Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑިއޯ އެވޯޑު

މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ ހަ ކޯޗުން

މޮޅު ކޯޗުގެ މަޤާމަށް ވާދަކުރަނީ ޒަބީ އަލޮންސޯ، ކާލޯ އަންޗެލޮޓީ، ލުއިސް ޑި ލާ ފުއެންޓޭ، ޖިއާން ޕިއެރޯ ގަސްޕެރީނީ، ޕެޕް ގާޑިއޯލާ އަދި ލިއޮނަލް ސްކަލޯނީ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ސެޕްޓެމްބަރު 2024 | ބުރާސްފަތި 06:45
އެންމެ މޮޅު ކޯޗުގެ މަޤާމަށް ވާދަކުރާ ބައެއް ކޯޗުން

އެންމެ މޮޅު ކޯޗުގެ މަޤާމަށް ވާދަކުރާ ބައެއް ކޯޗުން

މިއަހަރުގެ ބެލެންޑިއޯ އެވޯޑުގެ އެންމެ މޮޅު ކޯޗުގެ މަޤާމަށް ވާދަކުރާ ކޯޗުންގެ ނަންތައް އިއުލާން ކޮށްފި އެވެ.

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކޯޗަށް ދެމުން އަންނަ އެވޯޑަށް ވާދަކުރަނީ ހަ ކޯޗުންނެވެ. އެއީ ބަޔާ ލެވަކޫސަންގެ ޒަބީ އަލޮންސޯ، ރެއާލް މެޑްރިޑުގެ ކާލޯ އަންޗެލޮޓީ، ސްޕެއިންގެ ޤައުމީ ޓީމުގެ ލުއިސް ޑި ލާ ފުއެންޓޭ، އެޓަލަންޓާގެ ޖިއާން ޕިއެރޯ ގަސްޕެރީނީ، މެންޗެސްޓަރ ސިޓީގެ ޕެޕް ގާޑިއޯލާ އަދި އާޖެންޓީނާ ޤައުމީ ޓީމުގެ ލިއޮނަލް ސްކަލޯނީ އެވެ.

މީގެ ތެރެއިން އަލޮންސޯ ވަނީ ލެވަކޫސަން އާއެކު މިދިޔަ ސީޒަންގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ވަނީ ލެވަކޫސަން އާއެކު ޖަރުމަނު ލީގު، ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް ވަނީ ވާދަކޮށްފަ އެވެ.

އަންޗެލޮޓީ ވަނީ ރެއާލާ އެކު ސްޕެނިޝް ލީގުގެ އިތުރުން، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. ފުއެންޓޭ ވަނީ ސްޕެއިން ޤައުމީ ޓީމާއެކު ޔުއެފާ ނޭޝަންސް ލީގު އަދި ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ގަސްޕެރީނީ ވަނީ އެޓަލަންޓާ އާއެކު ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ.

ގާޑިއޯލާ ވަނީ ސިޓީ އާއެކު އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑު ކާމިޔާބު ކޮށްފަ އެވެ. އާޖެންޓީނާ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ސްކަލޯނީ ވަނީ އެ ޓީމާ އެކު ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު