Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޮލިސީ ސްޓަޑީޒް ސެންޓަރ

ރާއްޖޭގެ ޕޮލިސީ ސްޓަޑީޒް ސެންޓަރ އިން ހަތަރު ދާއިރާއަކަށް ޢިލްމީ ދިރާސާތަކެއް ކުރަން ނިންމާފައިވާކަން ހާމަކޮށްފި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 އޯގަސްޓު 2024 | ހޮނިހިރު 14:25
ޕޮލިސީ ސްޓަޑީޒް ސެންޓަރ

ޕޮލިސީ ސްޓަޑީޒް ސެންޓަރ

ރާއްޖޭގެ ޕޮލިސީ ސްޓަޑީޒް ސެންޓަރ އިން ހަތަރު ދާއިރާއަކަށް ޢިލްމީ ދިރާސާތަކެއް ކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މި ސެންޓަރ އުފައްދާފައި ވަނީ މޯލްޑިވްސް ޕޮލިސީ ސްޓަޑީޒް ސެންޓަރގެ ނަމުގައެވެ. އެ ސެންޓަރ އުފައްދާފައި ވަނީ ދައުލަތުގެ އިސްމަޤާމްތައް އެކި ދުވަސްވަރު ފުރުއްވާފައިވާ ޢިލްމީ ތަޖުރިބާކާރުންގެ އިސް ނެގުމާއި އެކުގައެވެ.

Advertisement - newsAdvertisement

އެ ސެންޓަރާއި ގުޅޭ ގޮތުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވަނީ އެފަދަ ސެންޓަރެއްގެ މުހިންމު ކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކިޔަވައިގެން ޢިލްމު ހާސިލްކޮށްގެން ތިބި މީހުންގެ ޒިންމާ ބޮޑު ކަމަށާއި އެ މި ސެންޓަރގެ ވިސްނުމަކީ ސިޔާސަތު އެކުލަވާލުމުގައި ދިރާސާކޮށްގެން ކަންކަން އެކުލަވާލުމަށް މަގުފަހިކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހިރާއްޖެއަށް އަސަރުކުރާނޭ އަދި ކޮށްފާނޭ ފަދަ މައްސަލަތަކުގައި އިލްމީ ފެންވަރުގެ ދިރާސާތަކެއް ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވަނީ ފެކްޓް ނުވަތަ ތެދު މައުލޫމާތުގެ މައްޗަށް ޢިލްމީ މަސައްކަތްތަކެއް ކުރުމަކީ ސިޔާސަތު އެކުލަވާލާއިރު މުހިންމު ކަމެއް ކަމަށް ވިދާޅުވެފަވެ. އެއީ ދުނިޔޭގެ ހުރިހާތާކުވެސް އެކަން އޮތްގޮތް ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި މި ސެންޓަރގެ ފުރަތަމަ މަސައްކަތް ފެށިފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އެ ސެންޓަރގެ މިސްރާބު ބަހައްޓާނީ އިލްމީ މަސައްކަތާއި ދިމާއަށް ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ. ބޭރުގެ ފަރާތްތަކަށް ވެސް އެ ސެންޓަރ މެދުވެރިކޮށް އެފަދަ ދިރާސާތައް ކޮށްގެން ބޭނުންވާ އެހީ ފޯރުކޮށްދިނުމުގެ ވިސްނުން ހުރިކަމަށް އާޒިމާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޕްލޭނިން މިނިސްޓަރު ޙަމްދޫން ޙަމީދު ވިދާޅުވީ މި ސެންޓަރގެ ސަބަބުން ޕޮލިސީ އެކުލަވާލުމުގައި ފަންނީ މީހުންގެ ދައުރު އިތުރުކުރެވޭނެ ކަމަށެވެ. މިއަހަރުގެ ތެރޭގައި އާބާދީ އާއި އުމްރާނީ ތަރައްޤީ އާއި ގުޅުން ހުރި ދިރާސާތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިންތީގެ މަސައްކަތްތަކާއި ގުޅޭ ގޮތުންނާއި، ޖިއޯ ޕޮލިޓިކްސް އާއި ގުޅޭ ދިރާސާތަކަކާއި މެދު މަޝްވަރާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުރީގެ ޖެންޑަރ މިނިސްޓަރ އަދި ސަރުކާރުގެ އިސް މަޤާމުތައް ކުރިން އަދާކުރައްވާފައިވާ އަނީސާ އަޙްމަދު ވަނީ ފަންނީ ދިރާސާތަކުގެ އަލީގައި ޕޮލިސީތައް އެކުލަވާލުން ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންހެނުންނާއި ގުޅުން ހުރި ދާއިރާތަކުން ވެސް ދިރާސާތައް ކުރުމަށް ހަމަޖެހިފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މި ސެންޓަރގެ މަޤްސަދަކީ އެފަދަ ދާއިރާތަކުން އިލްމީ މައުލޫމާތުތަކާއި އެކީގައި ދިރާސާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ޕްލެޓްފޯމަކީ ދިރާސާތައް ކުރުމުގައި ބޭނުން ކުރެވޭ އެ ދާއިރާގެ ގޮންޖެހުންތައް ކުޑަކުރުމަށް މަގުފަހިވާނެ ކަމަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އަނީސާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތާއި އެފަދަ ސެންޓަރއެއްގެ މުހިންމުކަމަށް އަލިއަޅުވާލާފައިވެއެވެ. ފަންނީ ރަނގަޅު ދިރާސާތަކެއް ކުރުމުގެ މުހިންމުކަމަށް އެ ސެންޓަރގެ މުއައްސިސުން ވަނީ އަލިއަޅުވާލައްވާފައެވެ. ދިވެހިރާއްޖެއަށް އަސަރުކުރާނޭ އަދި ކޮށްފާނޭ ހުރިހާ ދާއިރާއެއްގައި، ބައިނަލްއަޤްވާމީ އަދި ޤައުމީ މައްސަލަތަކާއި އަދި ސިޔާސަތުތަކާބެހޭ ގޮތުން ޢިލްމީ އަދި ފަންނީ ދިރާސާކުރުމަށް މި ސެންޓަރގެ ދަށުން މަސައްކަތް ކުރާނެ ކަމަށް އެ ފަރާތުން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު