Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގެ ރައްޔިތުންނަށް ގޯތި ދެއްވުން

ގޯތި ދެއްވަން ރައީސް ސާލިހު ނިންމެވި ނިންމެވުމަށް މިސަރުކާރުން އޮނަރ ކުރަންޖެހޭ: އުމަރު

މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވަން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޯގަސްޓު 2024 | ހޯމަ 09:20
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ފަރާތްތައް

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ފަރާތްތައް

މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވަން ކުރީގެ ރައީސްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވި ނިންމެވުމަށް މިސަރުކާރުން އޮނަރ ކުރަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރައީސް ސާލިހު މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވަން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށާއި، އެއީ ޝުކުރު އަދާކުރަން ޖެހޭ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އެއީ އެހެން ރައީސުންނަށް ނުކުރެވި އޮތް ކަމެއްކަން ފާހަގަ ކުރައްވައި އުމަރު ވަނީ އެކަމަށް ތައުރީފު ކުރައްވާފައެވެ.

އުމަރު ވިދާޅުވީ، ފްލެޓާއި ގޯތި ލިބޭނެކަމަށް ބަޔާންކޮށް އާންމު މީހަކަށް ސަރުކާރުން ފަތެއް ދިނުމަށްފަހު، އެއަށް "އޮނަރ ކުރަން" ޖެހޭނެކަމަށެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ ކުރީ ސަރުކާރުގައި ދޫކޮށްފައިވާ ރިސޯޓުތައް އަތުލަން މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް އާދައިގެ މީހަކަށް ލިބިފައިވާ 1000 އަކަފޫޓުގެ ގޯއްޗެއް އަތުލަން މަސައްކަތް ކުރާ އަޑު އިވޭ ކަމަށް އުމަރު ވިދާޅުވިއެވެ.

މީހެއްގެ އަތުން އެއްޗެއް އަތުލަންޖެހޭ ހާލަތުގައި މަސައްކަތް ކުރަންޖެހޭނީ ކޯޓު މެދުވެރިކޮށްކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިޔާ ދޭ ލިޔުމަކީ ފަތެއް ކަމަށާއި، އެއީ ގާނޫނީ ޑޮކިއުމަންޓެއް ކަމަށާއި، އެ ޑޮކިއުމަންޓްގައި ވަރު ހުންނާނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ވަނީ ބިންދޫކޮށްފައެވެ. ސަރުކާރު ބަދަލުވެގެންދިޔައިރު ބިން ލިބުނު ހުރިހާ އެންމެނަށް ބިން ދޫކޮށް ނިމިފައިނުވެއެވެ. ނަމަވެސް ބިން ދޫކުރިކަމުގެ ލިޔުމާއި، ބިން ލިބުނު ސަރަހައްދު އެނގޭނެ ގޮތަށް ލިޔުން ދޫކޮށްފައިވެއެވެ. ހުޅުމާލެއިން ބައެއް ބިންތައް ދޫކޮށްފައިވާއިރު، ގުޅީފަޅުންނާއި ގިރާވަރުފަޅުން ބިން ދޫކުރާނެ ދުވަހެއް މިސަރުކާރުން ހާމަކޮށްފައިނުވެއެވެ.

މީގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4000 ފްލެޓު ވެސް ދޫނުކޮށްވަނީ ހިފަހައްޓާފައެވެ. ފްލެޓުތައް ދޫކޮށްފައިވަނީ އެންމެ ހައްގުވެރިންނަށް ނޫން ކަމަށް ބުނެ، ފްލެޓު ލިސްޓް އަލުން ރިވިއު ކުރާއިރު، ފްލެޓުގެ ފައިނަލް ލިސްޓު އޮކްޓޯބަރު މަސްތެރޭގައި އާއްމުކުރާނެ ކަމަށް 29 ޖުލައި 2024 ބޭއްވި ޕެޓިޝަން ކޮމެޓީގައި ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު