Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ލުނިން، ރެއާލްގެ އެއްބަސްވުން އައު ކޮށްފި

15 ސެޕްޓެމްބަރު 2024 | އާދީއްތަ 03:19

މިހާރު އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ދިގު މުއްދަތުގެ އެއްބަސްވުން ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ސެޕްޓެމްބަރު 2024 | އާދީއްތަ 03:19
ރެއާލްގެ އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ލުނިން

ރެއާލްގެ އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ލުނިން

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޔޫކްރެއިންގެ ގޯލު ކީޕަރު އަންދްރޭ ލުނިން އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ އެންމެ ފުރަތަމަ ރެއާލަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފަހުން ލުނިން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި، ރެއާލުން ބޭނުންވީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. އެކަމުގެ މަޝްވަރާތަކުން ދެ ފަރާތް އެއްބަސްވުމަކަށް އައިސްފައިވާއިރު، މިހާރު ލުނިން ވަނީ ރެއާލްގެ އައު އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

ރެއާލްގެ އެއްބަސްވުން ލުނިން އައު ކޮށްފައި ވަނީ އިތުރު ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން، މިހާރު އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ދިގު މުއްދަތުގެ އެއްބަސްވުން ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ލުނިން ބުނީ، ރެއާލް އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު ކަމަށާއި، އެ ކުލަބުގައި އިތުރު އަހަރުތަކެއް ހޭދަ ކުރުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށެވެ. ޚާއްސަކޮށް ފުޓުބޯޅަ ކެރިއަރަށް ބަލާއިރު، ހުރިހާ ގޮތަކުން ވެސް ކުރިއަށް ދާން އެންމެ އެކަށީގެންވާ މަންޒިލަކީ ރެއާލް ކަމަށް ވެސް ލުނިން ބުންޏެވެ.

ލުނިން އަކީ ރެއާލަށް ކުޅޭ ޔޫކްރެއިންގެ އެންމެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ރެއާލަށް 48 މެޗުގައި ގޯލު ބަލަހައްޓައިދީފަ އެވެ. ރެއާލަށް ބަދަލުވި ފަހުން ލުނިން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ތިން ކުލަބަކަށް ކުޅެފަ އެވެ. އޭނާ އަކީ ޔޫކްރެއިން ޤައުމީ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ ކުޅުންތެރިޔާ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް