Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއްލައިދޫ ކައްކާ މަރާލި މައްސަލަ

އެއްލައިދޫ ރިސޯޓްގައި ކައްކާ މަރާލި މައްސަލަ: ރާއްޖެ ދޫކޮށް ދިޔަ ހެކިން ހޯދުމަށް އިންޓަޕޯލްގެ އެހީ ހޯދަނީ

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2024 | އާދީއްތަ 10:08
ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ

ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ

އދ. އެއްލައިދޫ ރިސޯޓްގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

މި ޙާދިސާގައި މަރުވެފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ ޕަތުމް ދިލްޝަން ޑި ސިލްވާ އަގަމްޕޮޑިއެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ސްރިލަންކާ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއަރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.

މި އަޑުއެހުމުގައި ފުރަތަމަ ހާޒިރުވި ހެކިވެރިޔާއަކީ ޙާދިސާ ހިނގިއިރު އެތަނުގައި ބަދިގޭގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

ހެކިވެރިޔާ ބުނީ، އޭނާ ކޮޓަރީގައި ހުއްޓައި އެހެން މުވައްޒަފަކު އައިސް ޙާދިސާ ހިނގައިގެން އުޅޭކަމަަށް ބުނި ކަމަށާއި، އޭނާ އެހެން ބުނިއިރު ހުރީ ނުހަނު ހާސްވެފައި ކަމަށެވެ.

އެ ހެކިވެރިޔާ ވަނީ އެ ޙާދިސާގެ މައުލޫމާތު އޭނާއަށް ފެނުނު ގޮތް ކިޔާދީފައެވެ. އޭނާ ކިޔާދިން ގޮތުގައި ޕަތުމް ހޮސްޕިޓަލަށް ގެންދިޔައިރު އޭނާވެސް ޕަތުމްއާއެކު ދިޔައެވެ.

މި އަޑުއެހުމުގައި އިތުރު ހެެއްކެއްގެ ހެކިބަސް ނެގުމަށްވެސް ތާވަލު ކުރެވުނެވެ. އެއީ ފުލުހުންގެ އޮފިސަރެކެވެ. ނަމަވެސް އެ ހެކިވެރިޔާ މި އަޑުއެހުމަށް ހާޒިރު ކުރުމަށް ކޯޓުން ޗިޓު ފޮނުވި ނަމަވެސް ފުލުހުންގެ ފަރާތުން އެ އޮފިސަރަށް ޗިޓު ރައްދުކޮށްފައި ނުވާ ކަމަށާއި، ޗިޓް ރައްދު ނުވާ ސަބަބުވެސް ސާފުވެފައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

ދައުލަތުން ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެ ހެކިވެރިޔާ ހާޒިރު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ދައުލަތުގެ ހެކިންގެ ގޮތުގައި ލަންކާގެ ގިނަ ރައްޔިތުން ތިބިއިރު، އޭގެ ތެރެއިން 6 މީހަކު މިހާރު ވަނީ ރާއްޖެއިން ފުރާފައެވެ. ދައުލަތުން ވަނީ އެ މީހުންގެ ހެކިބަސް އެމްބަސީ މެދުވެރިކޮށް ނަގަން ބޭނުންވާކަމަށް މީގެ ކުރިންވެސް ބުނެފައެވެ.

އެހެންނަމަވެސް އެކަމަށް އެތައް ދުވަހެއް ހޭދަވަމުންދާތީ ގާޒީ ވަނީ އެ ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ. އެގޮތުން މި މައްސަލައިގައި ދައުވާލިބޭ ފަރާތް ބަންދުގައި ހުންނަތާ 5 އަހަރަށްވުރެ ގިނަ އަހަރު ވަނީއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ހެކިން ހާޒިރު ކުރުމަށް އިންޓަޕޯލް މެދުވެރިކޮށް އޯގަސްޓު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި އެމީހުން ހޯދިފައިނުވާ ކަމަށެވެ.

އެހެންކަމުން މި އަޑުއެހުމުގައި ގާޒީ ވަނީ ހެކިން ހާޒިރު ކުރުމަށް ވަރަށް ދިގު މުއްދަތެއް ދެވިފައިވާކަން ފާހަގަ ކުރައްވައި މިކަމުގައި ބަންދުގައި ހުރި މީހާގެ ހައްޤުތައްވެސް ގެއްލިގެން ނުވާނެކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން މިކަމުގައި ސްޓޭންޑެއް ނަގަންޖެހޭނެކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ހެކިބަސް ނެގުމުގެ އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށާއި، އޭގެ ކުރިން ހެކިންގެ މައުލޫމާތު ކޯޓަށް ހިއްސާ ކުރަންވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

ކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު