Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ހަމާސް އިން ބުނަނީ މިހާރުވެސް އޮތް ސުލްހައިގެ ޕްރޮޕޯސަލް އަށް މަޝްވަރާ ކުރަން

މެއި 31 ގައި އެމެރިކާގެ ރައީސް ހުށަހެޅުއްވި ސުލްހައިގެ ޕްރޮޕޯސަލް އާ އެއްގޮތައް ކުރިއަށް ދިއުމަށް ހަމާސް އިން އެދޭ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ | 12 އޯގަސްޓު 2024 | ހޯމަ 02:08
ޚާން ޔޫނިސް އަދި ހަމަދު ސިޓީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެ ސިޓީ ދޫކޮށް ދިއުމަށް ވަނީ މަޖުބޫރު ކޮށްފައި

ޚާން ޔޫނިސް އަދި ހަމަދު ސިޓީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެ ސިޓީ ދޫކޮށް ދިއުމަށް ވަނީ މަޖުބޫރު ކޮށްފައި

ގާޒާ ގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާ ބެހޭ ގޮތުން ބޭނުން ވަނީ އައު ޕްރޮޕޯސަލަކަށް މަޝްވަރާ ކުރުމުގެ ބަދަލުގައި، ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިޔުމަށް މެއި މަހުގެ 31 ވަނަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑްން ހުށަޅެއްވި ޕްރޮޕޯސަލް އާ އެކު ކުރިއަށް ދިއުން ކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސް އިން އެ ޖަމާއަތައް ފެންނަ ގޮތް މި ހުށަހެޅީ އެމެރިކާ އާއި ގަތަރާއި މިސްރުގެ އެންމެ އިސްވެރިން ސުލްހައިގެ ވާހަކަތަކަށް އަލުން ރުޖޫއަ ވުމަށް ހަމާސް އަށާއި އިޒްރޭލަށް ގޮވާލެއްވުމާ ގުޅިގެން މަޝްވަރާތައް ފަށަން ކަނޑައަޅާފައިވާ ތާރީޚަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށްނެވެ.

އެ ޖަމާޢަތުގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސް އިން ބޭނުންވަނީ މޭ 31 ގައި ބައިޑަން ހާމަ ކުރެއްވި ސުލްހައިގެ ހުށަހެޅުމާއި، މޭ 6 ގައި ޤަތަރާއި މިސުރުން ހުށަހެޅި ސުލްހައިގެ އޮނިގަނޑާއި، އދ ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2735 އާ އެއްގޮތައް ކުރިއަށް ދިއުމަށް ކަމުގައެވެ.

ޙަމާސްއިން އެއްބަސްވެ ނަމަވެސް އިސްރާއީލުން ދެކޮޅުހެދި، މޭ 6 ގެ ހުށަހެޅުމުގައި، ޣައްޒާގައި ބަންދު ކޮށްފައިވާ އިސްރާއީލް މީހުން ދޫކޮށްލުމާއި، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީން މީހުންގެ ތެރެއިން ވަކި އަދަދެއްގެ މީހުން ދޫކޮށްލުން ހިމެނެއެވެ.

އާދީއްތަ ދުވަހު ޙަމާސްއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިތުރު ބުރުތަކެއްގެ މަޝްވަރާތައް ބޭއްވުމުގެ ބަދަލުގައި މަޝްވަރާތަކުގެ މެދުވެރިން މޭ 6 ގެ ހުށަހެޅުން އިސްރާއީލް ގެ މައްޗަށް ތަންފީޒު ކުރުން މާ ރަނގަޅުވާނެ ކަމަށެވެ. އެހެން ނޫނީ މަޝްވަރާތަކުގެ ނިވަލުގައި އޮވެގެން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާތަކަށް އިތުރު ވަގުތު އިޒްރޭލަށް ލިބިގެންދާނެ ކަމަށް ހަމާސް އިން ބުނެފައިވެއެވެ.

މި ހުށަހެޅުން އިސްރާއީލްގެ މީޑިއާތަކުން މާނަކުރަނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ހަމާސް އިން ނޫނެކޭ ބުނުން ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

އެހެން ނަމަވެސް އަލްޖަޒީރާ އިން ވެސް ފާހަގަ ކޮށްފައިވާ ގޮތުގައި ވާހަކަތަކަށް ނޫނެކޭ ހަމާސް ގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ. ހަމާސް އިން ގޮވާލާފައިވަނީ އެމީހުން އެއްބަސްވެފައިވާ އަސްލު ހުށަހެޅުން މޭޒުމައްޗަށް ވާހަކަތަކުގެ މެދުވެރިން ގެނެސްދިނުމަށެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓާލާ، ބަންދުކޮށްފައި ތިބި މީހުން މިނިވަން ކުރުމުގެ މައްސަލަ ނިންމަން މިދިޔަ ހަފްތާގައި، އެމެރިކާ، މިސްރު އަދި ގަތަރުގެ ވެރިން އިސްރާއީލާއި ހަމާސްއަށް ވަނީ އޯގަސްޓް 15 ގައި ކައިރޯ ނުވަތަ ދޯހާގައި ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ގޮވާލާފައެވެ.

ހަމާސްގެ ތަރުޖަމާން ޖިހާދު ތާހާ ހޮނިހިރު ދުވަހު އަލްޖަޒީރާ އަށް ވާހަކަ ދައްކަމުން ބުނެފައި ވަނީ މަޝްވަރާތަކަށް ދިއުމަށް ލިބިފައިވާ ހުށަހެޅުން، ހަމާސްގެ ވެރިން "ދިރާސާކުރަމުން" ގެންދާ ކަމަށެވެ.

ތާހާ ބުނެފައިވަނީ އެންމެ ފަހުން ހުށަހެޅުނު ހުށަހެޅުން ކާމިޔާބުވިޔަ ނުދިނުމަށް ހުރަސްއެޅީ އިސްރާއީލުން ކަމަށާއި ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމުގައި ހައްލު ކުރަން ހުރި މައްސަލަތަކަށް ގޮތެއް ނިންމޭނީ އިސްރާއީލަށް ޙަޤީޤީ ޕްރެޝަރެއް ކުރެވިގެން ކަމަށެވެ. ތާހާ ބުނެފައިވަނީ ކުރިންވެސް އަދި މިހާރުވެސް އުދުވާނު ހުއްޓުވުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ހުރަސްއެޅުމުގެ ސިޔާސަތެއް ގެންގުޅޭ ފަރާތަކީ އިސްރާއީލް ކަމުގައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ކުރިން ވިދާޅުވެފައިވަނީ ހަމާސް މުޅިން ނައްތާނުލެވެނީސް ހަނގުރާމަ ހުއްޓާލަން ޖެހޭ ފަދަ އެއްވެސް އެއްބަސްވުމަކަށް އިޒްރޭލުން އެއްބަސް ނުވާނެ ކަމަށެވެ. ނަމަވެސް އޯގަސްޓް 15 ގައި ބޭއްވޭ މަޝްވަރާ ބައްދަލުވުމަށް މަންދޫބުން ފޮނުވާނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ބުނެފައިވެއެވެ.

މި މަޝްވަރާތައް ބޭއްވިއްޖެނަމަ، އެއީ އިސްމާއީލް ހަނިއްޔާ އިސްރާއީލުން އަވަހާރަ ކޮށްލި ފަހުން، ޔަޙްޔާ ސިންވާރު ހަމާސްގެ އިސްވެރިޔާގެ ގޮތުގައި ހުންނަވައިގެން ބޭއްވޭ ފުރަތަމަ މަޝްވަރާތަކަށް ވެގެންދާނެއެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު