Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީ އަށް ބަދަލުވާން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް: ކައެސޭޑޯ

6 އޯގަސްޓު 2024 | އަންގާރަ 06:11

ޗެލްސީން އޭނާގެ ސޮއި ހޯދިއިރު، ވާދަވެރި ލިވަޕޫލުން ވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޯގަސްޓު 2024 | އަންގާރަ 06:11
ޗެލްސީ އަށް ކުޅެމުން އަންނަ މޮއިސަސް ކައެސޭޑޯ

ޗެލްސީ އަށް ކުޅެމުން އަންނަ މޮއިސަސް ކައެސޭޑޯ

ޗެލްސީ އަށް ބަދަލުވާން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް، އެ ކުލަބަށް ކުޅެމުން އަންނަ އެކުއެޑޯގެ ޑިފެންސިވް މިޑްފީލްޑަރު މޮއިސަސް ކައެސޭޑޯ އެވެ.

ބްރައިޓަން ގައި ހުރުމަށް ފަހު، އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. ޗެލްސީން އޭނާގެ ސޮއި ހޯދިއިރު، ވާދަވެރި ލިވަޕޫލުން ވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ލިވަޕޫލަށް ބަދަލުވާން ކައެސޭޑޯ އެއްބަސް ވެސްވި އެވެ. ނަމަވެސް ފަހު ވަގުތު ނިންމުން ބަދަލުކޮށް، އޭނާ ވަނީ ޗެލްސީ އާއެކު އަށް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކައެސޭޑޯ ބުނީ، އަދި ވެސް މީގެ އެއް އަހަރު ކުރީގެ ހަނދާންތައް ހުންނަ ކަމަށެވެ. ޚާއްސަކޮށް އޭނާ އަށް ނިންމަން ޖެހުނީ ވެސް އުނދަގޫ ނިންމުމެއް ކަމަށް ކައެސޭޑޯ ބުންޏެވެ. ޚާއްސަކޮށް ލިވަޕޫލަކީ ބޮޑު ކުލަބެއް ކަމަށާއި، އެ ފަދަ ވަގުތެއްގައި ނިންމުމެއް ނިންމަށް އުނދަގޫވި ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް، ދުވަސްތަކެއް ވަންދެން އޭނާ އާއެކު ޗެލްސީ އޮތް ކަމަށާއި، އެ ކުލަބަށް ބަދަލުވާާން ލިބުނު ފުރުސަތު ނަގާލަން ބޭނުން ނުވީ ކަމުގައި އޭނާ ވަނީ ބުނެފަ އެވެ. އޭނާ އަށް އެންމެ އުނދަގޫވި ވަގުތުގައި ވެސް ޗެލްސީ އޮތް ކަމަށާއި، އެ ކުލަބަށް ބަދަލުވާން ނިންމަން ޖެހުނު އުނދަގޫ ނިންމުމަކީ، ރަނގަޅު ނިންމުމެއް ކަމަށް ކައެސޭޑޯ ޤަބޫލު ކުރެ އެވެ.

އޭނާ ވަނީ ޗެލްސީ އަށް ބަދަލުވެ އެ ކުލަބަށް ކުޅެދިން 48 މެޗުގައި އެއް ލަނޑު ޖަހައިފަ އެވެ. ޗެލްސީ އާއެކު މިހާރު އޭނާ ތައްޔާރު ވަމުން އަންނަނީ ކުރިއަށް އޮތް ސީޒަނަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް