Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ބޮސްނިއާ ކައިރިން ނެދަލެންޑްސް އަށް ފަސޭހަ މޮޅެއް

ފިލިޕްސް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ 5-2 އިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ސެޕްޓެމްބަރު 2024 | އާދީއްތަ 06:49
މެޗުގައި ލަނޑު ޖެހުމަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ނޭޝަންސް ލީގު އޭގެ، ގްރޫޕް ތިނެއްގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުން ނެދަލެންޑްސް ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ފިލިޕްސް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނެދަލެންޑްސް އިން ދެ ލަނޑު ޖެހިއިރު، ބޮސްނިއާ އިން އެއް ލަނޑު ޖެހި އެވެ. އަދި ފަހު ހާފުގައި ނެދަލެންޑްސް އިން ތިން ލަނޑު ޖެހިއިރު، ބޮސްނިއާ އިން އެއް ލަނޑު ޖެހި އެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ނެދަލެންޑްސް އަށް ލީޑު ނަގައިދިނީ ޖޯޝުއާ ޒާކްޒީ އެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ބޮސްނިއާ އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެރްމެޑިން ޑެމިރޯވިޗް އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ނެދަލެންޑްސް އިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓިޖާނީ ރައިންޑާސް ޖެހި ލަނޑުންނެވެ.

ދެ ވަނަ ހާފުގައި ނެދަލެންޑްސްގެ ތިން ވަނަ ލަނޑު ޖެހީ ކޯޑީ ގަކްޕޯ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރައިންޑާސް އެވެ. މެޗުގެ 73 ވަނަ މިނެޓުގައި ބޮސްނިއާގެ ދެ ވަނަ ލަނޑު ޖެހީ އެޑިން ޖެކޯ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ނެދަލެންޑްސްގެ ހަތަރު ވަނަ ލަނޑު ޖެހީ ވައުޓް ވެގްހޯސްޓް އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ޓީމުގެ ފަސް ވަނަ ލަނޑު ޖެހީ ޒަވީ ސިމޯންސް އެވެ.

މި ގުރޫޕުގައި ނެދަލެންޑްސްގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ޖަރުމަނާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު