Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެރިޓައިމް ދާއިރާ ކުރިއެރުވުން

މެރިޓައިމް ދާއިރާގައި ގިނަ ފުރުސަތުތައް އެބަހުރި، މި ދާއިރާއަށް ދިވެހި ޒުވާނުން ބޭނުންވޭ: ނަޒީރު

މެރިޓައިމް ދާއިރާއަކީ ހަމައެކަނި ބޯޓު ދަތުރުކުރުން ދިއުން ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 30 ސެޕްޓެމްބަރު 2024 | ހޯމަ 04:13
ފަލަސުރުހީ ޕްރޮގްރާމްގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓަރު ހުސެއިން ނަޒީރު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓަރު ހުސެއިން ނަޒީރު ވާހަކަދައްކަވަނީ

މެރިޓައިމް ދާއިރާގައި ގިނަ ފުރުސަތުތައް އެބަހުރި ހުރި ކަމަށާއި، ދިވެހި ޒުވާނުން މިދާއިރާއަށް ނުކުންނަންޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެ މިނިސްޓްރީގެ ޑިރެކްޓަރު ހުސެއިން ނަޒީރު ވިދާޅުވީ މެރިޓައިމް ދާއިރާއަކީ ވަރަށް ފުޅާ ދާއިރާއެއް ކަމަށާއި، މިދާއިރާއަށް ގިނަ ދިވެހި ޒުވާނުން ނުކުންނަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ނަޒީރު ވިދާޅުވީ މެރިޓައިމް ދާއިރާއަކީ ހަމައެކަނި ބޯޓު ދަތުރުކުރުން ދިއުން ނޫން ކަމަށެވެ. މި ދާއިރާއަށް ވަރަށް ފުރުސަތުތައް އޮތް ބޮޑު ދާއިރާއެއް ކަމަށާއި، އެހެން ދާއިރާތަކާ ހިލާފަށް މުސާރަ ވެސް ބޮޑު ދާއިރާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ސްކޫލު ނިންމާ ވަޒީފާގެ މައިދާނަށް ނުކުންނަ ޒުވާނުން މެރިޓައިމް ދާއިރާއަށް ބޭނުންވާ ކަމަށެވެ.

މެރިޓައިމް ދާއިރާއަށް ނުކުންނަ ދިވެހިން ނިސްބަތުން ވަރަށް މަދުކަން ފާހަގަކުރައްވައި ނަޒީރު ވިދާޅުވީ މިދާއިރާއަށް ޒުވާނުން ނެރުމަށްޓަކައި ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މައުލޫމާތުތައް ފޯރުކޮށްދެމުންދާ ކަމަށެވެ.

މީގެ އިތުރުން ނަޒީރު ވިދާޅުވީ މީގެ ކުރިން ވަރަށް ގިނަ ދިވެހިން ބޯޓު ދަތުރުކުރަން ދިޔަ ކަމަށާއި، ނަމަވެސް ފަތުރުވެރިކަމާއެކު ރާއްޖެއަށް އައި ބަދަލާއެކު ބޯޓު ދަތުރުކުރަން ދާ ދިވެހިންގެ ނިސްބަތް ވަރަށް ބޮޑަށް މަދުވި ކަމަށެވެ. ނަމަވެސް މިދާއިރާއިން ނަފާ ހޯދައިގެން ބޮޑެތި ވިޔަފާރިވެރިންނަށް ވެފައިވާ މީހުން ރާއްޖޭގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މެރިޓައިމް ދާއިރާއާ މެދު އާއްމުން ދެކޭ ގޮތް ބަދަލުކޮށް ރަނގަޅު ވިސްނުމަކުން ވިސްނަންޖެހޭ ކަމަށެވެ.

ނަޒީރު ވިދާޅުވީ މެރިޓައިމް ދާއިރާއިން ކުރިއަށް ދިއުމަށް ސްކޮލާޝިޕްގެ ގިނަ ފުރުސަތުތައް ލިބެމުންދާ ކަމަށެވެ. އެގޮތުން މޯލްޑްވިސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް), މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ވޯލްޑް މެރިޓައިމް ޔުނިވާސިޓީން އަދި މިކަމާ ގުޅުންހުރި އެކިއެކި ޔުނިވާސިޓީތަކުން ސްކޮލާޝިޕްގެ ފުރުސަތުތައް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަޒީރު ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެކިއެކި ދަރިވަރުންނަށް ސްކޮލާޝިޕްގެ ފުރުސަތުތައް ފަހިކޮށް ދެމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި ދާއިރާއިން ދިވެހި ޒުވާނުން ފެނިގެންދާ ނިސްބަތް އިތުރުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު