Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ހުތުބާ

ކޮންމެ މަސްޢޫލިއްޔަތަކީ އާމާނާތެއް، ޒިންމާ އަށް ގިޔާމަތްދުވަހުން ޖަވާބުދާރީ ވާން ޖެހޭނެ - ހުތުބާ

27 ސެޕްޓެމްބަރު 2024 | ހުކުރު 08:14

ޒިންމާ އަދާނުކޮށްފި ނަމަ ބޮޑު ނިކަމެތިކަމަކާއި ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ހުކުރު ހުތުބާގައި ވަނީ ދީފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ސެޕްޓެމްބަރު 2024 | ހުކުރު 08:14
ހުކުރު ނަމާދު - ކޮންމެ މީހަކީ ވެސް ޒިންމާދާރު މީހަކަށް ވާން ޖެހޭ ކަމަށް ފާހަގަކޮށް އެކަމުގެ މުހިންމުކަމަށް ހުތުބާގައި ވަނީ އަލިއަޅުވާލާފައިވޭ

ހުކުރު ނަމާދު - ކޮންމެ މީހަކީ ވެސް ޒިންމާދާރު މީހަކަށް ވާން ޖެހޭ ކަމަށް ފާހަގަކޮށް އެކަމުގެ މުހިންމުކަމަށް ހުތުބާގައި ވަނީ އަލިއަޅުވާލާފައިވޭ

ކޮންމެ މަސްޢޫލިއްޔަތަކީ މާތް ﷲ އެ ފަރާތަކާއި ހަވާލުކުރައްވާފައިވާ އަމާނާތެއް ކަމަށާއި އެ މަސްޢޫލިއްޔަތަށް އިހުމާލުވެގެން ނުވާނެކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނެފައި ވަނީ ޤިޔާމަތްދުވަހުން އެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. ކޮންމެ މީހަކީ ވެސް ޒިންމާދާރު މީހަކަށް ވާން ޖެހޭ ކަމަށް ފާހަގަކޮށް އެކަމުގެ މުހިންމުކަމަށް ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ކުށް ކުރާ މީހާ ކުށަށް ޒިންމާ ވާން ޖެހޭނެ ކަމަށާއި އެއްވެސް މީހަކު ނުހައްގުން ކުށްވެރިއަކު ސަލާމަތްކުރަން އުޅެގެން ނުވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ހުކުރު ހުތުބާގައި ޒިންމާދާރުވުމާއި މަސްޢޫލިއްޔަތު އުފުލުމާއި ގުޅޭގޮތުން ވަނީ އިރުޝާދު ދީފައެވެ. ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރިއެއްކަމަށް ފާހަގަކޮށް ހުތުބާގައި ބުނެފައި ވަނީ ކޮންމެ ބެލެހެއްޓުންތެރިއަކު ވެސް އޭނާ ބަލަަހައްޓަން ޖެހޭ ބަޔާއި އަދި ކަންކަމާއި މެދު މަސްޢޫލުވާން ޖެހޭނެ ކަމަށެވެ. މީސްތަކުންގެ ވެރި މީހާ އަކީ ބެލެހެއްޓުންތެރިއެއް ކަމަށާއި އޭނާ ރައްޔިތުންނާއި މެދު މަސްޢޫލުވާން ޖެހޭނެ ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ. އަދ ފިރިމާހާއ އަކީ އޭނާގެ އަހުލުވެރިންގެ ބެލެހެއްޓުންތެރިއެއް ކަމަށާއި އޭނާ އެ މީހުންގެ މައްޗަށް މަސްއޫލުވާން ޖެހޭކަން ހަނދުމަކޮށްދީފައިވެއެވެ. ހުތުބާގައި ބުނެފައި ވަނީ އަނބި މީހާ އަކީ ގޭގެ ކަންކަމާއި ދަރިންގެ ބެލެހެއްޓުންތެރިޔާ ކަމަށާއި އޭނާ އެ މީހުންނަށް މަސްއޫލުވާން ޖެހޭ ކަމަށެވެ. ހަމައެހެންމެ އޮފީސްތަކުގެ މުވައްޒަފުންނާއި ވެރިން ހަވާލުވެފައިވާ މަސްއޫލިއްޔަތަށް ދުނިޔެ އާއި އާޚިރަތުގައި ވެސް ޖަވާބުދާރީވާން ޖެހޭނެކަން ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

ޒިންމާދާރުވުމާއި މަސްޢޫލިއްޔަތު އަދާކުރުމުގައި ގައުމުގެ ވެރިންނާއި ޤާނޫނު ހަދާ މުއައްސާތަކާއި، އަދުލު އިންސާފު ޤާއިމްކުރާ މުއައްސަސާތަކާއި، ޤާނޫނު ނަގަހައްޓާ މުއައްސަސާތަކާއި، ޤައުމުގެ ސިޔާދަތާއި އަމްނާއި އަމާންކަން ބަލަހައްޓާ މުއައްސަސާތަކާއި، އިގްތިސާދާއި ބައިތުލްމާލުބަލަހައްޓާ މުއައްސަސާތަކުގެ ޒިންމާ ބޮޑު ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހަމައެހެންމެ ވިޔަފާރިވެރިންނަކީ ވެސް އެ މީހުން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންގެ މައްޗަށް ޒިންމާ އެއް އޮތް ބައެއްކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ބައެއް މީހުންނަކީ ވަޒީފާގެ މަސްޢޫލިއްޔަތުގެ ގޮތުން އަހުދާއި ހުވާ ކޮށްގެން ތިބި ބަޔަކަށް ވާއިރު އެ އަހުދާއި ހުވަޔަށް ހުރުމަތްތެރިކޮށް ހިތުމަށް ހުތުބާގައި ވަނީ އިރުޝާދު ދީފައެވެ. އެ މަސްއޫލިއްޔަތު އަދާކުރި ގޮތާއި މެދު ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އަދާކުރާ ވަޒީފާ އަކީ ވެސް އަމާނާތެއް ކަމަށާއި އެ އަމާނާތް ރަނގަޅަށް އަދާކުރަން ޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ވެރިކަމަކީ ވެސް އަމާނާތެއް ކަމަށާއި އެ ޒިންމާ އަދާނުކޮށްފި ނަމަ ބޮޑު ނިކަމެތިކަމަކާއި ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ހުކުރު ހުތުބާގައި ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް