Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ ޑިފެންޑަރުންނާއި ފޯވާޑުން އެކުވެގެން: އަންޗެލޮޓީ

29 އޯގަސްޓު 2024 | ބުރާސްފަތި 06:25

ރެއާލްގެ އެންމެ ފުރިހަމަ މާނައިގައި ފެންނަން މިއަހަރު ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޯގަސްޓު 2024 | ބުރާސްފަތި 06:25
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ

ސްޕެނިޝް ލީގުގެ ތިން ވަނަ މެޗަށް ރެއާލް މެޑްރިޑު ކުރިމަތިލާއިރު، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އައު ސީޒަންގެ ސްޕެނިޝް ލީގުގައި ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުން ރެއާލް މޮޅުވެފައިވާއިރު، ތިން ވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނިކުންނާނީ ލަސް ޕަލްމާސްއާ ދެކޮޅަށެވެ.

އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިދިޔަ ސީޒަންގެ ސްޕެނިޝް ލީގު ރެއާލަށް ކާމިޔާބުކޮށްދިން އަންޗެލޮޓީ ބުނީ، ޓީމެއްގެ ގޮތުގައި ރެއާލްގެ ކުޅުންތެރިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނީ ރެއާލްގެ ޑިފެންޑަރުންނާއި، ފޯވާޑުން އެކުވެގެން ކުރާ މަސައްކަތުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ލަސް ޕަލްމާސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗަކީ ވާދަވެރި އަދި އުނދަގޫ މެޗަކަށް ވާނެ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. ޚާއްސަކޮށް އައު ސީޒަންގެ ކުރީކޮޅު ކުޅެން ޖެހޭ މެޗުތައް ވަރުގަދަ ވާނެ ކަމަށާއި، އުނދަގޫ ވާނެ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. އެހެންކަމުން ލަސް ޕަލްމާސްގެ މެޗު ވެސް އޭނާ އަށް ސިފަ ކުރެވެނީ އެގޮތަށްކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އޭނާ އުންމީދު ކުރަނީ ހުޅުވާލެވިގެން ކުޅެވޭ، ޝައުޤުވެރި މެޗަކަށް ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ރެއާލަށް އޮންނަ ޗެލެންޖު ބަދަލުވާ ކަމަށާއި، އެކަން އެހެން ދިމާވަނީ ކޮންމެ އަހަރކު ވެސް ޓީމަށް އަދި ޓީމުގެ އޮނިގަނޑަށް ބަދަލުތަކެއް އަންނާތީ ކަމަށް އަންޗެލޮޓީ ބުންޏެވެ. މިދިޔަ އަހަރަށް ބަލާއިރު އެންމެ ބޮޑަށް ބޭނުން ވެފައި އޮތީ ވަގުތު ކަމަށާއި، ބައެއް މެޗުތަކުގެ އެންމެ ފަހު ވަގުތު ރެއާލް މޮޅުވެފައިވާކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. އެހެންކަމުން ރެއާލްގެ އެންމެ ފުރިހަމަ މާނައިގައި ފެންނަން މިއަހަރު ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ބުންޏެވެ.

ލަސް ޕަލްމާސްގެ ދަނޑުގައި ރެއާލުން އެ ޓީމާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12:30 ގައެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް