Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރްޑީސީގެ މައްސަލަތައް

އާރްޑީސީން ވައްކަމެއް ކޮށްފައި އޮތްނަމަ އެކަން ހާމަ ކުރުމަށް މޫކޭ އާއި ޔާސިރު ސަރުކާރަށް ގޮވާލައްވައިފި

މޫކޭގެ އިތުރުން ޔާސިރުވެސް ވަނީ އާރްޑީސީން ވައްކަމެއް ކޮށްފައި އޮތްނަމަ ހާމަ ކުރުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2024 | އާދީއްތަ 07:56
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރޯޑް ޑިވެލޮޕްމެންޓް (އާރްޑީސީ) އާއި ގުޅޭ ގޮތުން އެސްއޯއީ ކޮމިޓީގައި ނުރަނގަޅު މައުލޫމާތުތަކެއް ފަތުރާފައިވާތީ، އެކަމުގެ ހަގީގަތް ހާމަކުރުމަށް އެ ކޮމިޓީ އަށް ހާޒިރުވެ މައުލޫމާތު ދެވޭނެ މަގު ފަހިކޮށްދިނުމަށް، އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކް (މޫކޭ) އާއި އާރްޑީސީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަންގެ ފަރާތުން  ވަނީ އެދިފައެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫކޭ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ކުންފުނިތައް ހިންގި ގޮތާ ގުޅޭގޮތުން މިހާރުގެ ސަރުކާރުން ބޮޑެތި އޮޅުވާލުންތަކާއި ދޮގު ތުހުމަތުތަކެއް މަޖިލީހުގައިވެސް ކުރައްވާފައިވާ ކަމަށެވެ.

އާރްޑިސީގެ އޮޑިޓެއް މިހާތަނަށް ހަދާފައިނުވާއިރު، އެ ވާހަކަތައް މަޖިލީހުގައި ދެއްކެވީ އެއްވެސް އަސާސެއް ނެތި ސިޔާސީ މަޤްސަދުގައިކަން މޫކޭ ފާހަގަ ކުރެއްވިއެވެ.

މޫކޭ ވިދާޅުވީ، އާރްޑީސީގެ އޮފީހުން ވައްކަން ކުރުމުގެ މައްސަލަތަކެއް ފެންމަތިވި ކަމަށާއި، އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅީވެސް އާރްޑީސީން ކަމަށެވެ. އެކަމުގައިވެސް އޮޅުވާލައިގެން މި ސަރުކާރުން އުޅެމުންދާކަމަށް މޫކޭ ވިދާޅުވިއެވެ.

އަދި ޕެޓީކޭޝްއާ ގުޅޭ އޮޅުވާލުންތަކެއްގެ ތުހުމަތުގައި ފުލުހުން އާރްޑިސީގެ އޮފީހަށް އައިސް ގެންދިޔަ ލިއެކިއުންތައް މިހާރުވެސް އާރްޑީސީގެ އޮފީހުގައި ހުންނާނެ ކަމަށާއި، މިހާރުގެ މެނޭޖްމަންޓުން އެ ޙަޤީޤަތްތައް ނުބަލައި ރައްޔިތުންނަށް އޮޅުވާލަމުންދާކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ އިތުރަށް ވިދާޅުވީ، އާރްޑީސީގެ ދަރަންޏާ ގުޅޭގޮތުން އެކި ފަހަރު އެކި އަދަދުތައް މިހާރުގެ މެނޭޖްމަންޓުން ކިޔަމުންދާ ކަމަށެވެ. އެގޮތުން ކުންފުނީގެ ދަރަނި 300 މިލިއަން ކަމަށާއި، 200 މިލިއަން ކަމަށާއި، 500 މިލިއަން ކަމަށް އެކި ތަންތަނުގައި ވިދާޅުވެ އެންމެ ފަހުން އެސްއޯއީ ކޮމިޓީގައި 800 މިލިއަންކަމަށް ވިދާޅުވިކަމަށްވެސް މޫކޭ ފާހަގަ ކުރެއްވިއެވެ.

މި ކަންކަމުން އެނގެނީ އެބޭފުޅުންނަށް ކަންކަން ސާފުނުވާ މިންވަރާއި ކަންކަން ނުބައްލަވާ މިންވަރު ކަމަށްވެސް މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ، ކުރީ ސަރުކާރުގައި އާރްޑީސީން ގެއްލުވާލާފައިވާކަމަށް މިހާރުގެ މެނޭޖްމަންޓުން ބުނާ 161 މިލިއަން ރުފިޔާ މި ސަރުކާރުން ނުހޯދަނީ ކީއްވެތޯ ސުވާލު އުފެދޭކަމަށެވެ. އެކަމާ އެއްވެސް ސުވާލެއްވެސް ކޮށްލާފައިނުވާކަމަށް މޫކޭ ވިދާޅުވިއެވެ.

 މޫކޭ ވިދާޅުވި ގޮތުގައި އޭރުވެސް ފުލުހުން އާރްޑީސީގެ ޕޮލިސީތަކާ ގުޅޭ ލިއެކިއުންތަކެއް ނުގެންދެއެވެ. އެގޮތުން ޤާނޫނާ ޚިލާފު ކަމެއް ހިނގާފައިވާކަން ނުވަތަ ނޫންކަންވެސް ބޮޑަށް ސާފުވާނީ އެ ލިއެކިއުންތަކާވެސް އެކީގައިކަމަށް މޫކޭ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އާރްޑީސީގެ ކުރީގެ ސީއެފްއޯވެސް ވަނީ އެކަންކަން އިތުރަށް ތަފްސީލު ކޮށްދެއްވާފައެވެ.

އޭގެ އިތުރުން، އެމްޑީއާއި ސީއެފްއޯގެ އެކައުންޓަށް ފައިސާ ޖަމާވެފައިނުވާކަން ފުލުހުންވެސް ހާމަކޮށްފައިވާނެކަމަށް އެބޭފުޅުން ފާހަގަ ކުރެއްވިއެވެ.

މޫކޭގެ އިތުރުން ޔާސިރުވެސް ވަނީ އާރްޑީސީން ވައްކަމެއް ކޮށްފައި އޮތްނަމަ ހާމަ ކުރުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު