Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިޒްރޭލުގެ ހަމަލާތަކުން އެއްދުވަހުގެ ތެރޭގައި 35 ފަލަސްތީން މީހުން ޝަހީދުވެއްޖެ

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ރައްޔިތުން މަރުވަމުން ދާއިރު ޣައްޒާގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި "މުޅި ޞިއްޙީ ޚިދުމަތް ވަނީ ފުނޑުފުނޑުވެފަ" އެވެ.

ރާއްޖެ އެމްވީ | 20 އޯގަސްޓު 2024 | އަންގާރަ 02:39
އިޒްރޭލުގެ ހަމަލާއެއްގައި ޒަޚަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ

އިޒްރޭލުގެ ހަމަލާއެއްގައި ޒަޚަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި އެއް ދުވަހުގެ ތެރޭގައި މަދުވެގެން 35 ފަލަސްޠީނު މީހުން ޝަހީދުވެއްޖެ ކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ.

އަނެއްކޮޅުން، ހޮސްޕިޓަލްތަކުން ތެޔޮ ހުސްވަމުން ދިއުމާއެކު ފަރުވާ ހޯދަމުންދާ ކުޑަކުދިންގެ ފުރާނަ ގެއްލުމުގެ ނުރައްކާ އޮތް ކަމަށް ސިއްހީ އޮފިޝަލުން ބުނެފައިވާ ކަމަށްވެސް އަލް ޖަޒީރާ އިން ހާމަ ކޮށްފައިވެއެވެ.

ހޯމަ ދުވަހު ޝަހީދުވި މީހުންގެ ތެރޭގައި އިސްރާއީލު ބާރުތަކުން ޣައްޒާ ސިޓީ އަށް ދިން ހަމަލާތަކުގައި ޝަހީދުވި 13 މީހުން ހިމެނެއެވެ.

އަލްޖަޒީރާ އިން ބުނާ ގޮތުގައި މީގެ ތެރެއިން މަދުވެގެން 9 މީހުން ޝަހީދު ވެފައިވަނީ ހުޅަނގު ޣައްޒާ ސިޓީގައި ހުންނަ އދ. އިން ހިންގާ ޝާޠީ ރެފިއުޖީ ކޭމްޕުގައި ތިބި ފަލަސްޠީނުންގެ ބަޔަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައެވެ.

ހޯމަ ދުވަހު އުތުރު ޣައްޒާ ސިޓީގެ އަޒް-ޒަރްޤާ ސަރަޙައްދުގައި އާންމު މީހެއްގެ ކާރަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި އިތުރު 4 މީހުން ޝަހީދުވި ކަމަށް ފަލަސްޠީނުގެ އިންފޮމޭޝަން ސެންޓަރުން ބުނެފައިވެއެވެ.

އަލް ޖަޒީރާ އިން ބުނެފައިވަނީ އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ދެކުނު ޣައްޒާ ސިޓީގެ ޞަބްރާ ސަރަޙައްދުގެ ގެތަކަށް ވެސް ހަމަލާދެމުންދާ ކަމަށެވެ.

ކަމާލް އަދްވާން ހޮސްޕިޓަލުގެ ޑިރެކްޓަރު ޙުސާމް އަބޫ ސަފިއްޔާ އަލް ޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ "ތެލުގެ ދަތިކަމުގެ ސަބަބުން ހޮސްޕިޓަލް ބަންދު ކުރަން ޖެހުމުގެ ބިރު އޮތުމާއެކު، ނާސަރީ އަދި އިންޓެންސިވް ކެއަރ ޔުނިޓުތަކުގައި ތިބި 11 ބަލި ކުދިންގެ ފުރާނަ ގެއްލުމުގެ ނުރައްކާ އެބައޮތް" ކަމަށެވެ.

އަބޫ ސަފިއްޔާ އިންޒާރުދެއްވީ ފަރުވާ އަށް އެނދުމަތި ކޮށްފައިވާ ކުޑަކުދިންގެ ތެރޭގައި ވަރަށް ތުއްތު ކުދިން ހިމެނޭ ކަމަށާއި، އުތުރު ޣައްޒާއަށް ތެޔޮ ނުލިބޭހާ ހިނދަކު އެކުދިންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ނުބެލޭ ކަމަށެވެ.

އަލްޖަޒީރާގެ ނޫސްވެރިން ބުނާ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބޭހާއި ތެޔޮ ޣައްޒާގެ އުތުރަށް ފޮނުވާފައެވެ.

އެހެންނަމަވެސް މިހާތަނަށް އަދިވެސް އެ ތަކެތި ހުރީ ޗެކްޕޮއިންޓުގައި، އިޒްރޭލު ސިފައިންގެ ފަރާތުން ހުއްދަ ނުލިބޭތީ ތާށިވެފައެވެ. އެހެން ކަމުން އެތަކެތި އަވަހަށް ހޮސްޕިޓަލަށް ފޯރާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ފަލަސްތީނުގެ މިނިސްޓްރީ އޮފް ހެލްތުން ބުނާގޮތުގައި، އޮކްޓޯބަރު 7 އިން ފެށިގެން މަދުވެގެން 33 ސިއްހީ މަރުކަޒު ވަނީ ޚިދުމަތް ދިނުން ހުއްޓާލާފައެވެ. ބާކީ ހުރި ސިއްހީ ޚިދުމަތްދޭ ތަންތަނަށް ޚިދުމަތް ދިނުމަށް ކޮންމެ ދުވަހަކު މަދުވެގެން 4،000 ލީޓަރު ތެޔޮ ބޭނުންވެއެވެ.

އެހެން ނަމަވެސް އިޒްރޭލު ސިފައިން ޣައްޒާ ހިސޯރުކޮށްފައި އޮތުމުގެ ސަބަބުން ހޮސްޕިޓަލްތަކަށް ބޭނުންވާ ތެލާއި ބޭސް ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި ކަމަށް ސިއްހީ އޮފިޝަލުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.  

އިތުރަށް ކިޔާލަން

10 އޯގަސްޓު 2017

ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

10 އޯގަސްޓު 2017
ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ
01 އޯގަސްޓު 2017

މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

01 އޯގަސްޓު 2017
މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި
02 ޖުލައި 2017

ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި

02 ޖުލައި 2017
ކަރަޕްޝަންގެ މައްސަލައެއްގައި ޖަލުގައި ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު އޮލްމާޓް ކަފާލުތުގެ ދަށުން މިނިވަން ކޮށްފި
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
11 މާރިޗު 2017

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު