Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި އެތެރެކުރުން

500 ގްރާމަށް ވުރެ ގިނައިން ޑްރަގް އެތެރެ ކޮށްފިނަމަ އަދަބަކީ މަރު ކަމަށް ގާނޫނުން ކަނޑައަޅަނީ

ގާނޫނަށް އަލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި މަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުން ވެސް ބަލާނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ގޮތުގަ

ރާއްޖެ އެމްވީ | 14 އޯގަސްޓު 2024 | ބުދަ 19:33
މަސްތުވާތަކެތީގެ މުއާމަލާތު ކުރެވޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

މަސްތުވާތަކެތީގެ މުއާމަލާތު ކުރެވޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ނިންމައިފިއެވެ.

އަލަށް ހުށަހަޅާ އިސްލާހުގައި ވާ ގޮތުން އެ ގާނުނުގެ ޖަދުވަލު 1 ގައި ހިމެނޭ މަސްތުވަތާކެތީގެ ތެރެއިން ބަރުދަނުގައި 500 ގްރާމަށް ވުރެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރިކަން ސާބިތު ވެއްޖެ ނަމަ އެ ފަރާތަކަށް މަރުގެ ހުކުމް އިއްވޭނެއެވެ.

Advertisement - newsAdvertisement

ހޯމްލޭންޑް ސެކިއުރިޓީ އާ ބެހޭ މިނިސްޓްރީން ޑްރާފްޓްކޮށްފައިވާ މި ބިލުގައި ވާ ގޮތުން ޖަދުވަލު 1 ގައި ހިމެނޭ، މަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗެހީގެ 139 ބާވަތުގެ ތަކެތީގެ ތެރެއިން ކޮންމެ ބާވަތެއް އެތެރެ ކުރި ކަމުގައި ވިޔަސް އޭގެ ބަރުދަނުގައި 500 ގްރާމް ނުވަތަ އެއަށްވުރެ އިތުރު ނަމަ އެ އެއްޗެއް އެތެރެކުރި ފަރާތެއްގެ މައްޗަށް ކުށް ސާބިތު ވެއްޖެ ނަމަ އެ ފަރާތަކަށް މަރުގެ ހުކުމް އިއްވޭނެއެވެ.

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ގާނޫނަށް އަލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި މަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުން ވެސް ބަލާނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ގޮތުގައެވެ.

ޑްރަގް އެތެރެ ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ރާއްޖޭގައި ގާނޫނުގައި ކަނޑައަޅަން މަސައްކަތް ކުރާ މިއީ ފުރަތަމަ ފަހަރެވެ.

މިހާރު ރާއްޖޭގައި މަރުގެ އަދަބު ދެވޭ ހަމައެކަނި ކުށަކީ ގަސްދުގައި މީހަކު މެރިކަން ސާބިތުވުމެވެ. މި ކުށް ސާބިތުވެފައިވާ މީހުން ރާއްޖޭގެ ޖަލުތަކުގައި ތިބި ނަމަވެސް 1953 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ރާއްޖޭގައި ދީފައެއް ނުވެއެވެ.

މި ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދެއް ކަމަށާއި، އެ ގޮތުން ހޯމް މިނިސްޓްރީން ވަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ރާއްޖެއިން މަސްތުވާތަކެތީގެ ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުގެ މަސައްކަތް ނިންމާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ ސިޔާސަތަކީ ގޭންގް ކުށްތަކާއި އަދި މަސްތުވާތަކެއްޗަށް "ޒީރޯ ޓޮލަރެންސް" ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު