Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ކަސެމީރޯ ޔުނައިޓެޑު ދޫކޮށްލާ ކަހަލަ އެއްވެސް ސިގުނަލެއް ނެތް: ޓެން ހާގް

ކަސެމީރޯގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ކަސެމީރޯ ޔުނައިޓެޑުގައި ނުހުންނާނެ ކަމުގެ އެއްވެސް އިޝާރާތެއް އޭނާ އަށް ނެތް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޯގަސްޓު 2024 | އާދީއްތަ 06:19
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކަސެމީރޯ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކަސެމީރޯ

މެންޗެސްޓަރ ޔުނައިޓެޑުން އޮތީ، އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެ ކުލަބުގައި ނުހުންނާނެ ކަމުގެ އެއްވެސް ސިގުނަލެއް ލިބިފައި ނުވާ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ ވާދަވެރި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކަސެމީރޯ ވަނީ ކުޅެފަ އެވެ. ކަސެމީރޯގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ކަސެމީރޯ ޔުނައިޓެޑުގައި ނުހުންނާނެ ކަމުގެ އެއްވެސް އިޝާރާތެއް އޭނާ އަށް ނެތް ކަމަށެވެ. އަދި އޭނާ އާމެދު ހިތްހަމަ ޖެހިގެން ތިބި ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުގައި ހުރުމަށްފަހު އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑަށް ލިބުނީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން އެ ކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ، ޔުނައިޓެޑު ދޫކޮށްލަން ކަސެމީރޯ ބޭނުންވާ ކަމަށް މީޑިއާ ތަކުގައި އޮތީ ރިޕޯޓު ކޮށްފަ އެވެ.

މީޑިއާ ތަކުގައި އޭރު ރިޕޯޓުކޮށްފައިވާ ގޮތުން ކަސެމީރޯ ހޯދުމަށް، ސައުދީ އަރަބިޔާގެ ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ޝައުޤުވެރިވެ އެވެ. އޭޕްރީލް މަހުން ފެށިގެން، ސައުދީ ލީގުގެ ބައެއް ކުލަބުތަކުން އަންނަނީ ކަސެމީރޯ އާއެކު މަޝްވަރާ ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެ އެވެ. އަދި އޭނާ އަށް ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ، ކަސެމީރޯ ޔުނައިޓެޑު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށް ވެސް މީޑިއާ ތަކުގައި އޮތީ ބުނެފަ އެވެ.

ޔުނައިޓެޑުގައި ހޭދަކުރާ ދެ ސީޒަންގައި ކަސެމީރޯ ވަނީ އެ ކުލަބަށް ކުޅެދިން 84 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑާ އެކު އޭނާ ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ކަރަބޯ ކަޕް އަދި އެފްއޭ ކަޕް އެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް

24 ފެބުރުއަރީ 2017
ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު