Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރާއްޖޭގެ ރައީސަށް ރާއްޖޭގައި އޮންނަނީ ކިތައް ރަށްކަމެއް، މީހުން އުޅެނީ ކިތައް ރަށުގައި ކަމެއްވެސް އެނގިވަޑައި ނުގަންނަވާ

ޑރ މުޙައްމަދު މުޢިއްޒު މި ފަހަކުން އދ އަށް ކުރި ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ މަޝްހޫރު ޕްރިންސްޓަން ޔުނިވަސިޓީގައި ދެއްވާފައިވާ އިންޓަރވިއުއަކީ ގައުމެއްގެ ރައީސްގެ މިންގަނޑުން ބަލާއިރު ފޭރާންހެޔޮ ބަސްދީގަތުމެއްނޫނެވެ. އެންމެ ސީރިއަސް މައްސަލައަކީ، ރާއްޖެއާ ބެހޭ އެންމެ އަސާސީ މައުލޫމާތު ޔުނިވަރސިޓީ ދަރިވަރުންނަށް ރައީސް ނުބައިކޮށް ވިދާޅުވުމެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2024 | ހޯމަ 11:16
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕްރިންސްޓަން ޔުނިވަރސިޓީގައި ދެއްވި އިންޓަރވިއުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕްރިންސްޓަން ޔުނިވަރސިޓީގައި ދެއްވި އިންޓަރވިއުގެ ތެރެއިން

އަޑު އަހާލާށޭ ކިޔާފައި ރައްޓެއްސަކު ފޮނުވި ލިންކެއް ހުޅުވާލި އިރު އެއީ ރައީސް ޑރ މުޙައްމަދު މުޢިއްޒު މި ފަހަކުން އދ އަށް ކުރި ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ޕްރިންސްޓަން ޔުނިވަސިޓީގައި ދެއްވާފައިވާ އިންޓަރވިއުއެކެވެ.

މަތިމަތިން ބަލާލުމަށްފަހު ދިރާސާ ކޮށްލުމަށްޓަކައި ރައްޓެއްސަކަށް ފޮނުވާލީމެވެ. ދިރާސާ ކޮށްފައި އޭނާ ބުނީ ރައީސަށް ދިވެހިރާއްޖެ އެގިވަޑައިނުގަންނަވާ ކަމަށެވެ. ސަބަބުތައް ބައިވަރު ކަމަށް އޭނާ ކިޔާދިނެވެ. ފުރަތަމަ ކަމަކަށް އޭނާ ފާހަގަކުރީ ރާއްޖޭގެ ރަށްތަކާ ބެހޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅެވެ.

ރާއްޖޭގައި އޮންނަނީ 1100 ރަށްކަމުގައި ރައީސް ވިދާޅުވި ވިދާޅުވުމެވެ. މީހުން ދިރިއުޅޭ 200 ރަށް ކަމަށް ވިދާޅުވެފައި، ފަހުން 186 ރަށް ކަމަށް ވިދާޅުވި ވިދާޅުވުމެވެ. ތަފާސް ހިސާބާ ބެހޭ އިދާރާގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އޮންނަނީ 1192 ދެ ރަށެވެ. އޭގެ ތެރެއިން މީހުން ދިރިއުޅެނީ 187 ރަށުގައެވެ. ގައުމުގު ވެރިއަކަށް ހުންނެވި ބޭފުޅާއަށް އެ ގައުމެއްގައި އޮތީ ކިތައް ރަށްކަން އެގިވަޑައިނުގަތުމަކީ އަމިއްލަ ދަރިންގެ އަދަދު ނޭގުން ކަހަލަ ކަމެއް ނޫންހޭ އޭނާ ބުންޏެވެ.

ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނަވާ، އެ ގައުމު ތަމްސީލު ކުރައްވަން ވަޑައިގެން، އެ ގައުމާބެހޭ ގޮތުން ދުނިޔޭގެ އެންމެ ނަންހިނގާ އެއް ޔުނިވަރސިޓީގެ ދަރިވަރުންގާތު ރާއްޖޭގެ ރަށްތަކުގެ އަދަދު ނުބައިކޮށް ވިދާޅުވުމަކީ ހަގީގަތުގައިވެސް މައްސަލައެކެވެ.

ދެވަނަ ކަމަކަށް އޭނާ ފާހަގަކުރީ ރަސްމާލެއާއި ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅެވެ. ރަސްމާލެ އަކީ ފަޅެއް ހިއްކައިގެން ރާއްޖޭގައި ހަދާ "ދެވަނަ މަސްނޫޢީ ރަށް" ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމެވެ. މާގިނަ މިސާލުތަކެއް ދިނުމުގެ މާނައެއް ނެތެވެ. އެންމެ ކައިރިން ތިލަފުށި، ގުޅީފަޅު، ގިރާވަރުފަޅުގެ ވާހަކަ ދައްކާލިއަސް ފުދޭ ނޫންތޯއެވެ. ފަޅު ހިއްކައިގެން ހަދާފައި އޮތްހާ ރިސޯޓްތައް ކޮބައިތޯއެވެ. އިތުރުފުޅު ހެއްދެވީތޯ ނުވަތަ މައުލޫމާތު އެނގިވަޑައިނުގަންނަވަނީތޯ ކަނޑައަޅުއްވާނީ ދިވެހި ރައްޔިތުންނެވެ.

އަނެއް ކަމަކަށް އޭނާ ފާހަގަކުރި ކަމަކީ ޔަހޫދީންނަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށް ރައީސް ފާޅުގާ ވިދާޅުވި ވިދާޅުވުމުވެ. ރާއްޖެއަށް އިޒްރޭލް މީހުން ޓުއަރިސްޓުންގެ ގޮތުގައި ނާންނަ ވާހަކައެއް ނޫނެވެ. އެކަމަކު އެއްވެސް ގާނޫނަކަށް ގަވައިދަކަށް ނުބަލާ، ކުޑަކުދިންނާއި އަންހެނުންނާ އެއްވެސް ކުށަކާ ނުލާ މަރަމުންދާ ޔަހޫދީންނަށް މަރުހަބާ ކިޔަމޭ ވިދާޅުނުވެސް ފަރުޖައްސާލެއްވުނީސް ކަންނޭގެއެވެ. މިހާރު މިކަމުގެ ހަގީގަތްވެސް މި އެނގުނީއެވެ. އިޒްރޭލު މީހުންނަށް މަރުހަބާ ކިޔަން ބޭނުން ނުވަނީ ދިވެހި ރައްޔިތުންނެވެ. އިޒްރޭލު ޕާސްޕޯޓް މައްސަލަ މަޖިލީހުގައޭ ކިޔައިގެން މޮޅު ވާހަަކަ ޕްރިންސްޓަންގައިވެސް ދެއްކެވީއެވެ. ހަގީގަތަކީ ޕާސްޕޯޓްގެ މައްސަލަ ކުރިއަށް ނުގޮސް އޮތީ ސީދާ ރައީސް މުއިއްޒު އެކަން އެގޮތައް ބޭނުންވާތީ ކަން ޕްރިންސްޓަން އިންޓަވިއުއުން އެނގި ފާޅުވެއެވެ.

އިތުރު ބައެއް ކަންކަން ވެސް އޭނާ ފާހަގަކުރި އެވެ. މިސާލަކަށް އިންޑިއާ އައުޓްގެ ވާހަކަ އެވެ. އިންޑިއާ އައުޓް އަކީ އިންޑިއާ އައުޓް ނޫންކަމަށް ވިދާޅުވި ވިދާޅުވުމެވެ. މޭމަތީގައި އިންޑިއާ އައުޓް ޖަހާފައި ހުރި ޓީޝަޓު ތުރުކުރައްވައިގެން އިންޑިއާ ދެކޮޅަށް މުޒާހަރާތަކުގައި ފާޅުގައި އުޅުއްވި ބޭފުޅަކު އަދި ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަ ސިންހަ އަރިހުގައި އެއީ ވެރިކަން ހޯއްދަވަން ޖެއްސެވި ސްޓަންޓެއް ކަމަށް ވިދާޅުވި ބޭފުޅަކު އެ އިންޓަރވިއުގައި އެއީ އިންޑިއާ އައުޓް ނޫން ކަމަށް ވިދާޅުވި ވިދާޅުވުމުވެ. ދެން އޮތީ ގޭގައި ބައިތިއްބަވައިގެން މުސާރަދެއްވި ދެ ޑެޕިއުޓީ މިނިސްޓަރުންގެ ވާހަކަ އެވެ. އެމީހުން ލައްވާ އިސްތިއުފާ ދިނީ އިންޑިއާ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅާ ގުޅިގެން ނޫންތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ، އެއްވެސް މީހަކަށް އެހެން ނުބުނެވޭނެ ކަމަށެވެ. އެކަމުގައި އެމަނިކުފާނު ފިޔަވަޅު އެޅުއްވި ކަމަށެވެ. ނަމަވެސް އެއީ ވެސް ދިމާލަށް ފެންނަން އޮތް ހަގީގަތެކެވެ. އެންމެ ފުރަތަމަ ފިޔަވަޅެއް ވެސް ނާޅުއްވައެވެ. އެއްޗެކޭ ވެސް ވިދާޅެއް ނުވެއެވެ. ޕްރެޝަރު ބޮޑުވުމުން ދެން ގޭގައި ބައިތިއްބަވައިގެން 7 މަސް ވަން ދެން މުސާރަ ދެއްވިއެވެ.

ދެން އޮތީ ރާއްޖޭގެ ހުރިހާ ރަށެއް ތަރައްގީ ނުކުރެވޭނެ އޭ ވިދާޅުވި ވިދާޅުވުމެވެ. ކެމްޕެއިންގައި ރަށްރަށަށް ވަޑައިގެން އެެއްވެސް ރަށެއް ތަފާތު ނުކުރައްވާ ރައްތައް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވެ ސުމާރެއް ނެތި ވެވަޑައިގެންނެވި ވައުދުތަކާ ދިމާ އިދިކޮޅަށް ދެއްކެވި ވާހަކަފުޅެވެ. ކުދިކުދި ރަށްރަށުގައި ދިރިއުޅޭ އާންމު ރައްޔިތުން އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ދިން ވޯޓަށް ހަރާންކޯރުވެ ދެއްކެވި ވާހަކަފުޅެވެ.

ދިރާސާ ކުރި މީހާގެ ވާހަކަތައް އަހާލުމުން ހިތަށް އެރީ ދިވެހިންގެ ރާއްޖޭގެ ރައީސަށް ދިވެހިރާއްޖެ އެއް އެނގިވަޑައި ނުގެންނެވިތާއެވެ.

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޔޫންއެން ޖެނެރަލް އެސެމްބްލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު