Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުންފަތު އިސްތިއުމާލުކުރާ މައްސަލަ

މަނާ ސަރަހައްދުތަކުގައި ދުންފަތު އިސްތިއުމާލުކުރާނަމަ އަޅާ ފިޔަވަޅުތައް ހަރުކަށި ކުރާނަން: މިނިސްޓަރު ހަލީލު

އެ މަސައްކަތުގެ ދިރާސާތައް ވަނީ ނިމިފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2024 | ހުކުރު 07:38
ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް ވާހަކަދައްކަވަނީ

މަނާ ސަރަހައްދުތަކުގައި ދުންފަތު އިސްތިއުމާލުކުރާނަމަ އަޅާ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވައި މިނިސްޓަރު ހަލީލު ވިދާޅުވީ ދުންފަތާ ދުރު މުޖުތަމައުއެއް ބިނާ ކުރުމަށް މަސައްކަތް ކުރާ ކަމަށާއި، މިހާރު ވެސް ދުންފަތު އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތައް ކަނޑައަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ގަވާއިދާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އެޅުން ހަރުކަށި ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު ހަލީލު ވިދާޅުވީ އެ މަސައްކަތުގެ ދިރާސާތައް ނިމިފައިވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ގަވާއިދާ ހިލާފުވާ މީހުންނަށް މިހާރަށް ވުރެ ބޮޑު އަދަބެއް ދެވޭނެ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ހަލީލު ވިދާޅުވީ ކެއުންބުއިމުގެ ޚިދުމަތް ދޭ ތަންތަނުގައި ވެސް ދުންފަތު އިސްތިއުމާލު ކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ދުންފަތު އިސްތިއުލާމު ކޮށްގެން އެފަދަ މައްސަލަތަކުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިންސްޕެކްޝަން ވަރުގަދަ ކުރާނެ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.

ދެހާސްދިހަ ވަނަ އަހަރު އަމަލު ކުރަން ފެށި ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން އާންމުކޮށް ހުޅުވާލެވިފައިވާ ސަރަހަރައްދުތަކުގެ ތެރެއިން ގިނަ ބަޔަކު އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. އަދި މަގު މަތިން ވަދެ ނިކުމެވާ ދޮރާށިތަކާއި ގޭޓުތަކުގެ ކުރިމަތިތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. ކެފޭ/ރެސްޓޯރެންޓް ތަންތަނުގައި ވެސް ދުންފަތު އިސްތިއުމާލު ކުރުމަށް ވަކި ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައި ހުންނަން ޖެހެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއްގައި އެކަން ކުރާ މީހެއް 500 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. ނަމަވެސް މިހާރު މި ގާނޫނަށް ބެލުމެއް ނެތި ދުންފަތު އިސްތިއުމާލު ކުރުމަކީ އާއްމު ކަމެކެވެ. ސަރުކާރުގެ އިދާރާތަކުން ފިޔަވަޅެއް ނާޅައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު