Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާނު-އިޒްރޭލް ހަނގުރާމަ

އިޒްރޭލުން ލުބުނާނަށް ބޮންއަޅާ 492 މަރު!

ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތު ބުނާ ގޮތުން، ހޯމަ ދުވަހު އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން މަދުވެގެން 492 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި 35 ކުޑަކުދިން ހިމެނެއެވެ. އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 1،645 މީހުން ވަނީ ޒަޚަމްވެފައެވެ. ހޯމަ ދުވަހަކީ ލުބުނާނުގެ އަހުލީ ހަނގުރާމައިގެ ފަހުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2024 | އަންގާރަ 02:06
ދެކުނު ލުބުނާނުން އިޒްރޭލަށް ފޮނުވާލި މިސައިލަކަށް އަޔަންޑޯމް އިން ހުރަސް އަޅަނީ

ދެކުނު ލުބުނާނުން އިޒްރޭލަށް ފޮނުވާލި މިސައިލަކަށް އަޔަންޑޯމް އިން ހުރަސް އަޅަނީ

ލުބްނާންގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ބޮން އަޅާ އެތައް ސަތޭކަ މީހުން މަރުވެ، ހާހަކަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތު ބުނާ ގޮތުން، އިޒްރޭލުން ބޮން އެޅުމުގެ ސަބަބުން މަދުވެގެން 492 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި 35 ކުޑަކުދިން ހިމެނެއެވެ. އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 1،645 މީހުން ވަނީ ޒަޚަމްވެފައެވެ.

އިޒްރޭލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ބޮންއަޅާ އޭގެ ސަބަބުން މަރުވަމުންދާ މީހުންނާ ޒަޚަމްވަމުންދާ މީހުންގެ އަދަދު މައްޗަށް ގޮސް މަސްރަހް ނުރައްކާވެފައި ވުމާއެކު، ދުނިޔޭގެ ލީޑަރުންނާއި އދ އިން ވަނީ އިތުރަށް ހާލަތު ގޯސް ނުކުރުމަށް ގޮވާލާފައެވެ. ތުރުކީން ބުނެފައިވަނީ ލުބުނާނަށް އިޒްރޭލުން ދިން ހަމަލާތަކުން "މުޅި ސަރަޙައްދު ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލަފާނެ" ކަމަށެވެ.

ލުބުނާނަށް އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ހަމަލާތައް ދޭން ފެށީ ހޯމަ ދުވަހުގެ ހެނދުނު 6:30 ހާ އިރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުރަތަމަ ދިން ވަރުގަދަ ހަމަލާތައް އަމާޒުވީ ދެކުނު ލުބުނާނުގެ އެކި ސަރަޙައްދުތަކަށެވެ. އޭގެ ފަހުން، ބެކާ ވެލީ އާއި ބާލްބެކް އަދި އުތުރަށް ހަމަލާތައް ވަނީ ދީފައެވެ. އޭގެ ފަހުން، ދަހްޔާ، އަށާއި ބޭއިރޫތު ގެ ބޭރުން މީހުން ތޮއްޖެހިފައިވާ ސަރަޙައްދަކަށް ވަނީ ހަމަލާ ދީފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި ހަމަލާތައް އަމާޒުކުރީ ހިޒްބުﷲ ގެ އިސް ލީޑަރެއް ކަމަށްވާ އަލީ ކަރާކީ އަށެވެ. ނަމަވެސް، ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލީ ކަރާކީ ހެޔޮ ހާލުގައި ހުރި ކަމަށެވެ.

އިޒްރޭލުން ބުނާ ގޮތުގައި ލުބުނާނުގެ 1،600ށް ވުރެ ގިނަ ތަންތަނަށް ވަނީ ހަމަލާ ދީފައެވެ.

ހޯމަދުވަހުގެ ހަމަލާތަކުގައި މަދުވެގެން 492 މީހުން ލުބުނާނުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 35 ކުޑަކުދިންނާއި 58 އަންހެނުން ހިމެނެއެވެ.

ހޯމަ ދުވަހަކީ ލުބުނާނުގެ އަހުލީ ހަނގުރާމައިގެ ފަހުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އިޒްރޭލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހިޒްބުﷲ އިން ވަނީ ރޮކެޓް ހަމަލާތައް އިޒްރޭލުގެ ޓާގެޓްތަކަށް ދީފައެވެ. ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލުގެ އަސްކަރީ ބޭސްތަކަށް މަދުވެގެން 6 ހަމަލާ ހިޒްބުﷲ އިން ދީފައިވެއެވެ. އޭގެ ބައެއް ރޮކެޓްތައް ހައިފާ ޕޯޓު ސިޓީއާ ވަރަށް ކައިރިއަށް ފޯރިކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އދ. ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފްރާންސްގެ ޚާރިޖީ ވަޒީރު ވަނީ ލުބުނާނުގެ މައްސަލައިގައި އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ޖަލްސާ އަކަށް ގޮވާލައްވާފައެވެ.

އިޒްރޭލުގެ ނުރައްކާތެރި ހަމަލާތަކާއެކު ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް ހާސް މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ދާން ފަށާފައެވެ. ސްކޫލްތަކުގެ ކިޔެވުން ވަނީ ބަންދުކޮށްފައެވެ. ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަށް ޖާގަ ހެދުމަށް ހޮސްޕިޓަލް ތަކުގައި ކޮންމެހެން ކުރަންޖެހޭ އޮޕަރޭޝަނެއް ނޫނީ ނުކުރުމަށް ވަނީ އަންގާފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު

16 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސްގެ ކާގޯ ފްލައިޓެއް ކިރިގިސްތާނަށް ވެއްޓި މަދުވެގެން 20 މަރު
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު