Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލާމަރުކަޒީ ނިޒާމް

ހަގީގަތުގައި ރައީސް މުއިއްޒު ބޭނުންފުޅުވަނީ ކައުންސިލްގެ ސައިޒް ކުޑަކުރާކަށް ނޫން، ކައުންސިލްތައް ސައިޒްކުރަން - ހިސާން

މިއަދު ބޭނުން ވަނީ މާލޭގައި ހުންނަ މީހަކު ރަށުގެ ކަންކަން ނިންމުމުގެ ބަދަލުގައި ރަށުގައި ހުންނަ، ރަަށުގެ މީހާ ކަންކަން ނިންމޭނެ ނިޒާމެއް ކަމަށް ހިސާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2024 | ހޯމަ 18:13
އެމްޑީޕީން ހޯމަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެެއިން

އެމްޑީޕީން ހޯމަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެެއިން

ހަގީގަތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ ކައުންސިލްތަކުގެ ސައިޒް ކުޑަކުރަން ނޫން ކަމަށާއި ބޭނުންފުޅު ވަނީ ކައުންސިލްތައް ސައިޒްކުރަން ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީން ހޯމަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިއަދު ބޭނުން ވަނީ މާލޭގައި ހުންނަ މީހަކު ރަށުގެ ކަންކަން ނިންމުމުގެ ބަދަލުގައި ރަށުގައި ހުންނަ، ރަަށުގެ މީހާ ކަންކަން ނިންމޭނެ ނިޒާމެއް ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ލާމަރުކަޒީ ނިޒާމް ފެށިގެން އައީ ވެސް ކަތީބު ނިޒާމާއި ދެކޮޅަށް ކަމަށެވެ. އެ ނިޒާމަކީ މާލޭގައި ހުންނަ އިދާރާއަކުން އަންގާ ގޮތަށް ނޫން ގޮތަކަށް ރަށުގެ ކަންތައްތައް ނުނިންމޭ ހިސާބަށް ދިއުމުން، ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، އެކަމުގެ ސަބަބުން ފެށުނު މަޝްވަރާތަކެއްގެ ތެރެއިން އައި ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމް އުފެދިގެން އައީ ކަތީބުން ބޭނުން ނުވެގެން ރައްޔިތުން ފާޅުކުރި ޝުއޫރުތަކާއި އެކުގައި ކަަމަށް ހިސާން ވަނީ ވިދާޅުވެފައެވެ. ހިސާން ވަނީ އެއީ އިސްލާހީ މަސައްކަތުގެ ތެރެއިން ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވެސް ވިދާޅުވެފައެވެ. މަރުކަޒީ ބާރުވެރިކަމާއި، ރަށްރަށުގެ ވެރިން ކޮންރޯލްކުރަން މާލޭގައި ހުންނަ ވެރި މީހާ ބޭނުން ކުރާ ހަތިޔާރެއް ގޮތަށް ލާމަރުކަޒީ ނިޒާމް އޮތުމަކީ ރައްޔިތުން ބާރުވެރިކުރުވޭނެ ގޮތެއް ނޫން ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ތަފާތު އެކި ޕްލެޓްފޯމްތަކުގައި ކައުންސިލަރުން މަދުކުރުމަށް ބާރު އަޅުއްވާ ވާހަކަދައްކަވާފައެވެ. އެކަމަށް އިޝާރާތްކުރައްވާ ހިސާން ވިދާޅުވީ ކުދި ކުދި ރަށްތަކުގައި 5-7 ކައުންސިލަރުން ތިބުން މުހިންމު ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވާ ސަބަބާއި މެދު ސުވާލު އުފެދޭ ކަަމަށެވެ. ސަރުކާރު ހިންގާ ނިޒާމަށް ބަލާއިރު ބައެއް ވުޒާރާތަކުގައި 125 މީހުން ސިޔާސީ މީހުން އެބަ ތިބި ކަމަށާއި އެހެންވީމަ ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމުގެ ވާހަކަ ސަރުކާރުން ދެއްކުމަކީ އެ ނިޔަތާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ. އެއީ ޤަބޫލު ކުރެވޭ ގޮތެއް ނޫން ކަމަށާއި އެމްޑީޕީން އެކަމަށް ތަން ނުދޭނެ ކަަމަށް ހިސާން ވިދާޅުވިއެވެ. ޤާނޫނު އަސާސީގެ ލާމަރުކަޒީ ޤާނޫނުގެ ބާބަކީ ރައީސް ވަރަށް ބޮޑަށް ނުރުހުންވާ، ހިތްޕުޅާ ނުވާ ބާބެއް ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު