Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޚާލިދާ ޒިޔާ މިނިވަންކުރަން އަމުރުކުރުން

އިދިކޮޅު ލީޑަރ، ކުރީގެ ބޮޑުވަޒީރު ޚާލިދާ މިނިވަން ކުރުމަށް ބަންގްލަދޭޝްގެ ރައީސް އަމުރު ކުރައްވައިފި

ޚާލިދާ މިނިވަން ކުރުމުގެ އަމުރު ބަންގްލަދޭޝްގެ ރައީސް ނެރުއްވީ ބޮޑު ވަޒީރު ހަސީނާ މަގާމުން އިސްތިއުފާ ދެއްވާ ގައުމުން ފިއްލަވާ ވަޑައިގެންނެވިތާ މަދު ގަޑީއިރެއްގެ ތެރޭގައެވެ.

ރާއްޖެ އެމްވީ | 5 އޯގަސްޓު 2024 | ހޯމަ 19:39
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ހައްޔަރުކުރުމާ ގުޅިގެން ކޯޓުން ނުކުމެވަޑައިގަންނަވަނީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ހައްޔަރުކުރުމާ ގުޅިގެން ކޯޓުން ނުކުމެވަޑައިގަންނަވަނީ

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރ، ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާ މިނިވަން ކުރުމަށް ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން އަމުރު ކުރައްވައިފިއެވެ.

ޚާލިދާ މިނިވަން ކުރުމުގެ އަމުރު ބަންގްލަދޭޝްގެ ރައީސް ނެރުއްވީ ބޮޑު ވަޒީރު ހަސީނާ މަގާމުން އިސްތިއުފާ ދެއްވާ ގައުމުން ފިއްލަވާ ވަޑައިގެންނެވިތާ މަދު ގަޑީއިރެއްގެ ތެރޭގައެވެ.

ބަންގްލަދޭޝްގެ ރައީސްގެ މީޑިއާ ޓީމުން ހާމަ ކުރި ބަޔާނުގައި ބުނެފައިވަނީ ރައީސް ޝަހާބުއްދީން ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމަކުން އިއްތިފާގުން ބަންގްލަދޭޝްގެ ނޭޝަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޗެއަރޕާސަން ބޭގަމް ޚާލިދާ ޒިޔާ ވަގުތުން މިނިވަން ކުރުމަށް ފާސްކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އަސްކަރިއްޔާގެ ވެރިޔާ ވަޤާރުއްޒަމާން އާއި ނޭވީ އާއި އެއަރފޯސްގެ ވެރިންނާއި އިދިކޮޅު ސިޔާސީ ޕާޓީ ތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އުމުރުފުޅުން 78 އަހަރުގެ ޚާލިދާ ޒިޔާ އަކީ ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ބޮޑު ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޖަލަށް ލާފައިވަނީ 2018 ވަނަ އަހަރު ކަރަޕްޝަންގެ ކުށް ސާބިތުވެ 17 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒް ކުރުމުގެ ގޮތުންނެވެ.

ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް ޚާލިދާގެ ސިއްހީ ހާލަތު ދައްވުމުގެ ސަބަބުން އޭނާ އޮންނެވީ ހޮސްޕިޓަލުގައި އެތުމަތި ކޮށްފައެވެ.

ހަސީނާ އާއި ޚާލިދާ އަކީ ސިޔާސީ ދެ ހަތުރުންގެ ގޮތުގައި ފާހަގަ ކުރެވޭ ދެ ބޭފުޅުންނެވެ. ހަސީނާގެ ވެރިކަމުގައި ޚާލިދާގެ މައްޗަށް ސާބިތުވި ކުށަކީ ޔަތީމު ޚާނާ އަކަށް އެހީއެއްގެ ގޮތުގައި ލިބުނު 250،000 އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރި ވުމެވެ.

ހުކުމާ ގުޅިގެން ޚާލިދާގެ ޕާޓީން ބުނެފައިވަނީ އެއީ ޚާލިދާ ސިޔާސީ ކަންކަމުން އެއްފަރާތް ކުރުމުގެ ރޭވުމުގެ ދަށުން އޭނާގެ މައްޗަށް ނުހައްގުން އިއްވި ހުކުމެއް ކަމަށެވެ.

ޚާލިދާގެ އިތުރުން މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ފުލުހުން ހައްޔަރު ކުރި އެންމެ މިނިވަން ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައި މުޒާހަރާތަކުން 2000ށް ވުރެ ގިނަ މީހުން ތިބީ ހައްޔަރު ކޮށްފައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު