Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން-އިޒްރޭލް ހަނގުރާމަ

އިޒްރޭލުން ދިން ހަމަލާއިން ހިޒްބުﷲ ގެ ވެރިޔާ ހަސަން ނަސްރުﷲ ސަލާމަތްވެއްޖެ

އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ލުބުނާނުގެ އިތުބާރުހުރި މަސްދަރުތަކަށް ޙަވާލާދީ ބުނެފައިވާ ގޮތުގައި، އިޒްރޭލުގެ މި ޓެރަރިސްޓު ހަމަލާގައި ހިޒްބުﷲގެ އެއްވެސް ކޮމާންޑަރަކު ޝަހީދުވެފައި ނުވާ ކަމަށާއި، މި ހަމަލާއަކީ "ނާކާމިޔާބު" ހަމަލާއެއް ކަމަށް.

ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2024 | ހުކުރު 18:31
އިޒްރޭލުގެ ހަމަލާ އެރި ލުބުނާނުގެ އިމާރާތެއްގެ މަންޒަރެއް

އިޒްރޭލުގެ ހަމަލާ އެރި ލުބުނާނުގެ އިމާރާތެއްގެ މަންޒަރެއް

ހިޒްބުﷲ ގެ ސަލާމަތީ މަސްދަރުތަކުން ޕްރެސް ޓީވީއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ހިޒްބުﷲ ގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ ވަނީ ރައްކާތެރި ތަނެއްގައި ކަމަށާއި، ހުކުރު ދުވަހު އޭނާ އަވަހާރަކޮށްލަން އިޒްރޭލުން ދިން ވަރުގަދަ ހަމަލާއިން ނަސްރުﷲ އަށް އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.

އީރާނުގެ ފްރެސް ޓީވީން މިހެން ބުނެފައިމިވަނީ، ހުކުރު ދުވަހު ބެއިރޫތުގެ ދެކުނުގެ ދާހިޔާ ސަރަހައްދަށް އިޒްރޭލުން ދިން ވަރުގަދަ ވައިގެ ހަމަލާ ނަސްރުﷲ އަށް އަމާޒުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކަށް ފަހުގައެވެ.

އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ލުބުނާނުގެ އިތުބާރުހުރި މަސްދަރުތަކަށް ޙަވާލާދީ ބުނެފައިވާ ގޮތުގައި، އިޒްރޭލުގެ މި ޓެރަރިސްޓު ހަމަލާގައި ހިޒްބުﷲގެ އެއްވެސް ކޮމާންޑަރަކު ޝަހީދުވެފައި ނުވާ ކަމަށާއި، މި ހަމަލާއަކީ "ނާކާމިޔާބު" ހަމަލާއެއް ކަމަށެވެ.

ލުބުނާނުގެ ޞިއްޙަތާބެހޭ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ހަމަލާގައި މަދުވެގެން ދެ މީހަކު ޝަހީދުވެ، 76 މީހުންނަށް އަނިޔާވެފައިވެއެވެ.

ލުބުނާނުގެ ދެކުނުގެ ސަރަޙައްދެއް ކަމުގައިވާ ދާހިޔާގެ ހާރަތް ހަރީކް ޑިސްޓްރިކްޓަށް މިދިން ހަމަލާގައި 6 ޢިމާރާތެއް ވަނީ ބިމާ ހަމަކޮށްލާފައެވެ.

އިޒްރޭލުގެ އަސްކަރީ ރޭޑިއޯއިން ބުނެފައިވާ ގޮތުގައި މި ހަމަލާ ދިނީ އެފް-35 މަތިންދާބޯޓުތަކުން ބަންކަރ-ބަސްޓަރ ބޮން ބޭނުންކޮށްގެންނެވެ.

އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިން އެމެރިކާއަށް އެކަމުގެ މަޢުލޫމާތު އިޒްރޭލުން ދީފައިވެއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު