Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް އަތުލައިގަތުން

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 15 ކިލޯ ޑްރަގު އަތުލައިގަނެފި

29 ޖުލައި 2024 | ހޯމަ 22:41

މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 15.38 ކިލޯ ގްރާމް ހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޖުލައި 2024 | ހޯމަ 22:41
ހޮނިހިރު ދުވަހު ރާއްޖެ އައި މެލޭޝިއާ ފިރިހެނެއްގެ ލަގެޖުން ފެނުނު މަސްތުވާތަކެތި

ހޮނިހިރު ދުވަހު ރާއްޖެ އައި މެލޭޝިއާ ފިރިހެނެއްގެ ލަގެޖުން ފެނުނު މަސްތުވާތަކެތި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 15 ކިލޯ ޑްރަގު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްގެ ސްޕްރިޓެންޑެންޓް މުހައްމަދު އަފްޒަލް ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ހޮނިހިރު ދުވަހު ރާއްޖެ އައި މެލޭޝިއާ ފިރިހެނެއްގެ ލަގެޖް ބަލައިފާސް ކުރުމުގެ ތެރެއިން ކަމަށެވެ. އުމުރުން 44 އަހަރުގެ މި މީހާގެ ލަގެޖުން ފެނުނު ތަކެތި ކަސްޓަމްސްއިން ޓެސްޓް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަފްޒަލް ވިދާޅުވީ މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 15.38 ކިލޯ ގްރާމް ހުރި ކަމަށާއި އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 12.3 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށެވެ.

މެލޭޝިއާއަށް ނިސްބަތްވާ މިމީހާ ރާއްޖެއަށް ދަތުރުކުރި މަގު އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުން ފޭކް ޓިކެޓެއް ފެނިފައިވާއިރު، ދުބާއީ މަގުން މިމީހާ ރާއްޖެ އައިސްފައި ވަނީ ބެންކޮކަށް ދަތުރު ކުރުމަށް ފަހުގައެވެ. މި މީހާގެ ދަތުރު ހަމަޖައްސާފައި ވަނީ މާލޭގައި މަޑުކުރުމަށް ފަހު އެނބުރި މެލޭޝިއާއަށްދާ ގޮތަށް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅުންހުރި މައުލޫމާތު ގައުމުތަކާއި ހިއްސާކޮށްފައިވާއިރު، މިހާތަނަށް ބެލި ބެލުމުން ހަތަރު ގައުމެއްގެ މީހުން މި ކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެނގިފައިވާ ކަމަށް މިއަދުގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. ދިވެއްސެއްގެ ބައިވެރިވުން މިކަމުގައި ހިމެނޭކަން މިހާތަނަށް އަދި ހޯދިފައި ނެތްއިރު، އެކަމާ މެދު އަދި ވަކި ގޮތެއް ކަމާ ގުޅުންހުރި އިދާރާތަކުން ނިންމާފައެއްނުވެއެވެ.

މިމައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ވަހީދު ވިދާޅުވީ، މި އޮޕަރޭޝަންގައި ހައްޔަރު ކުރެވުނު މީހާ އާއި އަތުލައިގަނެފައިވާ ތަކެއްޗާއި ގުޅުންހުރި 41 އަހަރުގެ މެލޭޝިއާ އިތުރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމައްޓަކައި ކްރިމިނަލްކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި މިމައްސަލައިގެ ތަހުގީގަށް މިހާތަނަށް ބެލިބެލުމުން މިމައްސަލައާ ގުޅުންހުރި ހަތަރު ގައުމެއްގެ މީހުން ފާހަގަކުރެވިފައިވާ ކަމަށާއި މި މައްސަލައިގެ މައުލޫމާތު އެގައުމުތަކާ ހިއްސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ތަފާސް ހިސާބު ހިއްސާކުރައްވަމުން ޗީފް އިންސްޕެކްޓަރ އަޙްމަދު ވަހީދު ވިދާޅުވީ، މިއަަހަރުގެ މިހާތަނަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 37 މައްސަލައެއް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އެމައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ކޯޓަށް ނުވަ މައްސަލައެއް ފޮނުވާފައިވާއިރު، އޭގެ ތެރެއިން އަށް މައްސަލާގައި ކުށް ސާބިތުވެފައިވާކަމަށެވެ.

މި އޮފަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ކަސްޓަމްސް އާއި ފުލުހުންނާ ގުޅިގެންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް