Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިކާއީ ގުންޑޮގަން

ގުންޑޮގަން އާއި ބާސެލޯނާ މައްސަލަ ޖެހިއްޖެ

18 އޯގަސްޓު 2024 | އާދީއްތަ 11:52

ސްޕެނިޝް ލަލީގާ ރޭ ބާސެލޯނާއިން ފެށީ އެ ޓީމުގެ ޖަރުމަނު މިޑްފީލްޑަރު އިކާއީ ގުންޑޮގަން ނުލަ އެވެ. އޭނާ އަކީ މިވަގުތު ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ހާއްސަކޮށް އޭނާ ވަރުގެ މިޑްފީލްޑަރަކު ޓީމުގައި ނެތެވެ. ނަމަވެސް ސްޕޭނުގެ ރިޕޯޓްތައް ބުނާ ގޮތުން ގުންޑޮގަން މިހާރު ބޭނުންވަނީ ބާސެލޯނާ ދޫކޮށްލާށެވެ.

ރާއްޖެ އެމްވީ | 18 އޯގަސްޓު 2024 | އާދީއްތަ 11:52
އިކާއީ ގުންޑޮގަން

އިކާއީ ގުންޑޮގަން

ސްޕެނިޝް ލަލީގާ ރޭ ބާސެލޯނާއިން ފެށީ އެ ޓީމުގެ ޖަރުމަނު މިޑްފީލްޑަރު އިކާއީ ގުންޑޮގަން ނުލަ އެވެ. އޭނާ އަކީ މިވަގުތު ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ހާއްސަކޮށް އޭނާ ވަރުގެ މިޑްފީލްޑަރަކު ޓީމުގައި ނެތެވެ. ނަމަވެސް ސްޕޭނުގެ ރިޕޯޓްތައް ބުނާ ގޮތުން ގުންޑޮގަން މިހާރު ބޭނުންވަނީ ބާސެލޯނާ ދޫކޮށްލާށެވެ.

މައްސަލަ ފެށެނީ ކުލަބުން ބޭނުންނުވިޔަސް ކުޅުންތެރިޔާ ދާން ބޭނުންވުމުން މި ހިސާބުންނެވެ. މާލީ އަޑިގަނޑެއްގައި އޮތް ކުލަބުން މި ސީޒަނަށް ތައްޔާރުވީ ގުންޑޮގަން އަކީ މުހިންމު ކުޅުންތެރިއަކަށް ހަދައިގެންނެވެ. އޭނާ ވެސް ކުރިން ހުރީ ކުލަބުގައި މަޑުކުރާ ގޮތަށެވެ. އެކަމަކު ހިޔާލު ތަފާތުވީ ކުއްލި ގޮތަކަށެވެ. ފަހަރުގައި މިއީ ބާސެލޯނާގެ އެތެރޭގައި ވަކިވަކި ކުޅުންތެރިންނާމެދު ކުރެވުނު ބަހުސްގައި ގުންޑޮގަންއާމެދު ދެއްކި ވާހަކަތައް ބޭރަށް ފޭދުމުގެ ސަބަބަކަށްވެސް ވެދާނެ އެވެ. ކުލަބުން ހިތްހަމަޖެހޭ އަގެއް ލިބިއްޖެނަމަ ބާސެލޯނާ އޮތީ މަދު ކުޅުންތެރިއަކު ނޫނީ ވިއްކާލަން ތައްޔާރަށެވެ. ސަބަބަކީ މާލީ ހާލަތުން އަރައިގަތުމެވެ.

ބާސެލޯނާއަށް ހިލޭ ޓްރާންސްފާއެއްގައި ގުންޑޮގަން މިދިޔަ އަހަރު ބަދަލުވީ ދެ އަހަރު ދުވަހަށެވެ. އެކަމަކު 33 އަހަރުގެ މިޑްފީލްޑަރު ބޭނުންވާނަމަ އިތުރު އެއް އަހަރު މަޑުކުރެވޭނެ އެވެ. ނަމަވެސް އެއް ސީޒަނަށް ފަހު އޭނާ ބާސެލޯނާ ދޫކޮށްލަން ބޭނުންވީ ކުއްލިއަކަށެވެ. ސްޕޭނުގެ ނޫސްތަކަށް ވެސް މިއީ ކީއްވެކަމެއް ޔަގީނެއްނޫނެވެ. އެކަމަކު ގުންޑޮގަން އަށް ހުށަހެޅުން ލިބިފައިވަނީ ތުރުކީ އާއި ސައޫދީ އަރަބިއާއިންނެވެ. ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ދާދި ފަހުން ކޯޗުކޮށްދޭން ފެށި ތުރުކީގެ ފެނަބާޗޭއިން ގުންޑޮގަން ގަންނަން ބޭނުންވެ އެވެ. އެކަމަށް މަގުފަހިކޮށްދޭން ކުޅުންތެރިޔާ ހުރިނަމަ މޮރީނިއޯ ހުރީ ކޮންމެ ގޮތަކަށް މިކަން ކުރަން ތައްޔާރަށެވެ.

ގުންޑޮގަން ނުލައި ބާސެލޯނާއިން ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅެން ނުކުރީ ތަޖުރިބާމަދު ޒުވާން ދެ މިޑްފީލްޑަރުން ގޮވައިގެންނެވެ. އޭނާ ކުޅެން ބޭނުންނުވީ ކަމަށްވެ އެވެ. ނަމަވެސް ކޯޗު ޖަރުމަނުގެ ހަންސީ ފްލިކް އޭނާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުގެ ވަގުތުކޮޅެއް ކުރީ ބުނީ ގުންޑޮގަން މެޗުގައި ނުކުޅެނީ މުޅިން ފިޓްނުވާތީ ކަމަށެވެ. އެކަމަކު އޭނާ އަށް ލިބުނު އަނިޔާއަކީ ކޮބާކަމެއް ވެސް ކުލަބުން ވެސް ކުޅުންތެރިޔާ ވެސް ނުބުނެ އެވެ. ސްޕޭނުގެ ސްޕޮޓް ނޫހުން ބުނަނީ ގުންޑޮގަން ނުކުޅުނީ މެޗުގައި ކުޅެފިނަމަ އޭނާއަށް ބާސެލޯނާ ދޫކޮށްލަން ހުރަސް އެޅިދާނެތީ ކަމަށެވެ.

ގުންޑޮގަން އަކީ ތުރުކީ ދަރިކޮޅުގެ މީހެކެވެ. 2018 ވަނަ އަހަރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދްގާންއާ ބައްދަލުކުރުމަށްފަހު މިއީ އަހަރެންގެ ރައީސް ކަމަށް ބުނުމުން ގުންޑޮގަން އަށް ޖަރުމަނުގެ ގައުމީ ޓީމުން ވެސް ޖާގަ ގެއްލުނެވެ. އެއަށްފަހު އޭނާ އަށް އަލުން ޓީމު ޖާގަ ލިބުނީ އަހަރުތަކެއް ފަހުންނެވެ. އަނެއްކޮޅުން ބާސެލޯނާއަށް މިދިޔަ ސީޒަން ފެށުމުގެ ކުރިން ބަދަލުވެ ލިބުނު މެހުމާންދާރީއާއެމު ގުންޑޮގަން އަށްވުރެ ބޮޑަށް ހިތްހަމަނުޖެހިފައިހުރީ އޭނާގެ އަންހެނުންނެވެ. އިނގިޜޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީގައި އަށް އަހަރު ހޭދަކޮށް އުފާވެރި ދިރިއުޅުމެއް އުޅުނު ނަމަވެސް ބާސެލޯނާ އަށް ބަދަލުވެ، އުޅޭނެ ގެއެއް ހޯދުމާއި ތަކެތި ބަދަލުކުރުމުގައި ކުލަބުގެ އެހީތެރިކަން ކުޑަކަމުން ގުންޑޮގަން މައްސަލަ ވެސް ޖެއްސި އެވެ. ބާސެލޯނާއިން މިކަން ފަހުން ރަނގަޅު ކުރީ ސީދާ ކުލަބުގެ ރައީސް ހުއާން ލަޕޯޓާގެ އެންގެވުމަށެވެ.

މިހާރު ދިމާވެފައިވާ މައްސަލައަކީ ފަހަރުގައި ބާސެލޯނާގައި މާލީ ދަތިތަކުގެ ސަބަބުން ތަށި ހޯދޭ ވަރުގެ ވަރުގަދަ ސްކޮޑެއް ނެތުން ކަމަށް ވެސް ވެދާނެ އެވެ. ނޫނީ ތުރުކީން ނުވަތަ ސައޫދީގެ ހުށަހެޅުމަށް އިޖާބަދީފިނަމަ ކެރިއަރުގެ ފަހުކޮޅު މާ ރަނގަޅު މާލީ ފައިދާއެއް ލިބުން ކަމަށްވެސް ވެދާނެ އެވެ. ކޮންމެއަކަސް ގުންޑޮގަން އަދި ހުރީ ބާސެލޯނާގެ ޖާޒީގައި އިތުރު މެޗެއް ކުޅޭ ގޮތަކަށްނޫނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް