Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަަލަސްތީން - އިސްރާއީލް ހަނގުރާމަ

އިޒްރޭލަށް ހަރުކަށި އަދަބު ދިނުމަށް ޚާމަނާއީ ކުރެއްވި އަމުރު ތަންފީޒް ކުރާނަން: ރިވޮލިއުޝަނަރީ ގާޑުގެ ޑެޕިއުޓީ ކޮމާންޑަރ

އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލަށް ހަރުކަށި އަދަބު ދިނުމަށް އެ ގައުމުގެ ރޫހާނީ ލީޑަރު ކުރައްވާފައިވާ އަމުރަކީ ވަރަށް ސާފު ސަރީހަ އަމުރެއް ކަމަށާއި، އެ އަމުރު ތަންފީޒް ކުރެވެން އޮތް އެންމެ ރަނގަޅަށް އީރާނުގެ އަސްކަރިއްޔާ އިން ތަންފީޒް ކުރާނެ ކަމަށް އަލީ ފަދާވީ ވިދާޅުވިއެވެ.

ރާއްޖެ އެމްވީ | 10 އޯގަސްޓު 2024 | ހޮނިހިރު 20:33
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ޑެޕިއުޓީ ކޮމާންޑަރު އަލީ ފަދާވީ

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ޑެޕިއުޓީ ކޮމާންޑަރު އަލީ ފަދާވީ

އީރާނުގައި ހުންނަވަނިކޮށް އިޒްރޭލުން ހަމަލާދީ އަވަހާރަ ކޮށްލި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ މަރުގެ ބަދަލު ހިފުމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ކުރައްވާފައިވާ އަމުރު ތަންފީޒް ކުރާނޭ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ޑެޕިއުޓީ ކޮމާންޑަރު ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ ކޮމާންޑަރު އަލީ ފަދާވީ ވިދާޅުވި ކަމަށް އީރާނުގެ މީޑިއާ އިން ހުކުރު ދުވަހު ރިޕޯޓް ކޮށްފައިވަނީ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލަށް ހަރުކަށި އަދަބު ދިނުމަށް އެ ގައުމުގެ ރޫހާނީ ލީޑަރު ކުރައްވާފައިވާ އަމުރަކީ ވަރަށް ސާފު ސަރީހަ އަމުރެއް ކަމަށާއި، އެ އަމުރު ތަންފީޒް ކުރެވެން އޮތް އެންމެ ރަނގަޅަށް އީރާނުގެ އަސްކަރިއްޔާ އިން ތަންފީޒް ކުރާނެ ކަމަށެވެ.

ހަނިއްޔާ އަވަހާރަ ކޮށްލީ މި ދިޔަ ޖުލައި މަހު އީރާން ރައީސް މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގެން އުޅުއްވަނިކޮށްނެވެ.

އީރާނުން ބުނެފައިވަނީ ހަނިއްޔާ އަވަހާރަ ކޮށްލީ އިޒްރޭލުން ކަމަށެވެ. އެހެން ނަމަވެސް ހަނިއްޔާ އަވަހާރަ ކޮށްލި ހަމަލާ އާ ގުޅިގެން ސީދާ އެއްޗެއް އިޒްރޭލުން ބުނެފައެއް ނުވެއެވެ. އެ ހަމަލާ ނުދޭ ކަމަކަށްވެސް އިޒްރޭލުން ބުނެފައެއް ނުވެއެވެ.

ހަނިއްޔާ އަވަހާރަ ކޮށްލި ހަމަލާއާ އެކު އަވަށްޓެރި ގައުމުތަކުގައި ޓާގެޓް ކޮށްގެން މީހުން މަރާފައިވާ ކަމުގެ ރެކޯޑް އޮތް އިޒްރޭލަށް ބަދަލު ހިފުމުގެ ގޮތުން ވަރުގަދަ އަދަބެއް ދޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ޑެޕިއުޓީ ކޮމާންޑަރުގެ މި ވާހަކަ އަށް ބުނާނީ ކީކޭތޯ ހުކުރު ދުވަހު އޮތް ނޫސް ކޮންފަރެންސެއްގައި އެމެރިކާގެ ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އާ ބެހޭ ތަރުޖަމާނު ޖޯން ކާބީ އަށް ސުވާލު ކުރުމުން ބުނީ އެމެރިކާ އިން އިޒްރޭލް ދިފާއު ކުރުމަށް ސަރަހައްދުގައި އެކަށީގެންވާ ވަސީލަތްތައް އެބަހުރި ކަމަށެވެ.

އީރާން އާއި އިޒްރޭލުގެ ދެމެދުގައި ހަނގުރާމަ އެއް ފެށިދާނެ ކަމުގެ ނުތަނަވަސްކަން ބޮޑު ވެފައި ވަނިކޮށް ހުސްވި ހަފްތާގައި އެމެރިކާ އިން ވަނީ އިތުރު އަސްކަރީ ސާމާނު މެދުއިރުމައްޗަށް ފޮނުވާފައެވެ. އޭގެ ތެރޭގައި އެއަރކްރާފްޓް ކެރިއަރާއި ހަނގުރާމަމަތީ މަތިންދާ ބޯޓު ހިމެނެއެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

އޮރިއާން ކާޑުގެ މައްސަލައެއްގައި އިންޑޮނީޝިއާގެ ހަރުކަށި ޝެއިޚެއްގެ ނަން އާންމުކޮށްފި

30 މެއި 2017
އޮރިއާން ކާޑުގެ މައްސަލައެއްގައި އިންޑޮނީޝިއާގެ ހަރުކަށި ޝެއިޚެއްގެ ނަން އާންމުކޮށްފި
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
30 އެޕްރީލު 2017

އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!

30 އެޕްރީލު 2017
އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!
30 އެޕްރީލު 2017

އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި

30 އެޕްރީލު 2017
އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި
25 އެޕްރީލު 2017

ސައްދާމް މަރުގެ އަދަބުން ސަލާމަތް ކުރުމަށް ޤައްޒާފީ އުޅުއްވި: ފަނޑިޔާރެއް

25 އެޕްރީލު 2017
ސައްދާމް މަރުގެ އަދަބުން ސަލާމަތް ކުރުމަށް ޤައްޒާފީ އުޅުއްވި: ފަނޑިޔާރެއް
11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު