Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަމުގެ މަޝްރޫއު

މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ އައު ބޮޑު މަޝްރޫއެއް ފަށާނަން: މިނިސްޓަރު ހައިދަރު

12 އޯގަސްޓު 2024 | ހޯމަ 10:09

މިސަރުކާރު އައިއިރު ވަރަށް ގިނަ މަޝްރޫއުތައް ވަނީ ފަށާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 12 އޯގަސްޓު 2024 | ހޯމަ 10:09
ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު

ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު

މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ އައު ބޮޑު މަޝްރޫއެއް ފަށާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ދެއްވައިފިއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ގައުމާ ހަވާލުވެވަޑައިގެންނެވިއިރު، ވަރަށް ގިނަ މަޝްރޫއުތައް ފަށާފައިވާ ކަމަށާއި، ބައެއް މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިސަރުކާރުން އެންމެ ފުރަތަމަ އެންމެ ބޮޑު ފޯކަސްއެއްދިނީ އެމަޝްރޫއުތަކަށް ކަމަށާއި، މަސައްކަތް ކުރީ ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފެށުމަށް ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

އެމަސައްކަތްތައް ކުރިއަށް ގެންދާތީ މުޅި އައު މަޝްރޫއު އަދި ފެށިފައިނުވާ ކަމަށާއި، ނަމަވެސް މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ފެށިގެންދާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މިނިސްޓަރު ހައިދަރު މިމޭރުމުން ވާހަކަދެއްކެވިއިރު، ތަރައްގީއަށް ކުރީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތައް މިސަރުކާރުން ވަނީ ހުއްޓުވާފައެވެ. އަތޮޅުތެރޭގެ ގިނަ މަޝްރޫއުތައް އަދިވެސް އޮތީ ހުއްޓިފައެވެ.

މީގެ އިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގުޅީފަޅު، ގިރާވަރުފަޅު، އަދި ހުޅުމާލެ ފޭސް-3 ގޯތި ދޫކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށައި ބޮޑު ބައެއް ހިއްކާފައިވަނިކޮށް މިސަރުކާރުން ވަނީ އެމަޝްރޫއުތައް ހުއްޓުވައި، ފުށިދިއްގަރުފަޅު ހިއްކުގެ މަސައްކަތް ފަށާފައެވެ.

ގިނަ ބައެއް ފާޑުކިޔުމާއި، ނުރުހުން އަމާޒުވެ މުޒާހަރާ ކުރަން ފެށިފަހުން މިހާރު އެ ސަރަހައްދުގެ ބިންތައް ހިއްކުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް