Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަރަހަނާ މަންޒަރު ދައްކުވައިދޭ ޓެލެގްރާމް ޗެނަލް

ޒުބައިރު ވަނީ ބަރަހަނާ ފޮޓޯ ވީޑިއޯ ހޯދާނެ ގޮތްތަކާއި މާލީ މަންފާ ހޯދާނެ ގޮތްތައް ކިޔައިދީ އިތުރު މީހުން ރެކްރޫޓްކުރުމަށް މަސައްކަތްކޮށްފައި - ޕޮލިސް

އެންމެ ގިނަ ސަބްސްކްރައިބަރުން ތިބި ކޮމަން 4 ޗެނަލްއެއް ފާހަގަކުރެވުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2024 | ބުރާސްފަތި 14:12
ބަރަހަނާ ފޮޓޯ ވީޑިއޯ ހިމެނޭ ޗެނަލް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 3 މީހުންގެ ތެރޭގައި ހިމެނޭ ޒުބައިރު އަލީ

ބަރަހަނާ ފޮޓޯ ވީޑިއޯ ހިމެނޭ ޗެނަލް ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 3 މީހުންގެ ތެރޭގައި ހިމެނޭ ޒުބައިރު އަލީ

ބަރަހަނާ މަންޒަރު ދައްކުވައިދޭ ޓެލެގްރާމް ޗެނަލްތައް ހިންގަން ފޮޓޯ ވީޑިއޯ ހޯދާނެ ގޮތްތަކާއި މާލީ މަންފާ ހޯދާނެ ގޮތްތައް ކިޔައިދީ އިތުރު މީހުން ރެކްރޫޓްކުރުމަށް މި މައްސަލައިގައި ހިމެނޭ ޒުބައިރު އަލީ މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެވ.

ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންދިޔަ މައްސަލައާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ފަޔާޒް އިސްމާއިލް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ 3 ފަރާތުގެ އަތުން 14 ޑިޖިޓަލް އިލެކްޓްރޯނިކް ޑިވަސްއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި މައްސަލައާއި ގުޅުންހުރި 9 ޓެލެގްރާމް އެކައުންޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ޖުމްލަ 571 ޓެލެގްރާމް ޗެނަލަކާއި 27 ގޫގަލް އެކައުންޓަކާއި، 26 ފޭސްބުކް އެކައުންޓް، ވަޓްސްއެޕް 3 އެކައުންޓާއި ވައިބަރ 3 އެކައުންޓް ގެނެވިފައިވާ ކަމަށެވެ. ފަޔަޒް ވިދާޅުވީ ކްލައުޑް ސްޓޯރޭޖްތަކަށް ނިސްބަތްވާ 30 އެކައުންޓެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ތަކެތި ތަހުލީލުކުރުމަށް ސައިބަރ ކްރައިން ސެންޓަރުން 640 ގަޑި އިރު ހޭދަކޮށްފައިވާ ކަމަށާއި، 571 ޗެނަލްގެ ތެރެއިން 43 ޗެނަލް ހާއްސަކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ޗައިލްޑް އެބިއުސް މެޓީރިއަލްސް ޕޯސްޓްކުރުމަށް ކަމަށް ފަޔާޒް ވިދާޅުވިއެވެ.

އަދި ކުޑަކުދިންގެ ނަމުގައި ވަކިވަކި ޗެނަލްތައް ހަދައި، ބައެއް ކުދިންގެ ވަނަވަރު ވެސް ބައެއް ޕޯސްޓްތަކުގައި ހުރިކަމަށް ފަޔާޒް ވިދާޅުވިއެވެ.

ފަޔާޒް ވިދާޅުވީ 571 ޓެލެގްރާމް ޗެނަލްއަށް 36،680 ފަރާތެއް ސަބްސްކްރައިބަރުންގެ ގޮތުގައި ޖޮއިންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ހޯދުންތަކުން ފާހަގަވާ ގޮތުގައި ޒުބައިރު ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއްކަމަށް ފާހަގަކުރެވޭ ކަމަށް ފަޔާޒް ވިދާޅުވިއެވެ.

ފަޔާޒް ވިދާޅުވީ އެންމެ ގިނަ ސަބްސްކްރައިބަރުން ތިބި ކޮމަން 4 ޗެނަލްއެއް ފާހަގަކުރެވުނު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙް (29އ)އެވެ.

ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން) ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
14 މާރިޗު 2017

ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

14 މާރިޗު 2017
ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
02 މާރިޗު 2017

ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

02 މާރިޗު 2017
ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި
01 މާރިޗު 2017

އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި

01 މާރިޗު 2017
އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު