Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަހޫދީންެގެ އަނިޔާވެރިކަން

ފަލަސްތީން މީހުންގެ ގޯތި ގެދޮރުގައި ހައްދުފަހަނަ އެޅި ޔަހޫދީން ހުޅު ޖަހަނީ

މި ޖަރީމާ ކުށްވެރިކޮށް ހަމާސް އިން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި މިފަދަ ޖަރީމާތައް ހިންގައިގެން ފަލަސްތީން ރައްޔިތުން މިނިވަންކަން ހޯދަން ކުރާ ހިތްވަރު ބަލި ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 16 އޯގަސްޓު 2024 | ހުކުރު 01:38
ފަލަސްތީނުގެ އަވަށެއްގައި ހައްދުފަހަނަ އެޅި ޔަހޫދީންގެ ބަޔަކު ހުޅު ޖަހާފައި

ފަލަސްތީނުގެ އަވަށެއްގައި ހައްދުފަހަނަ އެޅި ޔަހޫދީންގެ ބަޔަކު ހުޅު ޖަހާފައި

ގަވައިދާ ޚިލާފަށް ފަލަސްތީންގެ ބިންތަކުގައި ގަދަކަމުން ވަޒަންވެރިގެން އުޅޭ ހައްދުފަހަނަ އެޅި ޔަހޫދީން ފަލަސްތީން މީހުންގެ ގޯތިގެދޮރާއި މުދަލުގައި ހުޅުޖަހަމުން އެބަދެއެވެ.

ބުރާސްފަތި ދުވަހު ފަލަސްތީންގެ އަވަށެއްގައި ހުޅުޖަހާފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

އޭގެ އިތުރުން ހަތިޔާރު ހިފައިގެން އުޅޭ ހައްދުފަހަނަ އެޅި ޔަހޫދީން ފަލަސްތީން މީހުންގެ ގަޔަށް ބަޑިޖަހާ މެރުންވެސް ވަނީ އާންމު ވެފައެވެ.

ބުރާސްފަތި ދުވަހު ފަލަސްތީންގެ ރެޑްކްރެސެންޓުން ހާމަ ކޮށްފައިވާ ގޮތުގައި ހިފައިފައިވާ ހުޅަނގު އައްސޭރީގެ ގަލްގިލްޔާ ސިޓީ އާ ދުރުނޫން ހިސާބެއްގައި ޔަހޫދީ ބަޔަކު ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ ޒުވާނަކު މަރުވެ އިތުރު ޒުވާނަކަށް ސީރިއަސް ޒަޚަމްތަކެއް ވަނީ ލިބިފައެވެ.

ހަތިޔާރު ހިފައިގެން އުޅޭ ޔަހޫދީންނަށް އިޒްރޭލް ސިފައިންގެ ފުރިހަމަ ރައްކައުތެރިކަމާ ހިމާޔަތް ދޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބުރާސްފަތި ދުވަހުގެ މި ހާދިސާގައި ހަތިޔާރު ހިފައިގެން ތިބި ސަތޭކަ އެއްހާ ޔަހޫދީން ހަރަކާތްތެރިވި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

މި މީހުން ފަލަސްތީން މީހުންގެ ގަޔަށް ބަޑި ޖެހުމުގެ އިތުރުން ހަތަރު ގެއެއް ރޯކޮށްލާ، ހަ ކާރުގައި ވަނީ ހުޅު ޖަހާފައެވެ.

މި ޖަރީމާ ކުށްވެރިކޮށް ހަމާސް އިން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި މިފަދަ ޖަރީމާތައް ހިންގައިގެން ފަލަސްތީން ރައްޔިތުން މިނިވަންކަން ހޯދަން ކުރާ ހިތްވަރު ބަލި ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

އޮކްޓޯބަރު 7 ގެ ފަހުން ހުޅަނގު އައްސޭރިއަށް ޔަހޫދީ ސިފައިން ދޭތެރެ ދޭތެރެއިން އަރާ ފަލަސްތީން ރައްޔިތުންނަށް އަނިޔާދީ ދުއްތުރާ ކުރުން ވަނީ އިތުރުވެފައެވެ. އިޒްރޭލުން ހުޅަނގު އައްސޭރީގައި ހިންގާފައިވާ އުދުވާން ތަކުގައި 624 ފަލަސްތީން މީހުން ޝަހީދުވެފައިވެއެވެ.

އިޒްރޭލުގެ އަނިޔާވެރި ސިފައިންގެ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 40،000ށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ބުރާސްފަތި ދުވަހު ގާޒާގެ ހެލްތް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް

21 މެއި 2017
އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު