Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ރޮނާލްޑޯ ފަސްމެޗަށް ސަސްޕެންޑް ކޮށްފި

ރޮނާލްޑޯއަށް އައީ 4 މެޗުގެ ސަސްޕެންޝަނެއް.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2017 | ހޯމަ 15:02
ރޭގެ މެޗުގެ ތެރެއިން: ރޮނާލްޑޯއަށް ރެފްރީ ދެވަނަ ރީނދޫ ކަޑާއި އެކު ރަތްކާޑު ދައްކަނީ

ރޭގެ މެޗުގެ ތެރެއިން: ރޮނާލްޑޯއަށް ރެފްރީ ދެވަނަ ރީނދޫ ކަޑާއި އެކު ރަތްކާޑު ދައްކަނީ

ރެއާލް މެޑްރިޑުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ފަސްމެޗަށް ސަަސްޕެންޑް ކޮށްފިއެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑް ކޮށްފައި ވަނީ ސްޕެނިޝް ސުޕަކަޕްގައި ބާސެލޯނާއާ ދެކޮޅަށް ރޭ ކުޅެ 1-3 އިން މޮޅުވި އެލްކްލެސިކޯ މެޗުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެންނެވެ.

ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑް ކުރެވިފައިވާ ކަމަށާއި އޭނާއަށް ފަސްމެޗުގެ ސަންޕެންސަނެއް އައިސްފައި ވަނީ ސްޕެނިޝް ސުޕަކަޕްގައި ރޭ ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހާދިސާއަކާ ގުޅިގެން ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑް ކުރެވިފައިވާއިރު އޭގެތެރެއިން އެއް މެޗަކީ ރަތްކާޑާއި ގުޅިގެން އޮޓަމެޓިކުން ލިބުނު ސަސްޕެންޝަން އެއް ކަމަށެވެ. ރެފްރީ ރަތްކާޑު ދެއްކުމުން ރޮނާލްޑޯ ރެފްރީގެ ބުރަކަށީގައި އަތްއަޅާ ކޮށްޕާލުމުގެ ކުށުގައި އޭނާއަށް ދީފައިވަނީ 4 މެޗުގެ ސަސްޕެންޝަންއެއް ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ ރޮނާލްޑޯއަށް އަދަބު ދީފައި ވަނީ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާފައި ކަމަށާއި ފެޑެރޭޝަނުން ބޭނުންނަމަ 12 މެޗުގެ ސަސްޕެންޝަންއެއްވެސް ދެވިދާނެ ކަމަށެވެ.

" ރޮނާލްޑޯއަށް ދީފައިވަނީ ނިސްބަތުން ކުޑަ އަދަބެއް. ފެޑެރޭޝަނުން ބޭނުންނަމަ ރޮނާލްޑޯއަށް 12 މެޗުގެ ސަސްޕެންޝަނެއް ދެވިދާނެ. އެހެން ނަމަވެސް ކަމުގެ ކުޑަބޮޑުމިނަށް ބަލާފަ އަދަބު ދިނީ. ރޮނާލްޑޯ ސަސްޕެންޑް ކުރީ 4 މެޗަށް. އަނެއް މެޗަކީ ރަތް ކާޑުގެ ސަބަބުން އޮޓަމެޓިކުން ރޮނާލްޑޯ އަށް އައި ސަސްޕެންޝަނެއް." ބަޔާނުގައި ވެއެވެ.

ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ގަވައިދު ބުނާ ގޮތުން ކުޅުންތެރިޔަކު ރެފްރީއާ އެއްވެސް ވަރަކަށް ހަމަނުޖެހުމެއް ހިންގާ ކޮއްޕާލާ އަދި ގައިގަ އައްލައިފި ނަމަ އަދަބެއްގެ ގޮތުގައި ހަތަރު މެޗާ 12 މެޗާ ދޭތެރޭގައި ސަސްޕެންޝަނެއް އަންނާނެ އެވެ.

ރޮނާލްޑޯ އަށް މި ސަސްޕެންޝަނުގެ ސަބަބުން ގެއްލޭނީ ހަމައެކަނި ސްޕެއިންގެ މުބާރާތްތަކުގެ މެޗުތަކެވެ. އެހެން ކަމުން އަންނަ ބުދަ ދުވަހުގެ ރޭ ކުޅޭ ސްޕެނިޝް ކަޕްގެ ދެވަނަ ލެގުގެ މެޗުގެ އިތުރުން ސްޕެނިޝް ލީގުގައި ރެއާލް ކުޅޭ ފުރަތަމަ ހަތަރު މެޗު ވެސް ރޮނާލްޑޯއަށް ގެއްލޭނެއެވެ.

މި މެޗުގައި ރޮނާލްޑޯ ކުޅެން އަރާފައި ވަނީ މެޗުގެ ފަހުހާފުގައެވެ. ރޮނާލްޑޯއަށް މެޗުގެ ފުރަތަމަ ރީނދޫ ކާޑު ދައްކާފައި ވަނީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ލައިގެން ހުރި ޖާޒީ ބޭލުމުންނެވެ. ރޮނާލްޑޯއަށް މެޗުގެ ދެވަނަ ރީނދޫ ކާޑާއި އެކު ރަތްކާޑު ދެއްކީ ޕެނަލްޓީ ހޯދަން ބާސާގެ ޕެނަލްޓީ އޭރިޔާތެރެއަށް ޑައިވް ކުރި ކަމަށް ނިންމާފައެވެ. ރޮނާލްޑޯ ވަނީ ރެފްރީގެ މި ނިންމެވުމާއި މެދު ހިންހަމަ ނުޖެހިގެން ރެފްރީގެ ބުރަކަށީގައި އަތްއަޅާ ކޮށްޕާލާފައެވެ.

ޕެނަލްޓީ އޭރިޔާތެރެއަށް ޕެނަލްޓީ ހޯދަން ގަސްތުގައި ޑައިވް ކުރިކަމަށް ބަލާ ރެފްރީ ރޮނާލްޑޯއަށް ދެވަނަ ރީނދޫ ކާޑައި އެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި ނަމަވެސް މެޗުގެ ރީޕްލޭއިން ފެންނަގޮތުގައި ބާސާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ އުމްޓިޓީ އާއި ރޮނާލްޑޯއާ ދެމެދު ކޮންޓެކްޓެއް ހިނގާފައިވާތަން ފެނެއެވެ.

އެގޮތުން ދުނިޔޭގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެފްރީ ރޮނާލްޑޯއަށް ދައްކާފައިވާ ރަތްކާޑަކީ އޭނާއަށް ނުހައްގުން ދީފައިވާ އަދަބެކެވެ. އަދި ރޮނާލްޑޯ ޕެނަލްޓީ ހޯދަން ގަސްތުގައި ޑައިވްކޮށް ފައިވާކަމަށް ގަބޫލް ނުކުރެވޭކަމަށް ވެސް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯއަށް ރެފްރީ ނުހައްގުން އަދަބު ދީފައިވާއިރު ރެފްރީގެ މައްސަލަ ވެސް ބަލާ ފިޔަވަޅުއަޅަން ޖެހޭނެއެވެ.

މި އަދަބު ރޮނާލްޑޯއަށް ލިބުނުއިރު މިއީ އޭނާ ރެއާލް މެޑްރިޑަށް ބަދަލުވިފަހުން މިފަދަ ބޮޑު އަދަބެއް ލިބުނުރަތަމަ ފަހަރެވެ.

ރޮނާލްޑޯއަށް މި މެޗާގުޅިގެން ދިން ސަސްޕެންޝަން އެޕީލް ކުރުމަށް ރެއާލްއަށް ވަނީ 10 ދުވަހުގެ މުއްދަތެއް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުންދީފައެވެ.

ރެއާލްގެ ކޯޗު ޒިދާން ވަނީ ރޮނާލްޑޯއަށް ދެއްކި މި ރަތްކާޑުގެ ސަބަބުން ހިންހަމަ ނުޖެހުން ފާޅުކޮށް، އަދި މިމައްސަލަ އެޕީލް ކުރާނެކަމަށް ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު