Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

މަޒްރައޮއީ އާއި ޑި ލިޓް ޔުނައިޓެޑަށް ސޮއި ކޮށްފި

މި ދެ ކުޅުންތެރިންނަކީ މީގެ ކުރިން ޓެން ހާގްގެ އިރުޝާދުގެ ދަށުން އަޔެކްސްގައި ވެސް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޯގަސްޓު 2024 | ބުދަ 06:11
ޔުނައިޓެޑަށް ބަދަލުވުމަށްފަހު ޑި ލިޓް އާއި މަޒްރައޮއި

ޔުނައިޓެޑަށް ބަދަލުވުމަށްފަހު ޑި ލިޓް އާއި މަޒްރައޮއި

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އައި މޮރޮކޯގެ ޑިފެންޑަރު ނުސައިރު މަޒްރައޮއީ އާއި ނެދަލެންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް މެންޗެސްޓަރ ޔުނައިޓެޑަށް ސޮއި ކޮށްފި އެވެ.

މި ދެ ކުޅުންތެރިންނަކީ ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑުގެ ޑިފެންސް ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހޯދި ދެ ކުޅުންތެރިންނެވެ. އަދި މި ދެ ކުޅުންތެރިން ޔުނައިޓެޑަށް ގެނައުމަށް އެންމެ ބޮޑަށް ބާރު އެޅީ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް އެވެ.

އުމުރުން 26 އަހަރުގެ މަޒްރައޮއި ޔުނައިޓެޑާ އެކު ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. މަޒްރައޮއިގެ ސޮއި ހޯދުމަށް ޔުނައިޓެޑުން ވަނީ ގާތް ގަނޑަކަށް 20 މިލިއަން ޔޫރޯ ޚަރަދުކޮށްފަ އެވެ. ޔުނައިޓެޑާ އެކު މަޒްރައޮއި ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އުމުރުން 25 އަހަރުގެ ޑި ލިޓް ޔުނައިޓެޑާ އެކު ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ޑި ލިޓް ހޯދުމަށް ޔުނައިޓެޑުން ވަނީ ގާތް ގަނޑަަކަށް 50 މިލިއަން ޔޫރޯ ޚަރަދު ކޮށްފަ އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޔުނައިޓެޑުން މި ދެ ކުޅުންތެރިންގެ ސޮއި ހޯދާފައިވާއިރު، މި ދެ ކުޅުންތެރިންނަކީ މީގެ ކުރިން ޓެން ހާގްގެ އިރުޝާދުގެ ދަށުން އަޔެކްސްގައި ވެސް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު