Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ހިންގުން

ސަރުކާރުގެ ކޮންމެ އަމަލަކުން ވެސް ފެންނަނީ ހީލަތްތެރިކަމާއި މަކަރުވެރިކަން - އިހުސާން

އިހުސާން ވިދާޅުވީ ސަރުކާރުގެ ކޮންމެ ނިންމުމަކުން ފެންނަނީ ސަރުކާރުގެ އޮޅުވާލުމާއި ނެއެއްގާނީކަން ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2024 | އަންގާރަ 01:36
އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގެ ތެރެއިން

އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގެ ތެރެއިން

ސަރުކާރުގެ ކޮންމެ އަމަލަކުން ވެސް ފެންނަނީ ހީލަތްތެރިކަމާއި މަކަރުވެރިކަން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

އެނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އިހުސާން ވިދާޅުވީ ސަރުކާރުގެ ކޮންމެ ނިންމުމަކުން ފެންނަނީ ސަރުކާރުގެ އޮޅުވާލުމާއި ނެއެއްގާނީކަން ކަމަށެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ޑޯނިއާ މަތިންދާ ބޯޓާއި، ކަނޑުފަޅު ބެލެހެއްޓުމުގައި ދިވެހިން ނުތިބޭ ކަމަށް ބުނެ އޭރު އޮތް އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރިކަން އިހުސާން ފާހަގަކުރެއްވިއެވެ. އިހުސާން ވަނީ އޭރު ޕީޕީއެމް ޕީއެންސީ އިސްވެ ތިބެ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ސިޔާދަތު ހަލާކުކުރާކަމަށް ބުނެ ވާހަކަތައް ފެތުރިކަން ފާހަގަކުރައްވާފައެވެ. އެކަމުގެ ސަބަބުން އާއްމުންގެ ހިތުގައި ސުވާލު އުފައްދާ ފަދަ އެތައް ވާހަކައެއް އޭރުގެ އިދިކޮޅު ފަރާތްތަކުން ފަތުރާފައިވާކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އިހުސާން ވަނީ އޭރު އެންމެ ބާރަށް ދައްކަމުން އައި ވާހަކަ އަކީ ދިވެހި ކަނޑުތައް ބެލެހެއްޓުމާއި ދޯނިޔާ މަތިންދާ ބޯޓު ބެލެހެއްޓުމުގެ ޤާބިލްކަން ދިވެހިންގެ ކިބައިގައި ހުރިކަމަށް ބުނެ ދެއްކި ވާހަކަތައް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު އެކަންކަމާއި ގުޅޭގޮތުން ނިންމަމުންދާ ނިންމުންތަކަކީ އޮޅުވާލުމާއި މަކަރުގެ ތެރެއިން ކުރާ ކަންކަން ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އިހުސާން އިތުރަށް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން މޮނިޓަރކުރުމަށް އެކުލަވާލާ ސޮފްޓްވެއަރ އެކުލަވާލުން ބޭރުގެ ކުންފުންޏަކަށް ދިނުމުގައި ވެސް ސަރުކާރުގެ އޮތީ ހީކަތްތެރިކަން ކަމަށް ސިފަކުރައްވާފައެވެ. ދިވެހިންގެ ޤާބިލް އެތައް ބަޔަކު ސޮފްޓްވެއަރތައް އެކުލަވާލުމުގައި ހަރަކާތްތެރިވާ އިރު ބޭރު ބަޔަކަށް އެކަން ކުރަން ދޭންވީ ކޮން ސަބަބަކާއި ހުރެތޯ އޭނާ ސުވާލު އުފެއްދެވިއެވެ. މިއަދު ވެރިކަމުގައި ތިބެ ޤާބިލް ދިވެހިންނަށް ފުރުސަތު ނުދެނީ ކީއްވެތޯ އޭނާ ސުވާލުކެއްވިއެވެ.

ސަރުކާރުގެ ކޮންމެ އަމަލަކުން ވެސް ފެންނަނީ ހީލަތްތެރިކަމާއި އޮޅުވާލުން ނިމިިދޔަ ސަރުކާރުން ވަނީ ބިދޭސީންގެ ކަންކަން މޮނިޓަރކުރުމަށް ނިމިދިޔަ ސަރުކާރުން ވަނީ ދިވެހި ޑިވެލޮޕަރުންތަކެއް ލައްވާ ޑެވެލޮޕްކުރުމުގެ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މިހާރު އެ މަސައްކަތް މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކުރަން ސަރުކާރުން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެކަމުގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު