Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫނު ބުރުގާ އެޅުން

މޫނު ބުރުގާ އަޅާތީ އަނެއްކާ ވެސް ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި

މޫނު ބުރުގާ އަޅައިގެން ކިޔަވައިނުދޭން އެންގި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2017 | ހޯމަ 03:35
މޫނު ބުރުގާ އަޅައިގެން ތިބި ތިން އަންހެނަކު މަގުމަތީގައި

މޫނު ބުރުގާ އަޅައިގެން ތިބި ތިން އަންހެނަކު މަގުމަތީގައި

މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭތީ އއ. މަތިވެރި ސްކޫލްގެ ޓީޗަރަކު ވަޒީފާއިން ވަކިކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވަޒީފާއިން ވަކިކޮށްފައި ވަނީ އެރަށު ދޫރެސް, އާއިޝަތު ސުޒީ އެވެ. ޕްރައިމަރީ ޓީޗަރެއްގެ މަގާމުގައި މަތިވެރި ސްކޫލްގައި ސުޒީ މަސައްކަތް ކުރާތާ ހަތް އަހަރުވެއްޖެ އެވެ.

Advertisement - newsAdvertisement

ސުޒީ ވަޒީފާއިން ވަކިކޮށް ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވި ޗިޓުގައި ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ސިވިލް ސަރވިސްގެ ގަވާއިދާ ޚިލާފުވުމުންނެވެ.

މިއަހަރުގެ ޖެނުއަރީގައި މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނައުމަށް އެޑިއުކޭޝަން މިނިސްޓްރީން އޭނާއަށް އެންގި އެވެ.

"ވީމާ، ތިޔަ ސްކޫލުގެ ޕްރައިމަރީ ޓީޗަރު އާއިޝަތު ސުޒީ މޫނު ނިވާކޮށްގެން ސްކޫލަށް ހާޒިރުވާނަމަ، ކާކުކަން އެނގޭފަދަ ގޮތަކަށް ސުކޫލަށް ހާޒިރުވުމަށް އޭނާއަށް އެންގެވުން އެދެމެވެ," އެޑިއުކޭޝަން މިިނިސްޓްރީއިން މަތިވެރި ސްކޫލަށް ފޮނުވި މެސެޖުގައި ބުނެފައި ވެއެވެ.

ސުޒީއަށް މޫނު ބުރުގާ އަޅައިގެން ކިޔަވައިނުދެވޭނެ ކަމަށް ސްކޫލުން އެންގުމުން ބެލެނެވެރިންތައް ކައުންސިލް ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށް، ކުދިން ސްކޫލަށް ނުފޮނުވާ ވެސް ތިއްބެވެ.

މޫނު ބުރުގާ އަޅައިގެން ސުޒީ މިދިޔަ އަހަރު ވެސް ކިޔަވައިދިނެވެ. އެކަމަކު އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައީ މޫނު ނިވާކޮށްގެން ޓީޗަރަކު ކިޔަވައިދޭތީ ބެލެނިވެރިއަކު މިނިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުންނެވެ.

މަތިވެރީ ކައުންސިލުން ބުނީ މޫނު ނިވާކޮށްގެން ހުއްޓަސް، 400 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ އެންމެންނަށް ވެސް ސުޒީ ފެނުމުން އެނގޭނެ ކަމަށާއި އަދި އޭނާ އަށް ސްކޫލަށް ވަދެވޭނީ ވެސް ފިންގަޕްރިންޓް ޖަހައިގެން ކަމުން އެއީ ކާކުކަން އެނގޭނެ ކަމަށެވެ.

މޫނު ބުރުގާ އަޅަިއގެން ކިޔަވައިނުދިނުމަށް ސުޒީއަށް އެންގީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގައި "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް" ބަޔާންކުރާ ޗެޕްޓަރ 14 ގެ 145 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނެފައިވަނީ ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަމަލާތް ކުރާ ފަރާތަކަށް އެމީހަކު ފާހަގަކޮށް އެނގެންޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭ ފަދަ ގޮތެއްގައި ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުން މޫނު ބުރުގާ އަޅައިގެން މަސައްކަތަށް ނިކުތުން މަނާ ކުރާ ޤަވާއިދަކީ، ބާތިލް އެއްޗެއް ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެގޮތުން ޑރ. އިޔާޒް އަބްދުލްލަތީފް ވިދާޅުވެފައިވަނީ އައުރަ ނިވާނުވާ ވަރުގެ ހެދުން ލައިގެން އޮފީސްތަކަށް ދާއިރު އެއްވެސް މައްސަލައަކަށް ނުވެފައި، ނިވާ ކޮށްގެން ދާ ޓީޗަރަށް ހުރަސް އެޅުމަކީ ބޮޑު މައްސަލަ އެއް ކަމަށާއި އެއީ މި ސަރުކާރުގެ ލާދީނީ ކަމުން ވާ ގޮތް ކަމަށެވެ. ޑރ. އިޔާޒް ވިދާޅުވެފައިވާ ގޮތުގައި އިސްލާމްދީނާ ޚިލާފު އެއްވެސް ގާނޫނެއް ގަވާއިދެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައ ބުނާއިރު، ސިވިލް ސަރވިސް ގަވާއިދު ބާތިލްވާނެ ކަމަށެވެ.

މީގެ ކުރިން، މިއަހަރުގެ ޖެނުއަރީގައި އއ. ރަސްދޫ ސްކޫލްގެ ޓީޗަރަކު ވެސް މޫނުބުރުގާ ނުނެގުމުން ވަޒީފާއިން ވަކިކޮށްފައިވެއެވެ. އަދި ތުނބުޅި ދިގުކޮށް، ފައިކުރި ކުރުކޮށްފައި ބެހެއްޓި އިމިގްރޭޝަނުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު