކުގެ ގަވައިދުތަކާއި އުސޫލުތައް ހަރުދަނާކޮށް، އިންޓާނަލް ކޮންޓްރޯލްތައް ބޭންކުގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު ކަމެއް ކޮށްފި ނަމަ އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަބަދުވެސް އަޅާނެ ކަމުގެ ޔަޤީންކަން ބީއެމްއެލް އިން ދެއެވެ. އަދި މުވައްޒަފެއްގެ އިހުމާލުން ނުވަތަ ގަވާއިދާ ހިލާފަށް ކުރާ އަމަލަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓުން ވަފައިސާ ނެގިކަން ސާބިތުވީ އާދިއްތަ ދުވަހުއެވެ. މި މައްސަލަ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ބ. އޭދަފުށި, ހިޔާވަހި, އަލީ މާޒިންގެ މައްޗަށެވެ. އެ މައްސަލަ އާއި ގުޅިގެން މާޒިންގެ މައްޗަށް ކޮށްފައިވަނީ ހިޔާނާތްތެރިވުމުގެ ދައުވާ ކަމަށް ވާއިރު އޭނާ ވަނީ ބީއެމްއެލްގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި ހުރެ, ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން މެއި 14, 2021 އިން ސެޕްޓެމްބަރު 23, 2021 ގެ ނިޔަލަށް ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގާފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ 13 ކަސްޓަމަރެއްގެ މައުލޫމާތު ބީއެމްއެލްގެ ސީއާރްއެމް ސިސްޓަމްއިން އޭނާ ވަނީ ބަދަލުކޮށްފައި ކަމަށެވެ. އަދި އޭނާ ވަނީ ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓްރީކޮށްފަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފައެވެ. އެގޮތުން 13 މީހެއްގެ އެކައުންޓުން ޖުމްލަ 482611.41ރ ސައްހަ ނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގަ އާއި ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައި އޭނާ ވަނީ ޖަމާކޮށްފައެވެ.

އެ މައްސަލާގައި މާޒިންގެ މައްޗަށްކުރި ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފައެވެ. އެއާއި އެކު ޕީޖީއާއެކު މާޒިންވެފައިވާ އެއްބަސްވުމުގެ ބުނެފައިވަނީ އެ ކުށަކީ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އަދި އެ ކުށުގެ އަސްލު އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށް ވީ ނަމަވެސް އެއްބަސްވުމާއެކު އޭނާގެ އަދަބު 9 މަހާއި 18 ދުވަހަށް ވަނީ ބަދަލުކޮށްފައެވެ. ހަމައެހެންމެ އޭނާގެ ޖަލު އަދަބު, 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމާއި 56,200 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކުރެވޭ ގޮތަށް ވަނީ އެއްބަސްވެފައެވެ. އަދި ބީއެމްއެލްއާއެކު މާޒިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ފައިސާދެއްކުމަށް ވެސް އެ އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.

ބީއެމްއެލްޕޮލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު