Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މާލީ ހާލަތު

ރާއްޖެ ދަރަނިވެރި ވެދާނެ ކަމުގެ ބިރަށް ސްކޫކް ބޮންޑް ގަތް ފަރާތްތަކުން ހާސްވެ ބޮންޑު ވިއްކަނީ

4 ސެޕްޓެމްބަރު 2024 | ބުދަ 10:53

ރާއްޖޭގެ ސްކޫކް ނުވަތަ އިސްލާމިކް ބޮންޑްގެ އަގު ވަނީ މިދިޔަ ހަފްތާގައި ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައި

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2024 | ބުދަ 10:53
ޔޫއެސް ޑޮލަރު

ޔޫއެސް ޑޮލަރު

ރާއްޖެ ދަރަނިވެރި ވެދާނެ ކަމުގެ ބިރަށް ދިވެހި ރާއްޖޭގެ ސްކޫކް ބޮންޑަށް އިންވެސްޓް ކުރި ފަރާތްތަކުން ހާސްވެ، ވީ ގޮތަކުން އަވަހަށް ބޮންޑް ވިއްކާލަން އުޅޭ ފަރާތްތައް ފާއިތުވި ދެތިން ހަފްތާގައި ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށް މަޝްހޫރު ބްލޫމްބާގް ނޫހުން ބުނެފިއެވެ.

އެމެރިކާ ޑޮލަރުން މައިގަނޑު ގޮތެއްގައި މުއާމަލާތްތައް ހިނގާ ރާއްޖޭގެ ސްކޫކް ނުވަތަ އިސްލާމިކް ބޮންޑްގެ އަގު ވަނީ މިދިޔަ ހަފްތާގައި ޑޮލަރަކަށް 70 ސެންޓަށްވުރެ ދަށަށް ގޮސްފައެވެ. މިއީ މިހާތަނަށް ރެކޯޑު މިންވަރަކަށް ދަށް އަގެއް ކަމަށް ބްލޫމްބާގް އިން ބުނެއެވެ.

Advertisement - newsAdvertisement

ބޮންޑުގެ އަގު މި މަހުގެ ތެރޭގައި ވެއްޓިފައިވާ މިންވަރަށް ބަލާއިރު، ބްލޫމްބާގް އިން ބުނެފައިވަނީ ރާއްޖޭގެ ސްކޫކް ވެފައިވަނީ "ބްލޫމްބާގް އީ.އެމް ސޮވްރިން ޓޯޓަލް ރިޓާން އިންޑެކްސްގައި" އެންމެ ދަށްކޮށް ޕާފޯމް ކުރާ ބޮންޑް ކަމުގައެވެ.

ޑާންސްކް ބޭންކުގެ ޕޯޓްފޯލިއޯ މެނޭޖަރު ސޯރެން މޯރޗް ބުނެފައިވަނީ އެ ބޭންކުން ގަނެފައިވާ މެޖޯރިޓީ ބޮންޑް މިހާރު ވަނީ ވިއްކާލާފައެވެ. އެއީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވަމުން ދިއުމާއި މިހާރު އެ ހާލަތު އިތުރަށް ގޯސްވެފައިވާތީއެވެ.

މިހާރު އުފެދިފައިވާ ސުވާލަކީ، އެހެން މުސްލިމް ގައުމުތަކުން ރާއްޖޭގެ ސްކޫކް ޑިފޯލްޓް ވާން ދޫކޮށްލަފާނެތޯ ކުރެވޭ ސުވާލު ކަމަށް ބްލޫމްބާގް އިން ބުނެފައިވެއެވެ. މިހާތަނަށް އެއްވެސް ގައުމަކުން ސްކޫކް ޑިފޯލްޓް ވެފައެއް ނުވެއެވެ.

ސްކޫކް ބޮންޑަށް އޮތް ޕްރެޝަރ ބޮޑުވީ ހުސްވި ހަފްތާގައި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބޭންކް - ބޭންކް އޮފް މޯލްޑިވްސް، އިން އެ ބޭންކުގެ ކަސްޓަމަރުންނަށް ޑޮލަރު ދޫކުރުމުގައި އިތުރު ލިމިޓްތަކެއް ތަޢާރަފުކުރުމަށް އިއުލާން ކުރުމާ ގުޅިގެންނެވެ. އަދި އެއާއެކު ފިޗް ރޭޓިންގްސްއިން ޖެހިޖެހިގެން ގާތްގާތުގައި ރާއްޖޭގެ ރޭޓިންގ ދަށް ކުރުމާ ގުޅިގެންނެވެ.  ޖޫން މަހުން ފެށިގެން މިދިޔަ މުއްދަތުގައި ދެވަނަ ފަހަރަށް ރާއްޖޭގެ ކްރެޑިޓް ދަރަޖަ ދަށްކޮށްފައެވެ. ފިޗުން ބުނެފައިވަނީ ރާއްޖެ ދަރަނިވެރި ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިކަންކަމުގެ ނަތީޖާ އެއްގެ ގޮތުން ބޮންޑަށް އިންވެސްޓް ކުރި ފަރާތްތަކަށް ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް ލިބިފައިވާ ކަމަށް ބްލޫމްބާގް އިން ބުނެފައިވެއެވެ.

ބްލޫމްބާގް އިން ބުނެފައިވަނީ، ދިވެހިރާއްޖެއިން 2026 ވަނަ އަހަރު 500 މިލިއަން ސްކޫކް ބޮންޑުގެ ދަރަނީގެ ގޮތުގައި ދައްކަންޖެހޭނެއެވެ. އަދި މިވަގުތު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އޮކްޓޯބަރު 8 ވަނަ ދުވަހަށް އިންވެސްޓަރުންނަށް ދައްކަންޖެހޭ ފައިސާ އަށް ކަމަށްވެސް ބްލޫމްބާގް އިން ބުނެއެވެ.

އެމް އެންޑް ޖީގެ ސީނިއަރ އިމާޖިންގ މާކެޓް ސޮވްރިން ޑެޓް ސްޓްރެޓެޖިސްޓް ޕަރވީ ހަރލަލްކާ ބްލޫމްބާގް އަށް ކިޔައިދީފައިވާ  ގޮތުގައި، "ދިވެހިރާއްޖެއިން ވިއްކާފައިވާ ސުކޫކް ޑިފޯލްޓްވުމުގެ ރިސްކު އިތުރުވެފައިވަނީ، ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑުވުމާއި، އެ ފައިސާ ދެއްކުމަށް ބޭނުންވާ ވަރަށް ބޭރު ފައިސާގެ ރިޒާވް ނެތުމުގެ ސަބަބުންނެވެ." އޭނާ އިތުރަށް ބުނި ގޮތުގައި ޗައިނާ ނުވަތަ ގަލްފު ގައުމުތައް ނުވަތަ އިންޑިޔާ ފަދަ ރަހުމަތްތެރި ބޭރު ގައުމަކުން އެންމެ ފަހު ވަގުތު ބޭރު ފައިސާގެ އެހީ ރާއްޖެ އަށް ނުދީފިނަމަ އޮކްޓޯބަރު މަހުގެ ކޫޕަން ފައިސާ ނުދެއްކި ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

"ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވެފައިވީނަމަވެސް، އަސާސީ ބޭނުންތަކަށް ބޭރުން އެތެރެކުރާ ތަކެއްޗަށް ބޮޑަށް ބަރޯސާވުމާއި ރުފިޔާގެ އަގު ޑޮލަރުގެ އަގުގެ ނިސްބަތުން ހިފެހެއްޓުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް އަށް ޕްރެޝަރ ބޮޑު ވެފައިވާ ކަމަށާއި އޯގަސްޓް 29 ގައި ފިޗް އިން ރާއްޖޭގެ ދަރަޖަ "ސީސީ" އަށް ދަށްކޮށްފައިވަނީ ބޭރު ފައިސާ ހުރި މިންވަރު ދަށްވުމުގެ ސަބަބުން ގައުމު ބަނގުރޫޓް ވުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ،" ބްލޫމްބާގް ގައި ބުނެފައިވެއެވެ.

ރިޔާސީ އިންތިޚާބުގައި ޑރ މުއިއްޒު ބޭނުން ކުރެއްވި "އިންޑި އައުޓް" ސްލޯގަން އާއެކު އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު އިންޑިއާ އާ ރާއްޖެއާ އޮންނަ ގުޅުން ހީނަރުވެދާނެ ކަމަށް ބެލެވި އަދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބޮޑު މެޖޯރިޓީއެއް ލިބުނު ހިސާބުން ބައެއް އިންވެސްޓަރުން ރާއްޖެއާ ފެއަށް ޖެހެނު ކަމަށް ބްލޫމްބާގް އިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް