Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ދިވެހި ބަހުން ވައުދުވެފައި، އިނގިރޭސި ބަހުން އުވާލުން، ސާބަހޭ ރައީސް!

އެ ރަށްތަކުގައި ހުންނަވާ ދިވެހި ބަހުން ވެވަޑައިގެންނެވި ވައުދު، އެމެރިކާ އަށް ގޮސް އިނގިރޭސި ބަހުން އުވާލެއްވޭނެ ކަމަށް ހީފުޅު ކުރެއްވީ ހެއްޔެވެ؟

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2024 | ހޯމަ 14:20
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅުން ވަޑައިގަންނަވަނީ ރައްޔިތުންނަށް އެކި ކަހަލަ ވައުދުތައް ވެގެންނެވެ. ރަށް ރަށުގައި ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާ ޤާއިމު ކުރުމާއި، މަދަރުސާތައް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމާއި، ޞިއްޙީ ޚިދުމަތް ދޭ ތަންތަން އިތުރަށް ތަރައްޤީ ކުރުމާއި، މަގުތައް ހެދުމާއި ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ރަށް ރަށަށް ބޭނުންވާ އެންމެ އާދައިގެ ކަންތައްތަކުން ފެށިގެން ގޮސް، އެންމެ ބޮޑެތި ތަރައްޤީއާ ހަމައަށް ވައުދުވެގެންނެވެ. އެ ވައުދުތައް ފުއްދުމަށް ސަރުކާރުތަކުން އަބަދުމެ މަސައްކަތް ކުރެ އެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް ވެރިކަމަށް ވަޑައިގެންނެވީ ލައްކަ ވައުދާއި، ލައްކަ ކަންކަން ކޮށްދެއްވާނެ ކަމުގެ ވާހަކަތަކާ އެކު އެވެ. ހަވާސާގެ ބޭރުން އެމަނިކުފާނަށް ލިބުނު ރިޔާސީ ޓިކެޓާ އެކު، ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިނުގެންނެވުނު ނަމަވެސް، ގިނަ ރަށް ރަށަށް ވަޑައިގެންނެވި އެވެ. ޖުމުލަކޮށް ހުރިހާ ސިޓީ ތަކާއި، ބޮޑެތި އަތޮޅު ތަކާއި އަދި ގިނަ ރަށް ރަށަށް އެމަނިކުފާނު ވަޑައިގެންނެވި އެވެ. ގިނަ ވައުދުތަކެއްވެ، ރައްޔިތުން ބޭނުންވެފައި ތިބި ގިނަ ކަަންކަން ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ދެއްވި އެވެ.

ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތަކަށް ނަޒަރު ހިންގާލާއިރު، ގިނަ ރަށް ރަށަށް ވަޑައިގެން ވިދާޅުވެފައި ވަނީ، އެ ރަށްތަކަށް އަޅާ ނުލާ ދޫކޮށްލާފައިވާ ވާހަކަ އެވެ. ޚާއްސަކޮށް މީގެ ކުރިން އައިސްފައިވާ ސަރުކާރުތަކުން އެ ރަށްތައް ބާކީ ކޮށްފައިވާ ވާހަކަ އާއި، އެމަނިކުފާނުގެ ސަރުކާރުން އެ ރަށްތަކަށް އަޅާލާނެ ވާހަކަ ވެސް ވިދާޅުވި އެވެ. ސާފުކޮށް، ސީދާކޮށް ދިވެހި ބަހުން ވިދާޅުވަމުން ގެންދެވީ، މިދިޔަ 40 އަހަރުގެ ތެރޭގައި ސަރުކާރުތަކުން ރާއްޖޭގެ ރައްޔިތުންނަށް އިހުމާލުވެފައިވާ ވާހަކަ އެވެ. އެހެން ވިދާޅުވީއިރު، ކުރީ ދެ ސަރުކާރެއްގެ ވަޒީރުންގެ މަޖިލީހުގައި ވެސް ރައީސް މުޢިއްޒު އިންނެވި އެވެ. އެކަން ހަނދާން ނެތުނީ ކަމަށް ވެސް ވެދާނެ އެވެ!

އެހެން ނަމަވެސް، ދާދި އިހަކަށް ދުވަހު ވީ ކަމެއް ނިކަން ދެކިބަލާށެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އަދި އެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ދިވެހި ބަހުން ވެެވަޑައިގެންނެވި ވައުދު، އިނގިރޭސި ބަހުން އެ އުވާލެއްވީ އެވެ. ރައީސަށް ސާބަހެވެ. އައްސަރިބަހާ ސާބަހެވެ!

ދާދި ފަހުން އދ ގެ އާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އެމަނިކުފާނު އެކި ވާހަކަފުޅުތައް ދެއްކެވިއިރު، މީގެ ކުރިން ދިވެހި ބަހުން ވެވަޑައިގެންނެވި ވައުދުތައް، އިނގިރޭސި ބަހުން އުވާލެއްވީ އެވެ. މީހަކު އަޅެ އަޖައިބެއް ނުވާނެ ހެއްޔެވެ؟

އެ ދަރިވަރުންނާ ދެއްކެވި ވާހަކައެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި 1100 ރަށް އޮންނަ އިރު, އޭގެތެރެއިން 186 ރަށުގައި މީހުން ދިރިއުޅުމަކީ އެއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ. 1000 ރަށް ތަކުގެ ތެރެއިން މީހުން ދިރިއުޅޭ 186 ރަށް އޮތްއިރު، އެއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށް ވިދާޅުވާން ރައީސް ޖެއްސެވި ހިސާބެއް އަޅުގަނޑަކަށް ނޭނގެ އެވެ. އެކަން ދޫކޮށްލާނީ ރައީސްގެ ރޯލް މޮޑެލް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲ އަށެވެ.

އެ ވާހަކަފުޅަށް ފަހު ދެން ރައީސް ވިދާޅުވީ، 186 ރަށް ތަރައްޤީ ކުރުމަށް ފޯކަސްކޮށްގެން ނުވަތަ އިސްކަން ދީގެން ސަރުކާރަށް ކުރިއަށް ދެވެން ނެތް ކަމަށެވެ. ބަައްލަވާ ރައީސެވެ. މީގެ ކުރިން ކެމްޕެއިން ތެރޭގައި ހުރިހާ ރަށެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށާއި، ރަށު ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖައްސައި ދެއްވާނެ ކަމަށް ވިދާޅުވި ވައުދުތަކުގެ މަތިން، ރަށްފުށުގައި އުޅޭ ރައްޔިތުން ހަނދާން ހުންނާނެ އެވެ. މަނިކުފާނު ވެފައިވާ ވައުދުތަކުގެ ވާހަކަ، ދެބައި އުމުރުގެ މީހުން ހޮޅު އަށިތަކުގައި ތިބެ ދައްކާނެ އެވެ.

ކުއްލި އަކަށް މިއަދު އެމެރިކާގައި، އެ ވައުދުގެ ވާހަކަ އިނގިރޭސު ބަހުން ތިޔަ ދެއްކެވީ ރައްޔިތުންނަށް ނޭނގޭނޭ ހިތާ ހެއްޔެވެ؟ ނޫނެވެ. ހަނދާން އެބަ ހުއްޓެވެ. ޚާއްސަކޮށް ރަށް ތަކުގައި އުޅޭ ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ އެވެ. އެ ރަށްތަކުގައި ހުންނަވާ ދިވެހި ބަހުން ވެވަޑައިގެންނެވި ވައުދު، އެމެރިކާ އަށް ގޮސް އިނގިރޭސި ބަހުން އުވާލެއްވޭނެ ކަމަށް ހީފުޅު ކުރެއްވީ ހެއްޔެވެ؟ ދެން އަނެއްކާ އެއިން ރަށަކަށް ވަޑައިގަންނަވާ ދަތުރެއްގައި ދައްކަވާނީ ކޮން ވާހަކަ އެއް ހެއްޔެވެ؟ އެމެރިކާގައި ހުންނަވާ ވިދާޅުވި ގޮތަށް، ރަށް ރަށަކަށް ވަޑައިގެން ވިދާޅުވާން ކެރޭނެބާ އެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު