Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ އަރުތަވެރިންގެ އިނާމު

މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި 376 ދަރިވަރަކު

17 ދަރިވަރަކު ގައުމީ ގަދަ 10 ގެ 1 ވަނައިގައި ހިމެނިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2024 | ހުކުރު 06:04
"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގައި ދަރިވަރަކާއި ޓްރޮފީ ހަވާލުކޮށްދެއްވަނީ

"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގައި ދަރިވަރަކާއި ޓްރޮފީ ހަވާލުކޮށްދެއްވަނީ

2022-2023 ވަނަ ދިރާސީ އަހަރު މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި 376 ދަރިވަރަކު ހިމެނިއްޖެއެވެ.

2022-2023 ވަނަ ދިރާސީ އަހަރު ދިވެހިރާއްޖޭގެ 3،268 ދަރިވަރުން މަތީ ސާނަވީ އިމްތިހާން ފުރިހަމަކޮށްފައިވެއެވެ. އޭގެ ތެރެއިން 376 ދަރިވަރަކު ވަނީ މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. އަދި 17 ދަރިވަރަކު ގައުމީ ގަދަ 10 ގެ 1 ވަނައިގައި ހިމެނިފައިވާއިރު، ވަކި ވަކި މާއްދާތަކުން 9 ދަރިވަރަކު ވަނީ ދުނިޔެއިން 1 ވަނަ ހޯދާފައެވެ. މިއަހަރު ތިން އޭ ސްޓަރ ހޯދައިގެން "އޭލެވެލް ސެޓްފިކެޓް އޮފް އެކްސެލެންސް" 27 ދަރިވަރުން ވަނީ ހާސިލުކޮށްފައެވެ.

Advertisement - newsAdvertisement

މި ޖަލްސާގެ ފުރަތަމަ ދަންފަޅީގައި އިނާމު ހަވާލުކޮށްފައިވަނީ މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުގެ ގައުމީ ގަދަ 10ގެ 10 ވަނަ، 9 ވަނަ އަދި 8 ވަނައިގައި ހިމެނުނު ދަރިވަރުންނަށާއި އެންމެ މަތީ ނަތީޖާ ހޯދި ބައެއް ދަރިވަރުން ހިމެނޭހެން ޖުމްލަ 131 ދަރިވަރުންނަށެވެ.

3 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޖަލްސާގައި ޖުމްލަ 441 ދަރިވަރަކު ވަނީ "މަތީ އަރުތަވެރީންގެ އިނާމު" ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު މަތީ ޘާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ޤައުމީ ގަދަ 10 ގައި ހިމެނުނު 376 ދަރިވަރުންނާއި، ސާނަވީ އާއި މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަތައް ހޯދި 65 ދަރިވަރުންނެވެ.

މި ރަސްމިއްޔާތުގައި، މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ގައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު