Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގާމުތަކަށް އައްޔަން ކުރާ ބޭފުޅުންގެ ހާލަތު

މި ސަރުކާރުގައި ބައެއް އެމްބަސީތަކުގައި ތިއްބެވީ "އަ ލޮޓް އޮފް ޓްރޭޝް": ޔާމީން

ކޮންމެ ގައުމެއްގައި ހިއުމަން ރިސޯސް ޑިވަލޮޕްކުރުމަކީ އެންމެ މުހިންމު މަސައްކަތް

އަމްނާ އިމާދު
އަމްނާ އިމާދު | 13 ސެޕްޓެމްބަރު 2024 | ހުކުރު 12:44
ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ

މި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބަވާނީ އިލްމީ ގާބިލް ބޭފުޅުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ބައެއް އެމްބަސީތަކުގައި ތިއްބެވީ "އަ ލޮޓް އޮފް ޓްރޭޝް" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ކޮންމެ ގައުމެއްގައި ހިއުމަން ރިސޯސް ޑިވަލޮޕްކުރުމަކީ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އެމީހުންނަކީ ފިލާވަޅު ދިނުމުގެ އިތުރުން ތައުބިއްޔަތު ކުރުމުގެ ޒިންމާ ވަރަށް ބޮޑަށް އުފުލާ ބައެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އެ މަސައްކަތް ކުރާ ބަޔަކަަށް ނިސްބަތުން ލިބޭ އެއްޗެއް ބޮޑުވާންޖެހޭކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުވުމުގެ އިތުރުން ޓީޗަރުންނާ އިލްމީ ބޭފުޅުންނަށް އިހުތިރާމް ލިބެންޖެހޭ ކަމަށެވެ. ނަމަވެސް މި އިއްޒަތާއި އިހުތިރާމް ލިބޭކަމާމެދު އަދި ދައުލަތުން އެބޭފުޅުންގެ އަގު ވަޒަންކުރަނީ ކިހައި މިންވަރަކަށްތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

މިސަރުކާރަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މިސަރުކާރުގެ އެކިއެކި މަގާމުތަކުގައި އަދި ކެމިނެޓްގައި ތިއްބަވާނީ އިލްމީ ގާބިލް ބޭފުޅުން ކަމަށް ވިދާޅުވުމަށްފަހު ކަމަށެވެ. ނަމަވެސް ފެނިގެންދަނީ އެހެން މަންޒަރެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްބަސީ ތަންތަނަށް ދާއިރު ތިއްބެވީ "އަ ލޮޓް އޮފް ޓްރޭޝް" ކަމަށެވެ.

ޔާމީން ވިދާޅުވީ ގައުމު ކުރިއަށް ގެންދިއުމުގައި ހިއުމަން ރިސޯސް އިތުރަށް ޑިވަލޮޕްކޮށް ފުރުސަތުތައް ފަހިކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި ފެނިގެންދަނީ ތަފާތު އަދި ދެއްކި ވާހަކަތަކާއި އިދިކޮޅު މަންޒަރެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒު ދައްކަވާާ ވާހަކަފުޅުތަކާ އެއްގޮތަށް އަމަލުުކުރަންޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
19 ފެބުރުއަރީ 2017

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

19 ފެބުރުއަރީ 2017
މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު