Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑރ.މުހައްމަދު މުއިއްޒު

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނެން މާލީ އެހީ ލިބުމުގައި ހުރި ދަތިތައް ފިލުވުމަށް މުއްސަނދި ގައުމުތަކަށް ރައީސް މުއިއްޒު ގޮވާލައްވައިފި

އދ ގެ އާންމު މަޖިލީހުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގެ މައިގަނޑު މައުޟޫއަކަށް އޮތީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ

ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2024 | އަންގާރަ 20:06
ރައީސް ޑރ. މުއިއްޒު އދ ގެ އާންމު މަޖިލީހުގެ 79 ސެޝަންގައި އަންގާރަ ދުވަހު ވަނީ ވާހަކަފުޅު ދައްކަވާފައި

ރައީސް ޑރ. މުއިއްޒު އދ ގެ އާންމު މަޖިލީހުގެ 79 ސެޝަންގައި އަންގާރަ ދުވަހު ވަނީ ވާހަކަފުޅު ދައްކަވާފައި

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކަށް މާލީ އެހީތެރިކަން ހަމަޖެހުމުގައި ކުރިމަތިވާ ދަތިތައް ކުޑަކުރުމުގައި އެއްބާރުލުން ދިނުމަށް މުއްސަނދި ގައުމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޑރ. މުއިއްޒު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ އިންސާނިއްޔަތަށް އެންމެބޮޑު ނުރައްކަލެއް އޮތް މައްސަލަ ކަމުގައެވެ. އެހެން ކަމުން އެކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި، އެފަދަ ބަދަލެއް ނާންނަކަން ރާއްޖެއަށް ބަލާލުމުން އެނގޭނެ ކަމަށް ވިދާޅުވެ، ކުރިން ވާހަކަފުޅު ދައްކަވާފައިވީ ނަމަވެސް އދ ގެ އާންމު މަޖިލީހުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގެ މައިގަނޑު މައުޟޫއަކަށް އޮތީ މޫސުމަށް އަންނަ ބަދަލުތަކާއި އެކަމުގެ ނުރައްކަލުގެ މައްޗަށްކަން ފާހަގަ ކުރެވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ އެތައް އަހަރުތަކެއްގެ ކުރިއެރުންތައް ނެތިގެންދާކަމަށާއި އަދި ޤައުމުތަކުގެ ތަރައްޤީގެ ކަންކަމަށް ހޭދަކުރުމަށް ހުންނަ މަދު ވަޞީލަތްތައް ކުއްލި ޙާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހޭދަކުރަންޖެހޭކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އެކަށީގެންވާ ވަޞީލަތްތަކާއެކު އެ މައްސަލަ ޙައްލުކުރުމުގެ ނިޔަތާއެކު އަދި ސައިންސްގެ މައްޗަށް ބިނާވެފައިވާ ގޮތްތަކެއް މިހާރުން މިހާރަށް ހޯދުމަށް މަސައްކަތްކުރުމަށް،" ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.

2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަށް ބޭނުންވާ ކަރަންޓްގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅާފައިވާ އަމާޒަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތުގައި ކަނޑުތައް އަދާކުރާ މުހިންމު ދައުރު ފާހަގަ ކުރައްވަމުން ޕްލާސްޓިކުން ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލައާ ދިރުންތައް ހިމާޔަތްކުރުމާއި ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ދިރުންތައް ޙިމާޔަތްކުރުމުގައި އިތުރު ބާރެއްލައިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު